އިރު އެރީއްސުރެ އުފާވެރި މަންޒަރެއް ފެނިގެން އެންމެން އެވާހަކަ ދައްކަނީއެވެ. ހުޅުލެއާއި މާލޭ އާއި ދެމެދުގައި އަޅާފައިވާ ސިނަމާލެ ބުރިޖު މަތީން، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ އޭނާގެ ދަރިފުޅު ގޮވައިގެން ސައިކަލެއްގައި ދުއްވާފައިދާ މަންޒަރު ފެނިގެން ގިނަ ބަޔަކު މީސް މީޑިއާގައި އެވާހަކަ އެބަ ދައްކައެވެ. ސިޔާސީ ވާނީވެސް ސިޔާސީ ބޭފުޅުންގެ ވާހަކަ ކަމަށްވާތީ އެ ހަޤީޤަތާއި އެއްގޮތަށް އެކަމުގައި ސިޔާސީ ވާހަކަތަކެއްވެސް ދަނީ ދެކެވެމުންނެވެ.
އެގޮތުން އެޅިދާނެކަމަށް އެއް އިރެއްގައި ޤަބޫލުވެސް ނުކުރެވުނު ބުރިޖެއްގެ މަތީން، ހަމަހިލާ ބުރިޖެއް ނޭޅޭކަމަށް ބުނި އެމްޑީޕީގެ ރޫހާނީ ލީޑަރުގެ އަރިސް ކަނބަލެއްކަމަށްވާ އީވާ ބުރިޖުން ދަތުރުކޮށްފައިދާ މަންޒަރު ފެންނަ ފޮޓޯއެއް ޢާންމުކުރައްވަމުން، ވެރިކަންކުރާ ޕީޖީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހަސަން މަނިކު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހި ހުރިހައި ރައްޔިތުންވެސް ރައީސް ޔާމީން ގެނެސްދެއްވި ތަރައްޤީގެ އުފާ ހޯދަމުންދާ ކަމަށެވެ. ނިހާން ވަނީ، ބުރިޖުން ކުރި އެ ދަތުރުގެ ތަޖުރިބާ ޙިއްސާކޮށްދެއްވުމަށް އެ ޓްވީޓުގައި އީވާގެ ކިބައިން އެދިވަޑައިގެންފައެވެ.
ނިހާންގެ އިތުރުން، އީވާ ބުރިޖު މަތީން ދަތުރުކޮށްފައިދާ މަންޒަރު ފެންނަ ފޮޓޯ އާންމުކުރައްވައި، ދާދިފަހުން ޕީޕީއެމް އާއި ގުޅިވަޑައިގަތް އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، އަލްހާން ފަހުމީ ކުރެއްވި ޓްވީޓެއްގައި، އުފާވެރިކަން ބައްލަވައިލެއްވުމަށް އެދިވަޑައިގަތެވެ. އެމްޑީޕީގެ ރަސްމީ ޓްވީޓާ އެކައުންޓެއް ޓެގުކުރައްވައި އަލްހާން ކުރެއްވި އެ ޓްވީޓުގައި އޭނާ ވިދާޅުވީ، ރައީސް ޔާމީން އިތުރު ދައުރަކަށް ހޮވަން ޖެހޭ ސަބަބަކީ އެއީކަމަށެވެ.
މެމްބަރު އީވާ ނިސްބަތްވެ ވަޑައިގަންނަވާ އިދިކޮޅު ސިޔާސީ ފަރާތްތަކުން ސިޔާސީ ފިކުރުގައި، ރައްޔިތުންގެ ހިތްތައް ހާސިލްކުރުމަށް މީގެ ކުރިން ބުނަމުން ދިޔައީ ސިނަމާލެ ބުރިޖު އަޅާ ވާހަކައަކީ އޮޅުވާލުމަށް ދައްކައިގެން އުޅޭ ވާހަކައެއް ކަމަށެވެ. އެ ބުރިޖުގެ އަމަލީ މަސައްކަތް ފެށުމުން އެފަރާތްތަކުން ބުނީ އެއީ ކުރެވޭނެ ކަމެއް ނޫންކަމުގައި އާއި، ބުރިޖު ވާނީ "ފެއިލް" ކަމަށެވެ. ބުރިޖުގެ މަސައްކަތް ނިމުމަކާއި ގާތަށް ގޮސް ހަޤީޤީ ކުލަ ޖެހެން ފެށުމުން އެފަރާތްތަކުން ބުނެފައިވަނީ ސަރުކާރުން ބުރިޖު އެޅީ ބޮޑު ދަރަންޏަކުން ދަރަނިވެރިވެ ކަރަޕްޝަންގެ އަމަލެއްގެ ތެރެއިން ކަމަށެވެ.
