މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް)ގެ ސްލޮޓްގައި މި ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެއް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޑރ. މުހައްމަދު މުއިއްޒަށް ތާއިދު ކުރައްވަން ނިންމައިފިއެވެ.

މިއަދު ހަވީރު ގަލޮޅު ކަންމަތީގައި ބޭއްވި ކަންމަތީ ޖަލްސާގައި އެ ޕާޓީގެ ލީޑާޝިޕްގެ ބޭފުޅުންތަކެއް ވަނީ ޑރ. މުއިއްޒަށް ތާއިދު ކުރަން ނިންމާފައެވެ.

ސަރުކާރުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކެއްގެ ތާއިދު ޑރ. މުއިއްޒަށް - ވަގުތު އިމޭޖްސް: މުހައްމަދު އަލީފް

ޑރ. މުއިއްޒަށް ތާއިދު ކުރަން ނިންމި އެމްއާރްއެމްގެ ބޭފުޅުންގެ ތެރޭގައި ހިމެނެނީ

  • އިސްމާއިލް ޒަބީހް (ކުރީގެ ޑެޕިއުޓީ މިނިސްޓަރ އެމްއާރްއެމް އެކްސްކޯ މެންބަރު)
  • އަލީ ތޯއިފް (ސީނިއާ އެގްޒެކެޓުވް ޑިރެކްޓަރ އެމްއާރްއެމް އެކްސްކޯ މެންބަރު)
  • އިސްމާއިލް ރައޫފް(ސީނިއާ އެގްޒެކެޓުވް ޑިރެކްޓަރ އެމްއާރްއެމް އެކްސްކޯ މެންބަރު)
  • އަބްދުﷲ އަނީސް (ޑެޕިއުޓީ މިނިސްޓަރ އެމްއާރްއެމް އެކްސްކޯ މެންބަރު)
  • އަހްމަދު ޒިޔާމް (ޑެޕިއުޓީ މިނިސްޓަރ އެމްއާރްއެމް އެކްސްކޯ މެންބަރު)
  • ޝިމާޒް އަލީ (ޑެޕިއުޓީ މިނިސްޓަރ)
  • ޒާން އަހްމަދު ނިޔާޒް
  • އަހްމަދު އިބްރާހިމް (އެމްއާރްއެމް ކުރިގެ އެކްސްކޯ މެންބަރު)

އެމްއާރްއެމްގެ އިސް ބޭފުޅުންތަކެއްގެ ތާއިދު ޑރ. މުއިއްޒަށް ލިބިވަޑައިގެންނެވިއިރު، އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރެއްވުމަށް އެމްއާރްއެމްއިން ވަނީ ނިންމައިފައެވެ.

މީގެ ކުރިންވެސް ޖުމްހޫރީ ޕާޓީ (ޖޭޕީ)އަދި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ބޭފުޅުންތަކެއްގެ ވަނީ ޑރ. މުއިއްޒަށް ތާއިދު ކުރައްވަން ނިންމަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ނަށިދާ

    ބޮޑު ފަޅިއައް މިޔޮއްގިނަވަނީ އިބޫ. މާޒީގަ ނުވާކަހަލަ ކަންތައް އެބަވޭ އެމްޑީޕީގެ ކައުންސިލް މެންބަރުން ގިނައިން ބަދަލު ވުން ހަމަ ގައިމު ވެސް އަންނި ބާރުއޮތް ޒަމާނަކު ނުވޭ މިހިނެއް

    89
    10
    • ާ ެ ޖސނސ

      ހިތުންއަންނަ ދައުރު ވަީޒީފާ ޔަަގީން ކޮށްލީ

  2. ރިވެތި

    ސާބަހޭ ތީމޭނުންނަކީ ޒުވާނުންގެވެރިކަމެއް މިހާރުޔަގީންވެއްޖެ ސުކުރިއްޔާ މިފަހަރަކީޒުވާނުންގެފަހަރު ޒުވާނުންގެސަހަރު ޒުވާނުންނައް 4 ކައް ވޯޓްލާ ފޮށިތައްފުރާލަދެއްވާ މީޒުވާނުންގެފަހަރު ފަހުގެ ޒަމާނީ ވެރިކަމެއްގެތެރެއިން ތަފާތު އެކއެކި ހިދުމަތްތަކާއި ކަންކަން ކުރެވިގެންދާ ބައިވެރިވެ ވޯޓޤދެއްވާ ފާޅުގާ ނިކުންނަވާ

    84
    9
    • ޑުންޑެން

      ޗޯރު ބިޑިއަޅުވާފަ ޖަލަށް ގަޅާލަބަލަ އެއީ ގައުމު އިންޑިއާއަށް ސިއްރިޔާތުގަ ވިއްކާލި ހާއިނެއް ހެޔޮނުވާބެ އެބޭ ހަށްްޔަރުކޮށްބަލަ ރާއްޖޭގެ ގާނޫނީ ބާރުތަކުން.

      32
      4
  3. އައްދޯއި

    ވެރިކަން ބަދަލުވާނެހެން ހީވީމާ ކޮޅު ބަދަލުކޮށްލީ ތިޔަ ބައިގަޑާއި ހެދި ނެތެއްނު އެހެން ބަޔަކަށް ފުރުޞަތެއް. ބޯވަ ގުއި ދުއްވާލާހެން ސްމޯކް ސްކްރީންއެއް ދުއްވާލަނީ އަނެއްކާވެސް ވަޒީފާގައި ހުންނަން. ދެން ކިހިނެއް ކަރަޕްޝަން ހުއްޓުވާނީ

    34
    4
  4. Anonymous

    ސާބަހޭ ޤައުމީ ލޯބި، ދީނީ ލޯބި.
    ދަރިފުޅުމެންނޭ ރިޒްޤަކީ ﷲ ދެއްވާ އެއްޗެއް.
    ދުނިޔެވީ މަންފާއަށް ހެއްލި ގެއްލި އަހަރެމެންގެ އާޚިރަތް ނަގާނުލާމާތޯ

    34
    3
  5. ހައްޕު

    މިއީ މައުމޫނުގެ ރޭވުމަކުން އެއްގުރޫޕު މުއިއްޒު ކައިރިއަށް އަނެއް ގުރޫޕު ޞާލިހު ގާތަށް. މިފޮނުވީ.ދިޔަޔަކަށް މިފަހަރު ވަޒީފާއިން ވަކިކުރާނަން.

    19
    6
  6. ވާނުވާ

    މހާރު މި އިނގެނީ އިބޫގެ ރަނގަޅުކަން ތިއޮތީ މައުމޫނަށް ދީފައޮތްހާ މަގާމު
    ސާބަހޭ އިބޫ ތިޔަވަރުގެ ވެރިއަކަށް ކިތަންމެ ބަޔަކުވެސް ގެންގުޅެވިދާނެ މަގޭ ވޯޓު އިބޫ އަށް

    8
    37
  7. ޖުން

    ސާބަސް.ތީ ގައުމުދެކެ ލޯބިވާ ދަރިންނަކީ..

    22
    7
  8. ޢަލީ

    ތީވެސް މަގާމުގެ ބޭނުމުގައި އަންނަ ބައެއް ވިސްނާތި

    21
    4
  9. އައްޑޫ ލެއި

    އެމީހުންނަށް ބޮޑު މަންޒަރު ނުބައިކޮށް ފެނިގެން އޮޅުނީ އެންމެފަހުން އަމިއްލަ އަތުން ފޭއްސި ކަށި އަމިއްލަ ލޮލަށް ހެރޭތަން ފެންނަނީ

  10. ޒާރާ ޙަބީބު ޢުސްމާނު

    އުތުރުތިލަފުޅު އޮތީ އިންޑިޔާގެ ބާރުގެދަށުގައިކަން މިހާރު ދެން ރައެްޔިތުންނަށް ވަރަށް ސާފް! މި ޤަވްމުގެ އިންފާރުމަތިން އަރައިތިބި އިންޑިޔާ ސިފައިން ފަހާލުމަށް އެންމެންގެވޯޓު ޑޮކްޓަރ މުޢިއްޒް ސެމްބެ އަށް!

    14
    3
  11. Anonymous

    ތިޔައީ ބޮޑު އޮޅުވާލުމެއް ، ވެރިކަން ލިބޭ ކޮޅަކައް ތިޔަ އެންމެން އަރާނެ މިހާރުވެސް ނޭނގެ އަޑި އަޑިން ސޯލިހާ ނުގުޅޭކަމެއް.

    6
    2
  12. އިންމަ

    މި ސަރުކާރުގައި ގަންނާނެހާ ގަނޑެއް ގަނެފައި ސަރުކާރުގެ އޮފީސްތަކުގައި ބާރުގަދަ މަގާމުތަކުގައި ތިބި ޕީޕީއެމްއަށް އެހާ ޖެއްސުންކޮށް ދެވަނަބުރުގައި ނުހޮވޭނެކަން އެނގުނީމާ ބޮޑުފަޅިއަށް މިއަރަނީ އަނެއްކާވެސް ހުރިހާ މޮޅެއްހޯދަން. މިވެރިންނަށް އަންނަ ސަރުކާރުގަވެސް ވަޒީފާތައްދީ ފުރާލީމަ ދެން 5 އަހަރުދުވަހު ވަޒިފާއެއްނެތި މަގުމަތީގަ ޖާނާ މާލުން ގުރުބާންވި މީހުންނަށްވާނީ ކިހިނެތްބާ. މިކަމުގައި މުއިޒް ވިސްނާނެކަމަށް ދެކެން.