ޗައިނާ އިން އިންތިޒާމުކޮށްގެން އިންޑިއާ ކަނޑުގެ ގައުމުތައް ބައިވެރިކޮށްގެން ބޭއްވި ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމްގައި ސަރުކާރަށް ނޭނގި، ރާއްޖޭގެ ތަމްސީލްކޮށްފި އެވެ. މި ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވެވަޑައިގަތީ ކުރީގެ ރައީސް ޑރ، މުހަންމަދު ވަހީދެވެ.

ޝެއާޑް ޑިވެލޮޕްމަންޓް: ތިއަރީ އެންޑް ޕްރެކްޓިސް ފްރޮމް ދަ ޕާސްޕެކްޓިވް އޮފް ދަ ބްލޫ އިކޮނޮމީގެ ނަމުގައި ޗައިނާގެ ކުންމިންގައި މި މަހުގެ 21 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ރާއްޖޭން ބައިވެރިވި ކަމަށް ޗައިނާއިން ބުނެފައި ވާތީ އެކަން ދޮގުކޮށް ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މިއީ ރާއްޖޭން ބައިވެރިވި ބައްދަލުވުމެއް ނޫން ކަމަށެވެ.

"މި ބައްދަލުވުމުގައި ރާއްޖޭން ބައިވެރިއެއް ނުވަމެވެ. އަދި މި ބައްދަލުވުމުގައި ބައިވެރި ނުވާނެކަން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއަށް ވާނީ ނޮވެމްބަރު 15، 2022 ގައި އަންގައިފަ އެވެ. ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންނަކީ ދިވެހި ސަރުކާރު ތަމްސީލްކުރި ބައެއް ނޫނެވެ." ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެ އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީއާ ގުޅިގެން ޗައިނާ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން އެޖެންސީ (ސިޑްކާ) އިން ބޭއްވި ބައްދަލުވުމަށް އިންޑިއާ ކަނޑުގެ ގައުމުތަކުން ބައިވެރިވި ނަމަވެސް މިބައްދަލުވުމަށް އިންޑިއާ އަށް ދައުވަތު ދީފައެއް ނުވެއެވެ.

އިންޑިއާ ކަނޑުގެ 19 ގައުމެއްގެ މަންދޫބުން އެ ބައްދަލުވުމުގައި ބައިވެރިވިކަމަށް ޗައިނާ އިން ވަނީ ބުނެފައެވެ. އެއީ އިންޑޮނީޝިއާ، ޕާކިސްތާން، މިޔަންމާ، ސްރީލަންކާ، ބަންގްލަދޭޝް، ދިވެހިރާއްޖެ، ނޭޕާލް، އަފްގާނިސްތާން، އިރާން، އޮމާން، ދެކުނު އެފްރިކާ، ކެންޔާ މޮޒަމްބީކް، ޓެންޒޭނިއާ، ސީޝެލްސް، މަޑަގަސްކާ، މޮރިޝަސް، ޖިބޫޓީ އަދި އޮސްޓްރޭލިއާ އެވެ. ބައިނަލްއަގްވާމީ ތިން ޖަމިއްޔާއެއްގެ މަންދޫބުން ވެސް ބައްދަލުވުމުގައި ބައިވެރިވި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ ޚާރިޖީ ސިޔާސަތު ކަނޑައަޅައި ތަންފީޒުކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރެއް ކަމަށާއި ރާއްޖޭން ބައިވެރިވާ ބައިނަލްއަގުވާމީ ބައްދަލުވުންތަކުގައި ބައިވެރިވާނެ މީހުން ކަނޑައަޅައި އެކަން ހަމަޖައްސަނީ ޑިޕްލޮމެޓިކް ޗެނަލްތަކުން ކަމަށެވެ.

މިބައްދަލުވުމުގައި ރައީސް ވަހީދު ބައިވެރިވުމާއި ގުޅޭގޮތުން އެމަނިކުފާނު ވެސް އަދި އެމަނިކުފާނުގެ އޮފީހުން ވެސް މިހާތަނަށް ވަކިއެއްޗެއް ނުބުނެއެވެ.

ރައީސް ވަހީދަކީ ޗައިނާ އާއި ގާތް ގުޅުމެއް ބާއްވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. އިސްތިއުފާ

    ޗައިނާ އިން ބޭއްވި ބައްދަލުވުމުގައި ރާއްޖޭން ބައިވެރި ނުވިނަމަވެސް ރާއްޖޭގެ ފޮރިންގް މިނިސްޓްރީން ނުޖެހޭނެއޭ އިންޑިއާ އިން ބުނެގެން ބަޔާނެއް ނެރެން ރާއްޖެ އަށް އެންމެ ބޮޑު އެހީއެއް ވަމުން އަންނަ ގައުމަކީ ޗައިނާއޭ މިއިން އެގިގެންދަނީ އިންޑިއާ އަތުން ސުޕާރީ ކައިގެން ރައްޔިތުންނާއި ދެކޮޅަށް ވެރިކަން ކުރަން ފައިވިއްދައިގެން އުޅޭ ވެރިކަމެއް ކަން ތަމެންގެ ކައްޕަޅި ވެރިކަމަކީ ތަމެން ދެން އިސްތިއުފާ ދޭންވީއޭ ތަމެން އިސްތިއުފާ އިސްތިއުފާ އިސްތިއުފާ އިސްތިއުފާ...