ނަމަވެސް ފަހުވަގުތު ބުރިޖު ހަޤީޤަތަކަށްވެ ހުޅުވާ ހިސާބަށް ދިއުމުން އިއްތިހާދެއްގެ ނަމުގައި އެއްބައިވަންތަކަމާއި އެކު އެކަތިގަނޑެއްގެ ގޮތުގައި ތިބިކަމަށް ބުނާ އިދިކޮޅު ސިޔާސީ އިއްތިހާދުގެ އިސް ބޭފުޅުންގެ މެދުގައިވެސް ޚިޔާލު ތަފާތުވެ ވަނީ ބުރިޖާއި ހަވާލުވެގަތުމަށް، ބޮޑު ކޯޅުމަކަށް ގޮސްފައެވެ. ބުރިޖުގެ ހުރިހާ ޝުކުރެއް ހައްޤީ ނަޝީދަށޭ އެއްބަޔަކު ބުނަމުން ދިޔައިރު އަނެއް ބަޔަކު ބުނަމުން ދިޔައީ ބުރިޖު އެއީ އަސްލު، ރައީސް މައުމޫނުގެ ޕްލޭނެއް ކަމުގައެވެ. މީގެ އިތުރުން އަދީބު ނެތްނަމަ ބުރިޖަކީ އެޅޭނެ އެއްޗެއް ނޫންކަމުގައި ވެސް އެއްބަޔަކު ޤަބޫލުކުރިއެވެ. ބުރިޖާއި ގުޅިގެން އޭނާއަށް ޝުކުރު ބަހެއް ނުލިބުނު މައްސަލައިގައި ޖަލުގައި އޮންނަވައިގެން އަދީބު ވަނީ ދިގު ބަޔާނެއް ނެރެ، ބުރިޖުގެ ހަޤީޤީ ވެރިޔަކީ އޭނާކަމަށް ދޭހަކޮށްދޭންވެސް އެތައް މަސައްކަތެއް ކޮށްފައެވެ.
ޕީޕީއެމްގެ ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރެއްވި އެންމެ ބިޔަ ބޮޑު އެއް މަސައްކަތަކީ ބުރިޖުގެ މަސައްކަތަށް ވެގެން ދިޔައިރު، ބުރިޖު އަސްލަކަށް ވުމުގައި ޝުކުރު ހައްޤުވާން ޖެހޭ ފަރާތްތައް އިދިކޮޅުގައި ވަކީން ގިނައެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ބުރިޖު އަޅައިދީފައި ވަނީ ދިވެހި ހުރިހާ ރައްޔިތުންނަށް ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެހެނަސް މި ސަރުކާރަށް ބުރިޖު އަސްލަކަށް ހަދައިދިނުމުގެ ޝުކުރު ހައްޤުވާތީ އިދިކޮޅު ގިނަ ބަޔަކު ކުރީން ތިބީ ބުރިޖަށް ނާރާން ނިންމައި "ތުންފިއްތައިގެން"ނެވެ.
ބުރިޖު ހުޅުވަން ވަރަށް ވަގުތު ކުޑަތަންވެފައިވަނިކޮށް އެންމެ ގިނަ ބަޔަކު އަންތަރީސް ކޮށްލީ، މައިބަދައޭ ވިދާޅުވެ އިތުރުފުޅެއް ހައްދަވައިގެން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތު ދެއްވުމުން މިހާރު ފިލައިގެން އުޅުއްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ. ބުރިޖާއި އެކު ނަޝީދު ވާހަކަވެސް ބަދަލުވިއެވެ. ފަހުން އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައި ކުރީން އަމިއްލައަށް ދެއްކެވި ވާހަކަތައް ދޮގު ކުރަމުން ވިދާޅުވީ، ބުރިޖު ނޭޅޭނެކަމަށް ހަމަ ހިލާ އެމަނިކުފާނު ވިދާޅުނުވާ ކަމަށެވެ. އެހެނަސް އެ ޓްވީޓަށް ރައްދުވި ރީޓްވީޓުތަކުގެ ތެރޭގައިވެސް، އެމަނިކުފާނު ބުރިޖު ނޭޅޭނެ ކަމަށް ދެއްކެވި ވާހަކައިގެ ވީޑިއޯ އާއި އޯޑިއޯ ގިނަވުމުން އެ އިތުރުފުޅުން ރެކިވަޑައިގެންނެވޭނެ ހަމަ އެއްވެސް ގޮތެއްނެތި ބޭޒާރުވީއެވެ.
"ރެނދުލާފައިވާތީ ވެއްޓެމުން"ދިޔަ ކަމަށް އެއްބަޔަކު ބުނި އެ ބުރިޖުގެ މަތީން މިއަދު ހިތްހަމަޖެހިލައިގެން ދާއިރު، ބުރިޖު ވެފައިވަނީ އެންމެންގެވެސް ބުރިޖަކަށެވެ. އެއީ ވަކި ކުލައެއް ނެތި ހުރިހާ ދިވެހީންގެ ހައްޤެކެވެ. އެންމެނަށްވެސް އުފާވެރިކަން ގެނުވައިދިން ތާރީޚީ ރަމްޒަކަށެވެ. އެކަމަކު ކުރެޑިޓު ހައްޤުވަނީ ދިވެހީންނަށް އެ ލަނޑުދަނޑި ހާސިލްކޮށްދިނުމުގައި މެދުވެރިއަކަށްވެވަޑައިގަތް މިއަދުގެ ރައީސަށް ކަން އެއީ ހަޤީޤަތެވެ. ކޮންމެއަކަސް ބުރިޖުގެ އުފާ ދިވެހި ރައްޔިތުންނަށް ލިބިގެން ދިއުމަކީ ބުރިޖުގެ އަސްލު މަގުސަދެވެ. އެ އުފާ ނުހޯދާށޭ އެކަކުވެސް ނުބުނެއެވެ. ހޯދައިދިންހާ ތަރައްޤީއެއްގެ މަގުސަދަކީ އެއް މަގުސަދެކެވެ. އެކަން ހާސިލުވަމުން ދާ މިންވަރު އެންމެ ސާފުކޮށް ސިފަކޮށްދިން ތަސްވީރަކީ، ސިނަމާލެ ބުރިޖެވެ. އަދު މާޒީވާ ދުވަހުން މުސްތަޤުބަލު އެކަމަށް ހެކިވާނެއެވެ.
ބްރިޖް އެންމެންވެސް ބޭނުންކުރަންވީއެވެ. ރައީސް ޔާމީން އަދި ކެބިނެޓްގެ ގަދަ ހިތްވަރާއެކު ބްރިޖް ހެދި މަޤުޞަދަކީވެސް ހުރިހާ ރައްޔިތުން އުފުލަމުން ގެންދިޔަ ބުރަ ލުއިކޮށްދިނުމެވެ. މައްސަލައަކީ އީވާމެން ފަދަ މީހުން މީގެކުރިން ބްރިޖް ނުބަލަން ލޯމަރާލައިގެން ތިބިކަމެވެ. އަދި ބްރިޖަކީ ރައްޔިތުންނަށް ރައީސް ޔަމީން ދައްކަމުންދާ ނަނާ ހުވަފެނެއްކަމަށާ ޚިޔާލީ ފޮލައެއްކަމަށް ވާހަކަދައްކާ އޮޅުވާލަން އުޅުމެވެ.
ޢެއޮތީ ކޮމެންޓް ޖަހާފަ
ވަގުތު ކުދިން ހަޖަމް ކޮށްލާ! މިއީ އެންމެހާ ރައްޔިތުންގެ ފައިސާއިން ހެދިބުރިޖެއް. ޜައީސަށް ދޭ މުސާރައާއި ޢިނާޔަތް ދެނީ ރައްޔިތުން ، އޭނާގެ ވާޖިބަކީ ރައްޔިތުންނަށް ކަންކަން ކޮށްދިނުން. ލަދު ހަޔާތް ކުޑަކަމުން ތިޔަ ޓްއިޓް ކުރި މީހުްންނާއި ތިޔަ ނޫސްވެރިޔާ ތިވާހަކަ ދައްކަނީ! ނުކެރޭނެ މި ލިޔުން ޖަހާކަށް.
ޢަހުމަދު ކަލޭ ހުސްގަޔާ އެއްޗެއްނުލައި ބްރިޖް ހުރަސްކުރިޔަސް މަށަކުވާ ނުބެހޭނަން..އެކަމަކު އެހެންދާތަން ފެނުނީމަ ނުބެހެންހުންނަ މީހާޔަށްވެސް ބެހެވޭނެ ދޯ. ޜީދޫ މީހުންގެ ހަޔާތްވެސް ކުޑައީއޭ
ކީއްވެބާ އެކަންކުރަން ނޭންގުނީ
ކުރަން ޖެހޭ ކަންކަން ކުރާތީއޭ އަހަރުމެން ތާއީދު ކުރަނީ. ނުވާނޭ ނުކުރެވޭނޭ ފައިސާ ކޮބައިހޭ އިންޖިނިއަރުން ކޮބައިހޭ ނާހައޭ. މިބުނި ކަހަލަ ޖަދަލުގަ ވަގުތު ބޭކާރު ކުރާ މީހުން ފަހަތުން ކަލޭ ދުވެ ދުވެ އޮއްވާ ބްރިޖް އެޅީމަ މިހާރު ކީކޭ ތިކިޔަނީ އޭނ.
ބްރިޖް ނޭޅޭނެ ކަމަށްބުނެ މަލާމާތާއި ފުރައްސާރަކޮށް އަބުރުކަތިލައި އެންމެފަހުން ހަމަ އެބްރިޖްގެ މަތީ ސައިކަލު މުށްގަނޑު އަނބުރަމުން ރޫސްލާފަ އުފަލުން ދުއްވާލާފަ އެތިބަދަނީ. ރައްޔިތުންނަށް ލުއިފަސޭހަ ހޯދައިދިނުމަސް ރައީސް ޔާމީން ކުރައްވާ ކަންކަން ގެނެސްދެއްވާ ތަރައްޤީ ބަލައިގަންނަން ޖެހޭ. ޝުކުރިއްޔާ
ތިޔަ ކޮމެންޓްް ޖަހަން ނުކެރިގެން އެބަ އުޅޭ ތަ؟ ހިތުން ވަރަށް މޮޅުު ކޮމެންޓެއް ވިއްޔާ
ޢީވާ ކޮބާ ކަލޭގެ ލަދު.....ތިޔަދަނީ ގަނޑު ފެންގަނޑެއްގެ މަތިންތަ.
ކިހާބޮޑު ކަމެއް. އަންނި ފެށި ފްލެޓްތައް ވެސް ޕޕމ ކުދިންނަނށް ބަހާ ހުސްކޮށްފި. އަންނި ފެށި އާސަންދަވެސް ބޭނުން ކުރޭ އެެންމެންވެސް. މީ ދެން ސުރުޚީ އެއްތަ؟ ވަގުތު މީހުން ތިއަށްވުރެ ޕްރޮފެޝަނަލް ވާންއެބަ ޖެހޭ. ބުރިޖަށް އަރާ މޑޕ މީހުން ގުނަންޏާ މިބައިބައިވެސް ގުނާ ބަލަ. ކެރޭނެތަ؟\
ނޭޅޭނެޔޭ ބުނި ބުރިޖައް އަރަން ލަދެއްނުގަނޭދޯ
ބްރިޖްމަތިން އީވާ ނުދުއްވަން ވީ އެއްވެސް ސަބަބެއް އެބައޮތްތަ އަޅެ.. ޔާމިންގެ އެކްޓިވިސްޓުންނާއި ސަޕޯޓަުން އުފާހޯދަން އެޅުނު ބްރިޖެއްބާ..؟ ބަލަ އެއީ ދުއްވަން ހަދާފަ އޮއް މަގެއް... 5 ސްޓާރ ކޮޓަރިއެް ނޫން ފިރިމީހާ އެކު ނިދާލައިގެން އުފާ ހޯދާކަށް... ވަގުތށް ހީވާކަހަލަ ބްރިޖް މަތިން ދުއްވާލީމަ ސްވަރުގެ އށަ ދާން އޮތް މަގު ހުރަސް ކުރެވުނީކަމަށް..
އަސްލު އަދިކިރިޔާ މާލޭ ރައްޔަތުންނާ ހުޅުމާލެ ރައްޔަތުން ހުރަގެއިން މި ސަލާމަތްވީ..މި ހުރިހާ ދުވަހު މާލޭ ރައްޔަތުން ތިބީ ޖަލުބަންދުވެފަ.. މާލޭ މަގުތައްވެސް ތޮއްޖެހުން ކުޑަވެއްޖެ. ހުޅުމާލެ ފިހާރަތަކާ ކެފޭތަކައް ބާރު ބޮޑުވެއްޖެ.. ކުޑަވަގުތުކޮޅެއްގެ ތެރެ ދަތުރުފަތުރައް ބޮޑު އިންގިލާބެއް މިގެނައީ..ސުކުރިއްޔާ ރައީސް ޔާމީން..
ބަލަެއެއީ ނިހާން އާއި ޔާމީނުގެ ޕޮކެޓުމަނީން ހެދިބުރިޖެއްްނޫނޭ އެއީރަށްޔިތުންގެ ފައިސާ
ކަާކުތަ ބުނީ ބުރިޖް އެޅީ ނިހާން އާއި ޔާމީންގެ ޕޮކެޓް މަނީޔަށޭ.
ހަރަގަޅަށްވެސް އެމްޑީޕީ މީހުން ތިޔަތިބީ މޮޔަވެފަ.
ދެން ހަޖަމް ކޮއްލާއިގެން ތިބޭ.
ސަޅި އީވާ އިނގިރޭސި
ސިނަމާލެ ބްރިޖް ނިމި ބޭނުންކުރަން ފެށުމަކީ މިގައުމުގެ އުމުރާނީ ތަްރައްގީގަ ގިރާކުރެވުނު ވަރަށް އުސް ހަރުފަތެއް. މަރުޙަބާ ދިވެހީން. ޝުކުރިއްޔާ ޔާމީން. އަލް ޙަމްދު ލިޖ ﷲ.
ރައީސް ޔާމީންއަށް އިތުރު ދައުރެއް ދޭން ޖެހޭ. ހަމަ އަސްލުވެސް ދޭން ޖެހޭ. މަމީ އެއްވެސް ވަރަކަށް ސިޔާސީ މީހެއްނޫން އެކަމް އައިލައިކް ރަޢީސް ޔާމީން. 1 އަށް ވޯޓް ދެއްވާ. ބުރިޖް ވ ހަބޭސް
ވަގުތު ވެސް މިހާރު ކޮރަޕްޓު ވެފަ ދޯ! ޔާމީން އަށް ވިކި ހުސް ވެފަ!!
ނޭޅޭ ބުންޏަސް، ނޭރޭ ނުބުނެވޭނެ! އެއީ ވަކި އެކަކުގެވެސް މުދާ ގަނޑެއްނޫން. މީހަކު ބުރިޖައް އަރައިފިއޭ ކިޔާފަ އަނގަ ހޭވޭކަށް ނޯންނާނެ!
ބުރިޖު ނޭޅޭނެޔޭ ކިޔާފައި އެޅުއީމައި ބުރިޖަށް އަރާދުއްވާލާފައި ރ. ޔާމީނު އަރިހުން މައާފަށް އެދިލިނަމަަ އީވާ. ބުނެލިނަމަ ސޮރީ އޭ މިސްޓަރ ޕުރެޒިޑެންޓު. މިހާރު ގަބޫލުކޮށްފީމޭ ތި ރައީސަށް ބުރިޖުވެސްއެޅޭނެކަން.ތީ ގަޓު ރައީސްކަން.