މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރި "ޖަންބޯ" ނަމަކަށް ކިޔާ ދޯނި ގެއްލިގެން ހޯދަމުން ދަނިކޮށް އެ ދޯނީގައި ތިބި ދެ މީހުން ކަނޑުވެފައި ތިއްބާ ފެނިފައިވާ އިރު، ދޯނި އަޑިއަށް ގޮސްފިއެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި ކަނޑުމަތިން ނެގި މީހުން ވަނީ ގެއްލުނު ދޯނި އަޑިއަށް ގޮސްފައިވާ ކަމަށް އެމީހުން ނެގި ލޯންޗުގެ ކެޕްޓަނަށް އަންގައިފައެވެ. އެކަމަކު، އެ ދޯނި އަޑިއަށް ދިޔައީ ކިހާ ހިސާބަކަށް ކަމެއް އެމްއެންޑީއެފް އިން ހާމަކޮށްފައެއް ނުވެއެވެ.

ދެ މީހުން ފެނުނު އިރު، ދޯނި އަދި ނުފެނޭ

ލޯންޗަށް ނެގި ދެ މީހުން މިހާރު އެހެން ދޯންޏެއްގައި މާލެ ދަތުރު ކުރާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

"އިތުރު ތަފްސީލް ލިބޭނީ ހަވީރު 16:30 ހާއިރު މި މީހުން މާލެ އައުމުން،" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ގެއްލުނު ޖަންބޯ ދޯނި ހޯދުމުގެ މަސައްކަތުގެ ތެރެއިން ރެއިން ފެށިގެން އެމްއެންޑީއެފް ކޯސްޓްގާޑް ނޫރައްދީން ލޯންޗު ދަނީ ހަރަކާތްތެރިވަމުންނެވެ. މީގެއިތުރުން މިއަދު ހެނދުނު އެމްއެންޑީއެފް ޑޯނިއާ މަތިންދާ ބޯޓު ވެސް މި ދޯނި ހޯދުމުގެ މަސައްކަތުގައި ހަރަކާތްތެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ލަލަލަ

    މިއޮއޮތް ކުޑަކުޑަ ކަޑުނުބެލެހެތްޓިގެން އެއުޅެނީ ލޯންޗުތަކާ ހޮލިކޮށްޕްޓަރާ ހުންނައިރުވެސް ކީކޭދެންބުނާނީ އަދިވެސް ގައުމުގެ ދެބައިކުޅަށް އެއްބައި އިންޑިއާއަށް ދޭންފެންނަނީ އޭރުން ބަލަންޖެހޭވަރު ކުޑަވާނެންނު

    13
    3
    • ޢަގީ

      ބޭފުޅާ ހަމަހޭގަތޯ ތިހުރީ ނޫނީ ސުރުހީކިޔާލާފަ ކޮމެއްޓެއް ކުރީތޯ

  2. ކާނިވާއިން

    ސާބަހޭ އެމްއެންޑީއެފް

    12
    2
  3. ދަރަނި ދަންތުރަ

    އިންޑިޔާ އަށް ގައުމު ވިއްކާލައިގެން މުކޮސްތަޅަނީ ވާކަމެއް ހަމަ ހަރާމް ، މަސްތުވާތަކެތި އެތެރެކުރަނީ އިންޑިޔާ މީހުން ، ގަވާއިދާ ޚިލާފަށް ސައިކަލަކަށް ހަތަރު މީހުން އަރައިގެން ދުއްވަނީ ، ހުއްދަ ނުނަގާ ރާއްޖޭގައި ވިޔަފާރިކުރަނީ ، ސޯލިބޭ މި ކީއްކުރާ ދެބޯ ބުރާންޗެއްބާ ، އިސްތިއުފާ ދީފައި ގެއަށް ދޭ

  4. ސަަ

    ޗޭގޯހަށް އައްޑުއަތޮޅުގެ އީއީޗެޑް ދިނުމުން ރާއްޖޭގެ ސަރަހައްދު ކަށަވަރުވެއްޖެކަމަށާއި މީގެ ކުރިން ރާއްޖޭގެ ސަރަހައްދު ކަށަވަރުނުވާތީ ރާއްޖޭގެ ސަރަހައްދުކަމަށް ގާނޫނުގައި ބުނެފައިވާ 200 މޭލު އީއީޒެޑްގެ ތެރޭގައި މަސްވެރިކަން ކުރަނިކޮށް އެތައްއެތައް އުޅަދުފަހަރެއްވަނީ އަތުލުމަށްފަހު އެއުޅުދުތައް ދައުލަތަށްނަގާފައެވެ. އެކަމަކުވެސް މިސަރުކާރުގެ ސަލާމަތީ ކަންކަންބަލެހެއްޓުން ހަވާލުވެތިބި ބެއިކަލުންނަށް ލާރިކޮޅެއްދީގެން މީޑިއަށް އަރުއްވައި ވިދާޅުވީ ރާއްޖޭގެ ސެރެހެއްދު ކަށަވަރު ނުކުރެވޭކަމަށެވެ. އެހެންކަމުން ރާއްޖޭގެ ރަށްރަށުގެ އެތެރެވަރި ފިޔަވައި ދެންއޮތްބައި ލާރިކޮޅަކަށް އިންޑިޔާއަށް ދިނުމުން އެމީހުންގެ ސެޓެލައިޓް ހަރުކޮށްފައިވާ ބޮއްކުރާތަކުގައި ރާއްޖޭގެ ސެރެހެއްދު ބަލަހައްޓަމުން ދިޔަމާ ރާއްޖޭއަކަށް ޓެރަރިޒަމްގެ ބިރުވެރިކަން ފިލާދިޔާހެވެ.