ރިޔާސީ އިންތިހާބަށް ކުރިމަތިލީ ރަތްޔިތުންނަށް އިތުބާރު ކުރާތީ ކަމަށާއި އިލެކްޝަންސް ކޮމިޝަންގެ އަމަލުތަށް ހުންނަ ގޮތުން އެ ކޮމިޝަނަށް އިތުބާރު ނުކުރާކަމަށް އިދުކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހަންމަދު ސޯލިހް (އިބޫ) ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް ރ.ވާދޫ އަށް ވަޑައިގެން އިބޫ ވިދާޅުވީ އިލެކްޝަންސް ކޮމިޝަން އަށް އެބޭފުޅުން ކުޑަކޮށްވެސް އިތުބާރު ނުކުރާކަމަށާއި އަދި ރިޔާސީ އިންތިހާބަށް މަސް ދުވަހަށް ވެފައި ވާއިރު އިލެކްޝަންސް ކޮމިޝަންގެ ތެރޭ ކަންބޮޑުވާ ކަންތައްތަކެއް ހިނގަމުންދާ ކަމަށެވެ.
"ރީ ރަޖިސްޓުރޭޝަން ކޮށްފައި ހުރި ފަރާތްތަށް ވޯޓުލާންވީ ކޮންތަނަކަށް ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ. އަދި ބައެއް ފަރާއްތަކުން ލީ ފޯމްތަށް ސައްހަކަން ބެލުމަށްޓަކާ އެހެން ފަރާތްތަކުން ގުޅުއްވާ" އިބޫ ވިދާޅުވިއެވެ.
ވާދޫގައި އިއްތިހާދުގެ ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން އިބޫ އިތުރަށް ވިދާޅުވީ ކުރިޔަށް މިއޮތް ރިޔާސީ އިންތިހާބަށް ނިކުންނަނީ ގުޅިފައިވާ ޕާޓީތަކެއްގެ ތެރެއިން ކަމަށާއި އަދި މި ނިކުންނަނީ ރައްޔިތުންގެ ކޯލިޝަނެއްގެ ގޮތުގައި ކަމުން މިކަމުގައި ހުރިހާ ބޭފުޅުން ވެސް ބައިވެރިވުމަކީ މުހިއްމު ކަމެއް ކަމަށެވެ.
ހިންނަވަރު ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން ގެންދަވާ އިބޫ ފާހަގަކުރެއްވި ގޮތުގައި ރާއްޖެ މިއަދު އޮތީ ބަދަލަކަށް ބޭނުންވެފައެވެ. އަދި އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ނިކުތީ އެކަން ހާސިލް ކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
އަދި އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ކުރަންޖެހިފައިވާ މަސައްކަތްތަށް ގިނަކަން ވެސް އިބޫ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ކުރިމަތީ އެބަހުރި ބައިވަރު މަސައްކަތް އިންތިހާބު ކާމިޔާބު ކުރުމަށް ފަހުވެސް. ގެއްލިފައިވާ ހަޒާނާ ހޯދުމުގެ މަސައްކަތްވެސް. މިކަން ކުރެވޭނީ އެންމެން އެކުގައި މަސައްކަތް ކުރެވިގެން" އިބޫ ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް އިބޫ ކުރައްވަމުންދާ ދަތުރުގައި މިރޭ ރ އަލިފުށީގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.
ދެތިން ކެނަ ކައިރިއަށް ލައިގެން ގެންގުޅުނަސް ރައްޔިތުން ކަލެއަކަށް އިތުބާރެއްނުކުރޭ! އަޅެ ދެން ވަންނާނީ ކޮންތާކަށް!
ދިވެހިން އިބޫ އަކަށް ވެސް އިތުބާރެއް ނުކުރޭ.
ނުހޮވޭނެކަން އެނގޭތީ ދައްކާހާ ވާހަކަ. ޥޯޓުން ބަލިވެއްޖެނަމަ ބުނާނީ ވޯޓް އޮޅުވާލިއްޔޭ. ނޫނީ ރީ ރަޖިސްޓްރީގެ މައްސަލައޭ. މީ ތިބައިގަނޑުގެ ވާހަކަ ހުންނާނެ ގޮތަކީ........
