ރާއްޖޭގެ ބޮޑު ހިސާބަކަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށެވެ. ހުދު ސަމާލު ނެރެފައިވާ މުއްދަތަކީ މިއަދު ހެނދުނު 6:00 އިން މެންދުރު 12:00 އަށެވެ.

މިވަގުތުތަކުގެ ތެރޭގައި ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުން އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ އިން ހާމަކޮށްފައިވެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ހެން މޫސުން ގޯސް ދުވަސްވަރެކެވެ.