އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ވޯޓް ދޭންވީ ދެން ދުވަހަކުވެސް ވެރިއެއްގެ ދަަށުވެ އަޅުވެތި ނުވާން ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އިވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
މިރޭ މައްޗަށްގޯޅި ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީވާ ވިދާޅުވީ، އިބޫއަށް ވޯޓް ދޭން ޖެހޭ ބައިވަރު ސަބަބުތަށް އެބަހުރި ކަމަށާއި އެގޮތުން އެމީހެއްގެ ވަޒީފާ އަކީ ވެރީންގެ އިހުތިޔާރުގައި އޮންނަ އެއްޗަކަށް ނުހެދުމަށާއި އެއީ ވެރިންގެ އަޅުނަށް ނުވާން ވަޒީފާއަކީ އެމީހެއްގެ އިހުތިޔާރުގައި އޮންނަ އެއްޗަކަށް ހެދުމަށް ކަމަށެވެ.
"އަޅުގަނޑުމެން އަބަދުވެސް މި ދަންނަ ވަނީ މި އަނިޔާވެރިކަމުން އަަޅުގަނޑުމެން ސަލާމަތްވާން އެބަޖެހޭ, އަޅުގަނޑުމެން ސިފައިނާއި ފުލުހުންނަށް އަދި ދައުލަތުގެ އިދާރަތަކުގެ މުއަޒަފުންނަށް މި ގޮވާލަނީ މި މަހު 23 ވަނަ ދުވަހު ލައްވާ ވޯޓަކީ އަޅުވެތި ކަމުން ސަލާމަތް ވުމަށް ލައްވާ ވޯޓަކަށް ހައްދަވައި ދެއްވާށޭ،" އީވާ ވިދާޅުވިއެވެ.
އީވާ އިތުރަށް ވިދާޅުވީ 23 ސެޕްޓެމްބަރުގައި އިބްރާހިމު މުހައްމަދު ސޯލިހަށް ދެއްވާ ވޯޓަކީ އަލުން އަނބުރާ ފަރުދީ މިނިވަންކަން ހޯދުމަށް ދެއްވާ ވޯއްޓެއް ކަމަށާއި އެއީ އަމިއްލަ އިހުތިޔާރު އަމިއްލަ ދިރިއުޅުމަށް ގެންނަން ދެއްވާ ވޯޓެއް ކަމަށެވެ.
"މާދަމާގެ ބޮޑު ޖަލްސާ އަށް އެންމެވެސް ދާން އެބަޖެހޭ މާދަމާގެ ޖަލްސާ އަށް އަޅުގަނޑުމެން ދާން ޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ އެކަކު އަނެކަކަށް ހިއްވަރުދީ އަލުން އަނބުރާ ހިއްވަރު ލިބިގަތުން،" އީވާ ވިދާޅުވިއެވެ.
އީވާ ވިދާޅުވީ މާދަމާގެ ޖަލްސާއަށް އެންމެން ކެރިގެން ދިޔައީމާ ދެންތިބި މީހުންނަށް ވެސް ހިއްވަރެއް ލިބޭނެ ކަމަށާއި އެންމެނަށް ވެސް އޭރުން ބޮޑު ފަޅީގައި އިދިކޮޅު ފަރާތްތައް ތިބިކަން އިހުސާސް ވާނެ ކަމަށެވެ.
އިވާ ވަނީ މިރޭގެ ބައްދަލުވުމުގައި ކުރީގެ ރައީސް ނަޝީދުގެ ފަރާތުން ހާއްސަ މެސެޖެއް އިއްވާފައެވެ. އެގޮތުން މާދަމާ ރޭ އިދިކޮޅު ފަރާތަކުން ކާނިވާ ސަރަހައްދުގަައި ބާއްވާ ބޮޑު ޖަލްސާ އަށް ހުރިހާ ރައްޔިތުން ވެސް ދިޔުމަކީ ރައީސް ނަޝީދު އެދިލައްވާ ކަމެއް ކަމަށް އީވާ ވިދާޅުވިއެވެ.