ދެން ވޯޓުލުމުގެ ކަންތައް ކުރިޔަށް ގެންދަނީ އީ.ސީ އިންތަ ނުވަތަ ތިޔަ ބުނާ "ރައްޔިތުންތަ"؟ ތިޔަ ބުނާ ރައްޔިތުންނަކީ ކޮންކްރީޓް މެޝިނަށާއި ޕުލާސްޓިކް ކޮތަޅަށް ހޭބަލިވެގެން ވޯޓު އެޅި މީހުން ދޯ! ޢެގޮތަށް އެކަމަކު މި ފަހަރު ވޯޓެއް ނުލެވޭނެ އިނގޭ ގަމާރުންނޭ...
މޮޅު ވާހަކަ ނުދައްކާ!! އަދި ދުވަސްކޮޅަކުން ނަން އަނބުރާ ގެންދާނެ ތޯއްޗެއް ލަދެއްގައި ނުބެދެން!!! ބަހުސްވެސް ވީ އެހެން!! ރައްޔިތުންގެ ކުރިމަތީ ނިކަން ރަގަނޅަށް ފަޞީހަ ވާނެކަން އެނގޭތީ ބަހުސްއިން ފަހުވަގުތު ބޯ ދަމައިގަތީ!! ހުސްދޮގު ހަދާ ބައެއްތީ!!!
އިދިކޮލޭ ޙަޖަމް ކުރަން ދަސްކޮއްބަލަ. ހަމަ އެއްލަކިން މަމެން ކާމިޔާބު ކޮއް ތަމެން ގެއަށް ފޮނުވާލާނަން .
ހާޑިންގް ހަމްގެ މަދަދުވެރި ކަން ވެސް ހޯދައިގެން އިލްޔާސް އާއި ދެންހުރި ދަންނަ ނުދަންނަ އާއި އެކު އަދާލަތުން ވެސް އިންތިހާބު އީދިކޮޅު ކޯލިޝަނަށް ހޯދަން އަރުވާޖަހައިފި ދޯ... ޝޭހުން ރުއި ދޯ އެމްޑީފީ ވެރިކަމުގަ އޮތްއިރު ކަމުނުގޮސްގެން.ހަހަހަ
އީސީ އެކަންޏެއްނޫން.. ތިޔައީ ވަކިވެގަތުމައް މަސައްކަތް ކުރާ ޖަމާއަތެއް. ތިޔަމީހުންގަބޫލްކުރާ މުއައްސަސާއެއް އަދި ގާނޫނެއްގަވާއިދެއްވެސް ނޯވޭ. ޢެހެންވީމަތިޔަމީހުން މިގައުމުގެ ކޯޓުތަކުގަ ތަޅުއެޅުވީ މުއައްސަސާތަކުގަ ރޯކޮށްއަންދާ އަޅިއަށްހެދީ. ހަގީގަތުގަ ހިތުގަކުޑަވެސްއިހްތިރާމެއް ލޯތްބެއް ގައުމާފަސްގަނޑައްއޮތް ދިވެހިދަރިޔަކުތިޔަމީހުންނައް ކުޑަވެސްއިތުބާރެއްނުކުރާނެ. މިވެނިއެވެނިމުއައްސަސާއަކައް އިތުބާރުކުރެވޭނީޚުދްތިމާމެންގެއިތުބާރެއް އޮތްންމަ. ވަރަށްސަލާން
57 ޕަސެންޓާ 65 ޕަސެންޓާ ދެމެދުގެ ޢަދަދަކުން ރައީސް ޔާމީން އިންތިޚާބު ކާމިޔާބުކުރައްވާނެ އިންޝާއަﷲ! ވަރަށް ސާފް
ލަފާ ކުރެވޭ ގޮތުން މިސޮރު ނުހޮވޭެކަން ޔަގީން ވުމުން ކެންޑިޑެސީ އަނބުރާ ނަގަން ދައްކާ ބަހަނާތައް މީ މުޅިންވެސް. މިމީހުންނަށް އެބުނާ ތާއީދު އޮތް ނަމަ މިމީހުން ވާދަ ކުރާނީ ވެސް ވަކި ވަކިން ކޯޅޭޝަން ނަހަދާ