މާލޭގެ ރައްޔިތުންނަށް ގޯތި ދިނުމަށް ހަމަޖެހިފައިވާ ގިރާވަޅު ފަޅު މި އަހަރުގެ މެދު ތެރޭގައި ހިއްކައި ނިމޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކެމްޕެއިންގައި މާލެ ދާއިރާގެ މެމްބަރުންނާއި ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރައްވައި ރައީސް ސޯލިހް ވިދާޅުވީ މާލޭގެ ތަރައްގީ އާއި ރައްޔިތުންނަށްޓަކައި މި ސަރުކާރުން ވީ ވައުދުތައް ކޮށްދެއްވާނެ ކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ބޯހިޔާވަހިކަން ދިނުމަށްޓަކައި ހުޅުމާލޭގެ ބިން މިހާރު ވަނީ ވަކިކޮށްފައެވެ.

އަދި ގުޅީފަޅުގެ އެއް ބައި ހިއްކައި ނިންމާފައިވާ ކަމަށާއި ދެވަނަ ބައި ހިއްކުމަށް ބޮސްކާލިސް ކުންފުންޏާއެކުގައި ފަހުގެ ނިންމުންތައް ނިންމަމުންދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި މަސައްކަތް ކުރުމަށް އެއްބަސްވުމެއް ހަދައި ސޮއިކޮށް ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ގިރާވަރު ފަޅުގެ އަމަލީ މަސައްކަތް ނިމެމުންދާ ތަން ތިޔަބޭފުޅުންނަށް މި އަހަރުގެ މެދުތެރޭގައި ފެނިގެންދާނެ. މިއީކީ ހުވަފެނެއް ނޫން އެނގޭތޯ،" ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ކުރިން އިއުލާން ކޮށްފައިވާ ގޮތުގައި މާލޭ ރައްޔިތުންނަށް ހުޅުމާލެއިންނާއި ގުޅިފަޅުންނާއި ގިރާވަރު ފަޅު ހިއްކައިގެން 5،000 ގޯތި ދޭނެއެވެ. އެއީ ހުޅުމާލެއިން 1،000 ގޯތި، ގުޅިފަޅު 2،000 ގޯތި އަދި ގިރާވަޅު ފަޅުން 2،000 ގޯއްޗެވެ.

މިއީ ވޯޓު ހޯދަން ދައްކާ ވާހަކައެއް ނޫން، ގޯއްޗާއި ފްލެޓު މި އަހަރު ދޭނަން: ރައީސް

ރައީސް ވިދާޅުވި ގޮތުގައި މިއަދު ދިވެހި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީއާ އެކުގައި ކުރިއަށް ދާން ޖެހެއެވެ. އަދި މާލެ އަށް ގެންނަން ބޭނުންވާ ބަދަލުތައް ގެންނަ ތަން ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހް ރޭ ވިދާޅުވީ މި ސަރުކާރުން 16،000 އަށް ވުރެ ގިނަ ފްލެޓާއި 5،000 ގޯތި ދިނުމުގެ މަޝްރޫއު ކުރިއަށްދާ ކަމަށެވެ. މީގެ ކުރިން އުފެދިފައިވާ ސަރުކާރުތަކަށް މި އަދަދާ ކައިރިއަށް ވެސް ހައުސިން މަޝްރޫއުތައް ހިންގިފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް މީގެކުރިން ވިދާޅުވީ އެމަނިކުފާނުގެ ފަސް އަހަރުގެ ރިޔާސީ ނިންމަވާލައްވާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިން ވަކިކޮށް ރޯނުދަމާ އަދި ބިންކަނޑާ، ގޯތީގެ ފަތް ދިނުމަށް ފަހު ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މާމީ

    ހުވަފެނު ގަ ތޯ؟؟؟؟

    12
  2. ޞީ

    ރަތްތިތުންގެ ފައިސާ އިން ބޮދުއަގުގައި ބިން ހިއްކާ އެބިން ވަކިބަޔަކަށް ހިލޭދިނުން ވަރަށް ބޭއިންސާފު. ޢެހެން އެކަމަށްވާނަމަ ފޮލެޓް ލިބުނުމީހުންގެ ފްލެޓްވެސް ހިލޭލިބެން ޖެހޭނެ!

    16
    3
  3. ސައްތާރު

    ސާބަހޭ ހިންނަވަރު އިބްރާހިމް

    4
    12
  4. ރިސޯޓް ބޯއި

    ދެން ސެންތާރާގެ ރިސޯޓަށް ހަދަނީ ކިހިނެއް؟ އަދި އެމީހުންނަކަށް ނައަންގާ ވާނުވާއެއް!

    13
  5. މަބޭ

    2018 މެދުތެރޭ ނިންމަންބުނި ކަންކަން ނުނިމޭ ދެންކިހިނެއްތޯ މިއަހަރު މެދުތެރޭކަމެއް ނިންމާނީ

    16
  6. ޑައެލޯގް

    ފުރަތަމަ ކުރަންވިކަމަކީ އަނަގަޔާ އަތާދިމާވާވަރަށް ތަކެތީގެ އަގުތިރިކުރަންވީއެވެ. ފައިސާޗާޕު ކުރުން ހުއްޓާފައި ޑޮލަރުލިބޭގޮތް ހަދަންވީއެވެ. އިންޑިޔާގެ އަލުވެތިކަމުން ގައުމު ސަލާމަތްކުރަންވީއެވެ. ފަޅުހިއްކޭނީވެސް ކައިގެން ހުރެނޫންހެއްޔެވެ. ކޮބައިތަ ތިލަމާލޭ ބްރިޖް 5 އަހަރުވީއެވެ. އަދިތަބެއްނުފެނެއެވެ.

  7. އައްޔަ

    ކަމެއްކުރާނަމޭ ބުނާއިރު، އިންޝާﷲ ބުނަންވާނެ !!! ﷲ އިރާދަ ކުރެއްވުމުން މެނުވީ، އެއްވެސް ކަމެއް އެއްވެސް މީހަކަށް ނުވާނެ !!!

    2
    1
  8. އއއއ

    ވަރައްރަނގަޅުކަމެއް. މާލޭގެ ހުރިހާ ރައްޔިތުން ގިރާވަރައްބަދަލުކރުން . އަންހެންވެރިން ހިރުއެޅި ލިބާހާ ކަނޑިކި އަންދަވާފަ ބޮލުމެދައް ހުޅިޖަހާފަ. ކުޑަ ގޮތަކައް ދަތްތައްވެސް ބަދަލުކޮއްފަ. ދެންރަށުމީހުން މާލެއަށް ބަދަލުކުރާނީ.