މަމެން ޕިންކީން ބްރިޖް އަޅާ ނިންމާ ރަންރީނދޫ ޓްވިޓަރޭ ތަމެން ގާތު މަމެން ނުބުނަން ދޯ ދަރަނި އަދާ ކުރަން އެ ދަރަނި އަދާ ކުރާނީ މަމެން ޕިންކީން ބްރިޖް ހުރަސް ކޮށްގެން ނޭ އެމްޑީޕީ އެކަކު ބްރިޖް ކްރޮސް ނުކުރި ނަމަވެސް މަމެން ބްރިޖް ހެދި ފައިސާ ނެރޭނަމޭ ޓޮލް ޓެރިފްސް ތަކުން މީ މާލެ ސަރަހައްދޭ މީ ރާއްޖެތެރެެއެއް ނޫނޭ މާލެ ސަރަހައްދުގައި ރިއަލް އެސްޓޭޓަށް ކުރާ އިންވެސްޓްމެންޓްސް ތަކަކީ އެއީ ރިކަވަރީ ވަރަށް އަވަސް އެއްޗެކޭ އެހެން ނުވާނެއޭ ރާއްޖެ ތެެރެއަކު މަމެން ޕިންކީން ހާހެއް ނުވޭ ލޯން ނަގައިގެން މާލެ އާއި ވިލިގިލި އާއި ދެމެދު އޮތް ކަނޑުއޮޅި ވެސް ހިއްކާލަން.
އަޅުވެތިވާން އިބޫއަށް.
ކޮޔާ އަޅުވެތި ނުވާންތޭ އެއާޕޯޓު ބޭރުބަޔަކަށް ވިއްކާލީ...އެހެން ގައުމުތަކުގެ ސިފައިން މިގައުމަށްއަރަން ގޮވާނަގަނީ
އޅުވެތިވާނެކަންޔަގީން އޅުވެތިވެގެން ގޮސް އޅުވެތިންކައިރީގަ އޅުވެތިވެގެން އިބޫއަށް ވޯޓްދީފިއްޔާ ދެންއަޅުވެތި ނުވާނެ އެއްގޮތެއްވެސްވެތް، ބުރިޖުވެސް ހާދަ ނަލައޭ
ތިބުނީ ވރަގަޅުވާހަކައެއް އިބޫއަށް ވެރިކަން ލިބުމުން ދެންދުވަހަކުވެސް ދިވެއްސަކު ޖަޒީރާރާއްޖެއަކު ވެރިކަން ކުރާކަށް ނުޖެހޭނެ. ދޮޅުއަހަރުތެރޭ އިންޑިޔާގެ އަވަށަކަށް ވެގެންދާނެ. ސޭކު އިލްޔާސް އަނެއްކާވެސް ދަރުސްދޭން ނިކުންނާނެ.
ތި އަންހެނާ ތެދަށް ބުނެލަބަލަ. ތިމަންނާމީ މުސްލިމެކޭ.!! ރަސޫލާ ގަބޫލުކުރާ ން ތޯ! ޤުރްއާން ގަބޫލު ކުރަންތޯ؟؟؟
އެހެން ވެގެން ދޯ ގަންޖާ ވިދާޅުވީ ތިމަންނާ ޕާޓީ މީހަކު ވެއްޖެއްޔާ ބުނީ ކޮންމެ ކަމެއް ކޮށްދޭނަމޭ!!! އެހެން ޕާޓީ އެއްގެ މީހަކު ކަމަކަށް އެދިއްޖެނަމަ ނުލަފާކަން ދަށްކާލާނަމޭ!! މީގެ މާނަ ނިކަން ވިދާޅުވެބައްލަވާ!!!
މިއުއްމަތުގެ ނަބިއްޔާއައް ފުރައްސާރަކުރީ ކާކު އެއީ ކެނެރީ ގޭ ދުއްޕާ މިގައުމުގެ ހަލާކު މިކަލޭގެ ޔައް ހަލާކުހުރި .......