    76
    2
  2. ފައުޒީ

    ރާއްޖޭގެ ޚާރިޖީ ކަންކަންވެސް މިހާރު ބަލަހައްޓަނީ އިންޑިޔާއިންކަމުގެ ހެކި. މިއީ ވަރަށް މުހިންމު ބައްދަލުވުމެއް. މިއީ ކުރިޔަށް އޮތް 30 އަހަރުތެރޭ ދުނިޔެ މަލްޓިޕޯލާ ސިސްޓަމަކަށް ބަދަލުވެގެންދާއިރު ދުނިޔޭގެ އެންމެ ބާރުގަދަ ގައުމުކަމުގައިވާނެ ގައުމާއިއެކު ކުރިއަށް ދިޔުމަށް އަދި ގުޅުން ބަދަހިކުރުމަށް ކުރަންޖެހޭކަމެއް.

    48
    2
  3. the Maldivians

    ޢެއޮތީ ބައިވެރި ވެފަ. ދެން ކަލޭމެން ތިބެލާ. ޜ.ޥަހީދަކީ ދިވެހި ރައްޔިތެއް. ޢިބުރާ ސޯލޭ މެން ކިހިނަކުން ހަދާނަމޭ ހިތާ ތި އުޅެނީ؟؟

    54
    2
  4. އަބްދޫ

    ރާއްޖެއިން ބައިވެރިވި ދޯ

    44
    2
  5. ސައްޕު

    އިންޑިޔާއަށް ސިއްރުން ތިއޮތީ ޗައިނާއާއެކު ޑީލެއް ރާއްޖެއިން ހަދާފަ. އިންޑިޔާ ބުނާހާ ގޮތަކަށް ކޮންމެ ފަހަރަކު ހަދާކަށް ނުޖެހޭ. ތިކަން ތިއޮތީ ނިމިފަ. ޝުކުރިއްޔާ ރައީސް ވަޙީދު. ޝުކުރިއްޔާ ސަރުކާރު.

    42
    1
  6. ޢިއްތިހާދު

    މީއީ އިންޑިއާގެ ތަވާ ސަރުކާރެއް ޕާޓީއަކީ އުފަންވުމުގެ ކުރިންވެސް ބާގީންތަކެއް މަވޯޓާ ވަރައްސާފުކޮއް އެބުނަނީ ހޭތިއްބާ ތިބައިގަނޑައް ވޯޓެއް ނުދޭން އެވެސްއިންތިހާބެއްގެ މިހާރު ގެންގުޅެނީ އިންޑިޔާ ސިފައިން ކުލީސިފައިންގެ ބަދަލުގަ އަސްލު ޕިސްތޯލަ ޕާޓީއަކީތީ ނާޒިމް އަށްވުރެކުރިން

    27
  7. ހުސޭނުބޭ

    ތީކީ މާކަ ބޮޑުކަމެއްނޫން. ކެލައިކޮޅެއް އުގުޅާލައިހެން ތަލަޝާހިދު ތަލާގައި ޑޮލަރުކޮޅެއް އުގުޅާލާއިރަށް ތިކަމާ އެއްބަސްވެދާނެ

    29
    2
  8. Anonymous

    އަސްލުވީގޮތަކީ މައިސަރުކާރުން އެންގީ ރާއްޖެއިން ބައިވެރިވެގެންނުވާނެކަމައް އެހެންވެ ތިމަންނާމެނެއްނޫނޭގޮވާ އަވަހައް ބަޔާނެއް ނެރެލީ

    21
  9. ބަޅީބާތު

    މިނިވަންކަން ގެއްލިއްޖެ އަދިވެސް ތިބެންވީ މީ އިންޑިއާ ސަރުކާރެއް މިތާހުރީ މައިސަރުކާރުން އޮޅުވާލައިގެން އައްޔަނުކޮއްފަހުރި މޭޔަރެއް

    11
  10. ތުރުބުކިސް

    ވަހީދު އެކުރީ ދެވަނަ ބަގާވާތް ގައުމުގެ ރައީސަށް ނޭގި ގައުމުގެ ނަމުގައި ބޮޑު ކޮންފަރެންސެއް ނިންމާލައިފަ އެއައީ ކީކޭދެން ބުނާނީ

    1
    6
  11. ޒާ

    އިންޑިއާ އެ ބައްދަލްވުމުގައި ބައިވެރި ނުވާތީ އިންޑިއާގެ އަޅުވެތިކަމުގައި ހިންގާ ސަރުކާރުން މޯދީގެ އަމުރާ ޚިލާފަށް ނުކެރޭނެދޯ އެ ބައްދަލް ވުމުގާ ބައިވެރިވާން. ޝާހިދު ބިރުގަންނާނެ މައިސަރުކާރު ނުރުހިދާނެތީ. އެހެންވެ ބަޔާން ނެރުނީ. އެކަމަކު އެއޮތީ ދިވެހި ސަރުކާރުން އެ ބައްދަލް ވުމުގާ ބައިވެރިވެފަ ކިތަންމެ ނުރުހުނަސް. އެއަށް އަމަލު ކުރާނެ ޔާމީން ސަރުކާރުން.

  12. ޔާމިން

    ސާބަހޭ ޑރ ވަހީދު ތީހަމަދިވެހިދަރިއެއް

  13. ނަޝީދު

    ސާބަހޭން ތީމަގައުމް އައް އެއާރޕޯޓް ހޯދާދިން ދަރިއަކީ

  14. ޔާމިން

    2023 އެހެންނޫންތޯ އިންޑިޔާބާކީކޮއްލާނަން އިންޝާﷲ

  15. ލައިލާ

    ގެރިބޯދީ ދެންލަލަލަލާ

  16. ވިލޭ

    ޗައިނާއަކައް ނުކުލެވޭނެ

  17. ބުރުގާ

    ރައީސް ވަހީދު ބައިވެރިވީ ކެނެރީގޭ ނަޝީދުގެ ހާއްސަ އެޖެންޓެއް ގޮތުގަ.