ހދ. ކުނބުރުދޫ ކުނި ޖަމާކުރާ ޝެޑް އަދި އެކްސަސް ރޭމްޕްގެ 50 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީއިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ކުނބުރުދޫގައި ގާއިމުކުރާ ކުނި ޖަމާކުރާ ޝެޑް އަދި އެކްސަސް ރޭމްޕް ހެދުމުގެ މަޝްރޫއުގެ މަސައްކަތުގެ 50 އިންސައްތަ ނިމިފައިވާ ކަމަށެވެ.

އަދި މިހާރު ކުރިއަށްދަނީ ކުނި ޖަމާކުރާ ޝެޑްގެ ރޫފިން މަސައްކަތްތައް ކަމަށް އެމްޓީސީސީއިން ބުނެއެވެ.

ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މި މަޝްރޫއުގެ ދަށުން، ކުނި ޖަމާކުރާ ޝެޑެއް ހެދުމާއި އެކްސަސް ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެ ކުންފުނިން ބުނެއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ރައްޔިތުނނަށް އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް އެމްޓީސީސީއިން ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ރަށްރަށުގެ ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ.