ޖަޕާންގެ ފޮރިން މިނިސްޓަރު ހަޔަޝީ ޔޮޝިމަސާ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ފޮރިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ ރަސްމީ ދަތުރުފުޅެއްގައި ޖަޕާންގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަންނަވާނީ ދެ ދުވަހުގެ ދަތުރެއްގައި ކަމަށެވެ. މިއީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ޖަޕާންގެ ފޮރިން މިނިސްޓަރު ކުރައްވާ ދަތުރެއް ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މިނިސްޓްރީން ވިދާޅުވީ ޖަޕާންގެ ފޮރިން މިނިސްޓަރުގެ ދަތުރުގައި ޝާހިދާ އެކުގައި އާއި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާ އެކުގައި ރަސްމީ ވާހަކަތައް ބާއްވަވާނެ ކަމަށެވެ. އަދި ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ސްކޮލަޝިޕް (ޖޭޑީއެސް) އާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

މިދިޔަ ޖެނުއަރީ 2018 ގައި ޖަޕާންގެ ކުރީގެ ފޮރިން މިނިސްޓަރު ޓަރޯ ކޯނޯ ވެސް ރާއްޖެ ވަޑައިގެންނެވިއެވެ.