ޅ.ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލުގައި މަސައްކަތް ކުރާ ޑޮކްޓަރަކު ކުއްލިއަކަށް "ގެއްލިއްޖެ" އެވެ.

ޅ.އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޖައުފަރު އަބްދުﷲ "ވަގުތަށް" ވިދާޅުވީ މި މަހުގެ 19 އިން ފެށިގެން ޑޮކްޓަރުގެ ހަބަރެއް ނުވާ ކަމަށެވެ.

އެ ޑޮކްޓަރު ފިލީތޯ ވަގުތުން ސުވާލުކުރުމުން ޖައުފަރު ވިދާޅުވީ ޑޮކްޓަރު ފިލީ ކަމަށް ސީދާ ދަންނަވަން ދަތި ކަމަށެވެ.

އެހެން ނަމަވެސް ޑޮކްޓަރު ކުރިން އުޅެމުން ދިޔަ އެޕާޓްމަންޓްގައި ނޫޅޭ ކަން އެނގިފައިވާ ކަމަށް ޖައުފަރު ވިދާޅުވި އެވެ.

"މިހާރު ފޯނުވެސް ނިއްވާލައިފައި އޮންނަނީ. ދެން މިނިސްޓްރީއަށް ވެސް އަންގައިފިން" ޖައުފަރު ވިދާޅުވި އެވެ.

ގެއްލިގެން އުޅެނީ ކިއުބާގެ ސާޖަންއެއް ކަމަށާއި އޭނާ ހޮސްޕިޓަލުގައި މަސައްކަތް ކުރާތާ ތިން މަސް ވެދާނެ ކަމަށް ޖައުފަރު ވިދާޅުވި އެވެ. ކުރިން އެއްވެސް މައްސަލައެއް އެ ޑޮކްޓަރުގެ ކިބައިން ނުފެންނަ ކަމަށް ވެސް ހޮސްޕިޓަލްގެ މެނޭޖަރު ވިދާޅުވިއެވެ.

ޖައުފަރު ވިދާޅުވީ އެ ޑޮކްޓަރުގެ ބަދަލުގައި ހދ.ދިއްދޫގައި ހުންނަ ހޮސްޕިޓަލުން ނައިފަރަށް ޑޮކްޓަރެއް ގެންނަން ހެލްތު މިނިސްޓްރީން މިހާރު ނިންމާފައިވާ ކަމަށެވެ.

ނައިފަރު ހޮސްޕިޓަލްގެ ޑޮކްޓަރަކު ފިލުމުން ހޮސްޕިޓަލްގެ އޮޕަރޭޝަންތަކަށް ވަނީ ބުރޫއަރާފައެވެ.

ޑޮކްޓަރުން ފިލުމުގެ މައްސަލަ މީގެ ކުރިން ވެސް ފެންމަތިވެފައި ވެއެވެ. މިދިޔަ ފެބްރުއަރީ މަހު ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރައްޔިތުންގެ މަޖިލީހުގައ ވިދާޅުވީ ގދ.ތިނަދޫ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ފޮނުވި ފަސް ޑޮކްޓަރުން ފިލާފައިވާ ކަމަށެވެ. ޑޮކްޓަރުން ފިލަނީ ކީއްވެގެން ކަމެއް ނޭނގޭކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ޢަހަންމާ

    ޑޮކްޓަރުން ފިލުމަކީ މިނިސްޓަރ ގެ ކިބައިގަ އެ ޤާބިލްކަން ނެތީމަ

    36
    1
    • ނަރުސް

      ސިވިލުސާވެންޓުންނައް މިސަރުކާރުން ކަންތައްކުރަނީ އަޅުންގެ ގޮތައް ޑޮކުޓަރުވެސްއެހެންމަ ފިލާނެ

      16
      1
      • ކަމަނަ

        ބިދޭސީ ޑރ. ކޮއިފުޅާ
        ސިވިލްސަރވިސް އަކާ ކޮންކަމެއް

        3
        3
        • ބުރާންޗޮ

          ބިދޭސީޓީޗަރުންނައްވެސް ހިންގަނީ ސިވިލުސާވިސްގަވައިދު މަންޖޭ

  2. ހުސޭނުބޭ

    ބާޣީ ނަސީމު ކިއުބާއިން ގެނެސްފައި މިތިބީ ހަމަ ބާޣީ ޑަކްޓަރުން. ދެން މާދަމާ މައިކެއް ދޮށަށް އަރާފައި ބުނާނެ ރައްޖޭ މީހުން ދަތްކޮށްޓާ މިންވަރު ދެނެގަތުމަށް މަސައްކަތްފަށާކަމަށް. މި އުޅެނީ ހޮސް÷ިޓަލުތަކަށް ގެންނަ ޑަކްޓަރުން ފިލާތީ

    18
    1
  3. އަހަރެން..

