މާލެ ތެރޭގެ އަމަން ނަގާލަން އުޅުންކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު އަބްދުﷲ (އަބުޅޯ) އާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު ފަލާހު، ފުލުހުންގެ އިދާރާއަށް ހާޟިރުވުމަށް ޗިޓު ފޮނުވައިފިއެވެ.
މި ތިން މެންބަރުންނަށް ޗިޓު ފޮނުވާފައިވަނީ އެކި ގަޑިތަކުގައި ފުލުހުންގެ އިދާރާއަށް ހާޟިރުވުމަށެވެ. އެގޮތުން، އަމީތަށް މިރޭ 10:00 ގައި ހާޟިރުވުމަށް ޗިޓު ފޮނުވާފައިވާއިރު އަބުޅޯ އަށް ޗިޓު ފޮނުވާފައިވަނީ މެންދުރުފަހު 03:00 ގައި ހާޟިރުވުމަށެވެ. އަދި، ފަލާހަށް އަންގާފައިވަނީ މިރޭ 09:00 ގައި ހާޟިރުވުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މެންބަރުންގެ މައްޗަށް ކުރަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފައި ވަނިކޮށް އަމަން ނަގާލުމުގެ ތުޙުމަތެވެ.
ރުފިޔާދެނިކޮށް ބޮޑުދައިތަވެސް މަރާލަދީފާނެ މިމީސމީހުން!
އިއްޔެ ސަރުކާރު ކަމުދޭ މިއަދު ކަމުނުދޭ ތި މީހުން މުޅިމި ގައުމު ހަލާކުކޮއްފި ފުރުސަތުނުދޭށޭ ރައްޔިތުންނައް ކޮންކަމެއްކޮއްނުދީގެންތަ ނުބުނެވޭ ބޭނުންވަނީ އަމިއްލަބޮޑި ބޮދުކުރަން ދައްކަނީ އެކްޓް ހެޔޮނުވާނެ ތިމީހުނާއި ވައިވެސް އެޅެން.
ޔާމީން ވަރެއް ހަމަނެތޭ ބުނެވޭނީ މަގޭ ތާއީދު ރައީސް ޔާމީން 2018.
ތިޔައީ ހަމަ ފައްކާ ރީނދޫ ތިން ގުންޑާއިން.
މިމީހުންނަކީ މިޤައުގެ ހަލާކު އަބަދުވެސް އުޅެނީ ޤައުމު ފުނޑާލަން