ނިމިދިޔަ ޖެނުއަރީ މަހުގައި ވެސް އެންމެ ގިނައީ ވައްކަމުގެ މައްސަލަ ކަމުގައި ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ކޮންމެ މަހަކު ވެސް ފުލުހުން އާންމުކުރާ ތަފާސް ހިސާބުތައް ދައްކާ ގޮތުން ޖެނުއަރީ މަހުގެ ތެރޭގައި ފުލުހުންނަށް ހުށަހަޅާފައި ވަނީ ޖުމްލަ 939 މައްސަލައެކެވެ. އޭގެ ތެރެއިން އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ.

މިދިޔަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  • - ވައްކަން ކުރުމުގެ 308 މައްސަލަ
  • - ޓްރެފިކް އެކްސިޑެންޓު 148 މައްސަލަ
  • - މުދަލަށް ގެއްލުން ދިނުމުގެ 54 މައްސަލަ
  • - މަކަރާއި ހީލަތް ހެދުން 55 މައްސަލަ
  • - ޖިންސީ ގޯނާގެ 23 މައްސަލަ
  • - އަނިޔާ ކުރުމުގެ 39 މައްސަލަ
  • - ގެވެށި އަނިޔާ 14 މައްސަލަ
  • - ފޭރުމުގެ 32 މައްސަލަ
  • - ފޯޖް ކުރުމުގެ 11 މައްސަލަ
  • - މަސްތުވާތަކެއްޗާ ގުޅޭ 129 މައްސަލަ
  • - އެއްޗިހި ގެއްލުމުގެ 123 މައްސަލަ

ވައްކަމާއި ފޭރުމުގެ ކުށްތައް ހުއްޓުވުމަށް ފުލުހުން އަބަދުވެސް މަސައްކަތް ކުރެއެވެ. ނަމަވެސް އެފަދަ މައްސަލަތައް އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ.

މިހާރު މީސް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެންނާއި ގުޅައިގެން މީހުން އަތުން ފައިސާ ހޯދުމުގެ މައްސަލަތައްވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަބްދޫ

    ވައްކަމުގެ މައްސަލަތަކުގަ ދިނީ ހައްދު ގާއިމް ކޮށްގެން ހުއްޓުވަން މަސައްކަތްކުރައްވާ.މިހާރު ރާއްޖޭގަ ވައްކަމަކީ އިއްޒަތް ލިބޭކަމެއް. ރައީސްކަންވެސް ލިބެނީ ވައްކަމުގެ ހުކުމެއް ތަންފިޒުވެފަ އޮތިއްޔާ. ގައމުގެ ވަރިކަމުގެ އަގު މިހަވަރަށް ދަށް ވެއްޖެ.