    ނައިފަރަށް ގެނެއްސަ ހުރީ ބަނގުރަލާ ސިގިރެޓަށް ދެވިހިފާފަ ހުންނަ މީހެއް... ކިތަންމެ ފަހަރަކު ވެސް ފެނޭ ބޭރުގަ ސިގިރޭޓު ބޯން ހުއްޓަ.. މިކަހަލަ މީހުން މިގެންނަނީ ތަންތަނަށް.. ޖައުފަރަކީވެސް ޑިއުޓީ ގަޑީގެ އިތުރުން އެހެންގަޑި ތަކުގަ އެތިކޮޅުގަންނަން( ޑުރަގު) ދުވާ މީހެއް ، މިކަހަލަ މީހުން މިއުޅެނީ މިތާ..

    21
    2
  4. ހައިރާން

    ނައިފަރަށް ފޮނުވީ ދަޅު ނުފަޅާ އޮތީމާ ދަޅު ފަޅުވަން. ދަޅު ފެޅީމާ އެ ފިލީ.

    15
    2
  5. ރާއީ

    ހަކުރުބޯ މީހަކާ ހޮސްޕިޓަލް ހަވާލުކުރީމާ ނަސީބެއް އެނދުކަހަލަ އެއްޗެހި ނުގެއްލޭކަން. ޗޯދަޅޭ އާ ދެމީހުން ހަކުރު ވިއްކުމާއި ބުއިންނޫން ކަމެއް ނުކުރޭ. ޖަލަޕީނޯ މަތީގައި ޖައުފަރު ކެނޑިފަ އިންނަނީ/

    12
    1
  6. ޝުފާ

    ޑޮކްޓަރުން ފިލާނެދޯ އޮޅުވާލައިގެން މިތަނުގެ ހާލަތު ރަނގަޅަށް ކިޔާނުދީ ގެނެސް ރަށަކަށް ބޭލީމަ. އެމީހާ ގާތު ރަނގަޅަށްވިއްޔާ ބުނެފަ އޮންނާނީ ވަރަށް ރަނގަޅު ރަށަކަށޭ ދަނީ ދެންގޮސް އެރަށަކުން ލިބެން ނުހުންނަ އެއްޗެހީގެވާހަކައާއި މޮޅުކަން ކިޔާދީފަ ގެނެސް މި ވައްޓާލަނީ ކޮތަރުކޮއްޓެއްހެން އޮންނަ ކުޑަ ބަސްތީއަކަށް. ދެން ދުވަސް ކޮޅަކުން ޑޮކްޓަރު ހުންނާނީ މޮޔަވެފަނޫންތޯ. ދެން އެމީހާ ބަލާނީ އެންމެ ފަސޭހައިން ވަގަށް މިތަނުން ބޭރުވެވޭނެ މަގެއް ހޯދުމަށްނޫންތޯ. ރަނގަޅަށް ދިރާސާކޮއްލާފިއްޔާ ކަން ހިނގާ ސަބަބު ދެނެގަނެވޭނެ.

    18
    1
    • ކްރޯޑް

      ޜާއްޖެއިން ބޭރަށް ދިޔަނަމަ އިމިގްރޭޝަނަށް އެނގޭނެތާ ޕޕ. ކޮޕީ އެއް ބާއްވަން އެނގުނު ބާ
      ނަސީމްބެއަށް

  7. ާދަލޭކް

    ހެލްތު މިނިސްޓްރު ހުނަރުވެރިކަމާ ކުޅަދާނަކަން ފެނި އެމީހުން ބިރުން ފިލަނީ ވަރަށް ކުޅަދާދަ މިނިސްޓަރެއް.މިހާރު ވެސް އެފައްޓަވަން އުޅުއްވަނީ ވަރަށް ބޮޑު ޕުރޮޖެކުޓެއް ރާއްޖޭ ގައި ކެންސަރ ބައްޔާއި ހަކުރު ބައްޔާއި ލޭމަތި ވުމާ މިކަން މިހެން ވާން ދިމާވާ ސަބަބު ހޯދަން. ކިހާ މޮޅު

    15
  8. އެމްޑީޕީއަށް ކުރިން ޖާނާއި މާލުދިނިން މިހާރު އެއަށްވުރެ ފޫހިވާބަޔަކު ނެތް

    ހަވަރު ތިނަދުއަށް ފޮނުވާ ޑޮކްޓަރުން ފިލަނީ އެމީހުން ފޮނުވާއިރު ބުނަނީ ޓާޝަރީ ހޮސްޕިޓަލަކަށޭ އެމީހުން އައިމަ މިއެގެނީ ސިއްހީމަރުކަޒުގެ ފެންވަރުވެސް ތިނަދޫ ހޮސްޕިޓަލުގަ ނެތްކަން. ކޮބާހޭ ހަވަރު ތިނަދޫގަ އަޅަން ބުނި ޓާޝަރީ ހޮސްޕިޓަލު

  9. ޗައުދަޅޭ

    ޖައުފަރުޖެހި ރޮކެޓެއްތީ .. ޖައުފަރަށް ހަދިޔާބަލާ އެދިޔައީ.