ރާއްޖޭގެ ވެރިކަން ވައްޓާލުމަށް ބޭރުގެ ސިފައިން ގެނައުމަށް ގޮވާލުމަކީ ޖަރީމާއެއް ކަމަށް އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރ އަދި މި ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝާހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. މުހައްމަދު ޝާހީމް އަލީ ސައީދު މިހެން ވިދާޅުވީ ބޭރުގެ ސިފައިން ގެނައުމާއި ގުޅޭގޮތުން ގޮތުން ކުރީގެ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅޭގޮތުން އޮންލައިން ނޫސް "ސަން" އަށް ދިން އިންޓަވިއުއެއްގައެވެ.
ޑރ ޝަހީމް ވިދާޅުވީ ރާއްޖެއިން ބޭރުން ސިފައިން ގެނެސް ރާއްޖޭގެ ވެރިކަން ބަދަލުކުރުމަށް ގޮވާލުމަކީ ބޮޑު ޖަރީމައެއް ކަމަށާއި އެއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"ދިވެހި ރައްޔިތުންނަށް ދަންނަވާލަން އެކަމަށް ތާއިދު ނުކުރައްވަން . އަދި އެފަދަ ފުރުސަތެއް ނުދެއްވަން, ދީނީ ގޮތުންވެސް އެފަދަ ކަންކަމަށް ގޮވާލައި ރައްޔިތުންގެ މެދުގައި ނަފުރަތާއި ބިރުވެރިކަން އުފައްދަން މަސައްކަތް ކުރުމަކީ ހުއްދަ ކަމެއް ނޫން" ޑރޝަހީމް ވިދާޅުވިއެވެ.
ޑރ ޝަހީމް ވިދާޅުވީ ދިވެހިން މިވަގުތު އެއްބައިވަންތަ ވާން ޖެހޭކަމަށާއި ދިވެހިން ދައްކަން ޖެހެނީ އެއްބައިވަންތަކަމުގެ ރިވެތި މިސާލު ކަމަށެވެ.
މި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަނޑިޔާރުންނާއި ކުރީގެ ރައީސް މައުމޫން ސަލާމަތް ކުރެއްވުމަށް އިންޑިއާގެ ހާއްސަ މަންދޫބެއް ސިފައިންނާއި އެކު ރާއްޖެ ފޮނުވުމަށް ދިވެހި ރައްޔިތުންގެ ފަރާތުން އިންޑިއާ ސަރުކާރުގައި އެމަނިކުފާނު އެދިވަޑައިގަންނަވާ ކަމަށެވެ.
ލާދީނީ ނަޝީދުއަކަށް އެކަމެއްނުވި ކެނޑީ ހުސްފޮނި .