މާލޭން ހިލޭ ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް މިއަދު އާންމުކުރިއިރު، ރައްޔިތުންގެ މަޖިލީހުގެ މާލޭ އެކި ދާއިރާތައް ތަމްސީލު ކުރައްވާ މެމްބަރުންގެ ތެރެއިން އަށް މެމްބަރަކަށް ގޯތި ލިބިފައިވާކަން ހާމަވެއްޖެއެވެ.

ސަރުކާރުން މިއަދު އާންމު ކުރި ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުން ދައްކާ ގޮތުގައި ގޯތި ލިބިފައިވާ މަޖިލީހުގެ މާލެގެ 8 މެމްބަރުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ 3 މެމްބަރުން، ޑިމޮކްރެޓްސްގެ 4 މެމްބަރުންގެ އިތުރުން އެމްއެންޕީގެ 1 މެމްބަރެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒު (އެމްޑީޕީ)
  • މައްޗަންގޯޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް (އެމްޑީޕީ)
  • މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް (އެމްޑީޕީ)
  • މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ޑިމޮކްރެޓްސް)
  • މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (ޑިމޮކްރެޓްސް)
  • މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ޑިމޮކްރެޓްސް)
  • ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް (ޑިމޮކްރެޓްސް)
  • ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް (އެމްއެންޕީ)

މި މެމްބަރުންގެ ތެރެއިން މުއިއްޒު ފިޔަވައި އެހެން ހުރިހާ މެމްބަރުން ވެސް ފޯމު ހުށަހަޅާފައިވަނީ އެހެން މީހުން ވެސް ބައިވެރި ކޮށްގެންނެވެ.

މިމެމްބަރުންގެ އިތުރުން ވެސް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަދި އޭނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޝިޒް (އެމްޑީޕީ) އާއި އެ ބޭފުޅުންގެ ދަރިކަނބަލަކު ހިމެނޭ ގޮތަށް ވެސް ވަނީ މާލެއިން ގޯއްޗެއް ލިބިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ތައްޓޭ

    އެވެސް މާލޭގެ ރަށްޔިތުން އެމީހުންނަށްވެސް ލިބެންޖެހޭނެ، 8 މީހުން ފިޔަވައި ބާކީ 4992 މީހުންގެ ވަނަވަރުވެސް ހާމަކުރިނަމަ...

    9
    17
  2. މާލޭ މީހާ

    ޝަރުތު ހަމަވިއްޔާ ދޭންވި

    6
    8
  3. ސީދިބޭ

    ގޯއްޗާ ފްލެޓާ މަތީ މަގާމް ތަކާ ކައިގެން ތިބޭ. އަދި އެހެން ދުވަހެއްވެސް އެބައޮތް.

    12
    1
  4. މީޝް

    ޝަރުތުހަމަނުވިއަސް ދޭނވީ އެބަޔަކު ދޭއެޗެއް ދޭންބޭނުންބަޔަކައް

    10