ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފައްދާ "ދަ ޑިމޮކްރެޓްސް" ރަޖިސްޓްރީކުރުމުގެ ކަންތައް މިހަފްތާތެރޭ ނިމޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލުމަށްފަހު ނޫސްވެރިންނާއި ބައްދަލުކޮށް އީވާ ވިދާޅުވީ ރޭ ކުއްލި ޖަލްސާއެއް ބާއްވައިގެން ޑިމޮކްރެޓިކްސްއިން ހުށަހަޅަފާއިވާ ތިންހާސް އެތައް ފޯމެއްގައި އާ ޗެކެއް ޖެހުމަށް މެމްބަރ އޮފް ކޮމިޝަނަރ އާސިފް އާއި ނަޝާތާ އެދިވަޑައިގެންފައިވާ ކަމަށާއި އެއީ ގަވައިދުގައިވެސް ލިޔެފައިވާ ޕްރޮސެސްއެއް ނޫން ކަމަށެވެ.

"ރޭ 8 ޖެހިއިރު ބޭއްވި ބައްދަލުވުމެއްގައި ކުއްލިއަކަށް އާ ޗެކެއް ޑިމޮކްރެޓިކްސްއިން ހުށަހަޅަފާއިވާ ތިންހާސް އެތައް ފޯމެއްގައި އާ ޗެކެއް ކުއްލިއަކަށް މެމްބަރ އޮފް ކޮމިޝަނަރ އާސިފް އާއި ނަޝާތާ އެދިވަޑައިގެންފި." އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ އިލެކްޝަން ކޮމިޝަނުގެ ދެ މެންބަރުންގެ އެދުމަށް ޑިމޮކްރެޓްސްއިން ހުށަހަޅާފައިވާ ފޯމްތައް އަލުން ޗެކް ކުރުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

''ރޭގެ ޖަލްސާގައި މެންބަރ އާސިފް އާއި މެންބަރު ނަޝާތާ އެ ޑިމާންޑުކުރެއްވި އާ ޗެކް އެއީކީ އަޅުގަނޑުމެންނަށް އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން އަދި އާ ޕްރޮސެސެއް ނޫން." އީވާ ވިދާޅުވިއެވެ.

އާ ޗެކަކީ ޤަވައިދުގައި ލިޔެވިފައިވާ އެއްޗެއް ނޫން ކަމަށާއި މީގެ ކުރިން އެހެން އެއްވެސް ސިޔާސީ ޕާޓީއެއް ރަޖިސްޓަރ ކުރަންވެގެން މިމަރުހަލާގައި ކޮމިޝަންގެ ފަރާތުން ޑިމާންޑުކޮށްފައިވާ ޗެކެއް ނޫންކަން އީވާ ފާހަގަކުރެއްވިއެވެ.

"އާސިފާއި ނަޝާތާވެސް އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް ޑިމާންޑު ކުރައްވާފައިވާ ޗެކެއް ނޫން މިއީ" އީވާ ވިދާޅުވިއެވެ.

މީގެއިތުރުން "ދަ ޑިމޮކްރެޓްސް" އުފައްދަން 10،000 ފޯމް އިލްކެޝަން ކޮމިޝަނަށް ހުށަހެޅިތާ މިހާރު މަސްދުވަސްވީއިރުވެސް ޕާޓީ ރސޖިސްޓްރީ ނުވުމާއި ގުޅިގެން އީވާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ސިޔާސީ ޕާޓީއެއް ރަޖިސްޓްރީ ކުރެވޭ ވަރަށް ޑިމޮކްރެޓްސްއިން ފޯމު ހުށަހަޅާފައިވާކަން އެ ކޮމިޝަނުގެ މެންބަރުން ވިދާޅުވެފައިވާ ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.

"މިޕާޓީ ހުށަހަޅަންވެގެން އަޅުގަނޑުމެން ދިހަ ހާހެއްހާ ފޯމް ލިތާ މިހާރު މަސްދުވަހެއްހާ ގިނަ ދުވަސްވެދާނެ. މަސްދުވަހާ ކައިރިކުރަނީ. އިލެކްޝަން ކޮމިޝަނުން ފާހަނގަކުރެއްވީ އަދި ކޮމިޝަނުގެ ރައީސްވެސް ވިދާޅުވެއްޖެ ޝައްކެތްވެސް ނުވާ މިންވަރަށް އަޅުގަނޑުމެންގެ ފޯމްތައް ވެރިފައިކޮށްފައިވާކަން. އެހެންވީމަ ލަސްކުރަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް އަދި ކޮމިޝަނުގެ ސެކެޓްރީ ޖެނެރަލްވެސް އެހެން މެންބަރުންވެސް އެކިއެކި ޖަލްސާތަކުގައި މިވޭތުވެދިޔަ މަސްދުވަހުގެ ތެރޭގައި އަޅުގަނޑުމެން ކައިރީގައި ވިދާޅުވެފައިވަނީ އެހެން އެއްވެސް ސިޔާސީ ޕާޓީއެއް ފުރިހަމަ ނުކުރާ ވަރަށް މިޕާޓީން ފޯމް ފުރިހަމަކޮށްފައޭ ވަނީ." އީވާ ވިދާޅުވިއެވެ.

ކަންމިހެން ހުރުމާއެކު ޕާޓީ ރަޖިސްޓްރީކުރުން ލަސްކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ. އަދި އިރާދަކުރެއްވިއްޔާ މިހަފްތާ ނިމުމުގެ ކުރިން ޕާޓީ ރަޖިސްޓްރީ ކުރުމުގެ ޖަލްސާ ބޭއްވޭނެ ކަމަށް އީވާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހިޔަޅު

    ތިއޮތް ފޮޓޯއެއްގަ ޖަހާވަތްތަރު ދޯ؟ ހަމަ އަސްލަށްވެސް ފޮޓޯއިންޖަހާ ވަތްތަރަށްތަ އުޅެނީ

    1
    2
  2. ޗޯރުސްޓޯރީސް

    ރެޓްސް ޕާޓީގެ ޗީފް ރެޓެއްގެ ފޮޓޯ. އެއްކަލަ ފިނޑި ނަސީދު (ލިބުނު ރައީސްކަންވެސް ފިނޑިކަމުން ދޫކޮށްލި، ރާއްޖޭގަ ހުޅުޖެއްސި) އަދިވެސް މޑޕގެ ފަސްބައިތެރެއަށް ވަދެ ފިލާ އޮތީ. އެއީ ހިތްވަރުގަދަކަމުން. ލޮލް

    2
    4
  3. ހިނޭ

    ފަސް މެމްބަރުންގެ ކޮމިސަނަކުން ދެ މެމްބަރުންނަށް ކިހިނެއްތަ ނިންމެނީ އާ ޗެކެއް ޖަހަން؟؟؟ އޭނ!!!

    4
    1
  4. މުނޭ

    އަސްލުވެސް ފުވާދަށް ބަލަން ޖެހޭ. 2013 ގަވެސް އެކުޅި ކުޅުނު. އެހެން މެންބަރުންގެ އަގު ވައްޓަން ޖޫނިއަރ ނޫސްވެރިންނާ ގުޅައިގެން އެއްޗިހި ލިޔުއްވާ އުޅުނު. މިސާލަކަށް، ކޮމިސަނުން ނޫސްތަކާ ވާހަކަދައްކާނީ ހަމައެކަނި ރައީސްކަމަށް ޖަލްސާޔަކުން ރަސްމީކޮށް ނިންމާފަ އޮއްވާ، މިވެނި މެމްބަރަކު ގާތު ބުނެބުނެވެސް އޭނާ މީޑިޔާޔަކަށް ނޭރިޔޭ ކިޔައިގެން ވާހަކަދެއްކީ. ވަރަށް އެކަހަލަ ކަންތައް ކުރާ މީހެއް. އޭނަޔަށް ވާނެ ބަލަން. މިހާރު އެވައްޓާލަނީ ނަސާތާ އާސިފާ ދެމީހުންގެ އަގު. އޭރުންތާ އެހެން މީހުން އެދެމީހުންނަށް ބަލާފަ އޭނަޔަށް ނުބަލާނީ.

    2
    3
  5. Anonymous

    މީ ހާދަހާ މުޑުދާރު ސިފައެއްގައި ފެންނަ އަންހެނެކޭ ދޯ. މީނާ ފެންވަރަނީ ކިތައް ދުވަހުން އެއްދުވަހު ބާ؟

    2
    6