ދިވެހިރާއްޖޭގެ ވެރިރަށް މާލެއަކީ އެތަށް ޒަމާނެއް ކުރިން ފެށިގެން އެއްގަމު ދުއްވާ އުޅަނދުން މަގުތައް ތޮއްޖެހުމުގެ ދަތިތައް ތަހައްމަލު ކުރަންޖެހިފައިވާ ރަށެކެވެ. މާލެ ސިޓީގެ ތެރެއިންވެސް ފުރަ މާލޭގައި މި ދަތިތައް އިންތިހާއެވެ. ނަމަވެސް އަދުގެ ސަރުކާރުން ލޮރީ، ޕިކަޕް އަދި ވޭން ފަދަ ތަކެތީގައި މުދާ އުފުލުމުގެ އުސޫލަށް ބަދަލު ގެންނަވައި ދުވާލުގެ ވަގުތުތަކުގައި މުދާ އުފުލުން މިއަދުން ފެށިގެން މަނާކުރުމާއެކު ޒަމާންތަކަކެއް ވަންދެން ހައްލެއް ނުލިބިއޮތް ޓްރެފިކްގެ މައްސަލަ މިވަނީ މުޅިން ހައްލުކޮށްފައެވެ.
އަރައިގެން އައި އިރާއެކު މި ބަދަލު ފާހަގަވާން ފެށިއިރު، މެންދުރުން އަނބުރާ ހަވީރު ވާން ދާއިރު ވާ ނުވާ ބަލަން ކެތް ކޮށްފީމެވެ. މަންޒަރު ދެލޮލުން ބަލައި، ރައްޔިތުންގެ ޝުއޫރު އަޑު އަހައިފީމެވެ. މީގެ ކުރިން ޢާންމު ރައްޔިތުންނަށް އެންމެ ބޮޑު ދަތިކަމަކަށް ވެފައިވާ ހެނދުނު އޮފީހަށް ދާއިރު އެ ދިމާވާ ދަތިތަކެއް މިއަދު ނުފެނުނެވެ. ވިއްސަކަށް މިނެޓް ކުރިން ގެއިން ނިކުމެގެން ފެން ލޮރީތަކާއި ސިމެންތި ޕިކަޕްތަކުގެ ފަހަތުގައި ގަޑިޖެހެންދެން ހުންނަން ޖެހުނު ހަމަ އެންމެ ރައްޔިތަކުވެސް ފެންނަގޮތެއް ނުވިއެވެ.
"މީވާ ސަޅި ކަމެއް. އާންމުކޮށް އޮފީހަށް ގަޑި ޖެހިފައި ހުންނާނީ އާދަޔާ ހިލާފަށް ޓްރެފިކް ބޮޑުވެގެން. މިއަދު އޮފީހަށް އާދެވިއްޖެ އޮފީސް ނުހުޅުވަނީސް." ވަގުތައް ފަރުވާތެރިވާ އަމިއްލަ އޮފީހެއްގައި ވަޒީފާއަދާކުރާ ޒުވާން އަންހެން ކުއްޖަކު މި ގެނެވުނު ބަދަލާ ގުޅިގެން ކުރެވުނު ތަޖުރިބާ "ވަގުތަށް" ހިއްސާ ކުރިއެވެ.
އާންމު ބޭނުންތަކަށް މަގުތަކަށް ނިކުމެ ހިނގާ ބިނގާވެ އުޅުމާއި ދުއްވާ އެއްޗެހީގައި އަވަސް ގޮތަކަށް ތަނަކަށް ދިއުމަކީ މާލޭގައި މިހާރަކަށް އައިސް ވާނޭކަމަށް ބަޔަކު ޤަބޫލުކުރި ކަންކަމެއް ނޫނެވެ. ނަމަވެސް އެކި ވަގުތުތަކުގައި މިއަދު ރައްޔިތުން ކުރަމުންދާ ތަޖުރިބާ ކިޔުންތެރިންނާ ހިއްޞާ ކުރުމަށް ފެށި ދަތުރުގައި ޤައުމީ ޔުނިވާސިޓީ ކައިރީ މަޑުކޮށްލައިގެން ހުރި ޒުވާނަކާ ވާހަކަ ދައްކާލީމެވެ.
"ސައިކަލު ދުއްވާ އުޅެން ވަރަށް ފަސޭހަ. އެއްގޮތަކަށްވެސް ޓްރެފިކްގައި ނުޖެހޭ. އެހެންވީމަ ބުނެވޭނީ މީ ސަޅި ބަދަލެކޭ." ޒުވާނަކު "ވަގުތަށް" ބުންޏެވެ.
ޒަމާނުންސުރެ މާލޭގައި އެއްތަނުން އަނެއްތަނަށް ދަތުރުފަތުރު ކުރުމަށް ގިނަ ބަޔަކު ބޭނުންކުރަމުން އައީ "ޓެކްސީ" ގެ ޚިދުމަތެވެ. މިއަދު ފެނުނު މަންޒަރު ތަފާތެވެ. ކާރުތަކުގެ ދުވެލި ބާރެވެ. ޓެރެފިކްގައި ޖެހި ތަންތަނުގައި ތާށިވެފައި ޓެކްސީތައް އޮއްވާ ނުފެނެއެވެ. ބަދަލާއެކު ޓެކްސީ ޑްރައިވަރުންގެ ޝުއޫރު ހުރިނެތްގޮތްވެސް މުހިންމެވެ.
"މިއަދު ވަރަށް ބޮޑުތަނުން ލުއި، މިބުނީ މަގުތަކުގައި ޕިކަޕްތަކާއި ވޭންތައް މަޑު ކޮށްގެން ޑެލިވަރީ ކުރާތީ މަޑުކުރަންޖެހޭ ވަގުތުތައް ނުގެއްލި ދާން ބޭނުންވާ ތަނަށް ވަރަށް ފަސޭހައިން ދެވޭ. މި ބަދަލު ދަމަހައްޓާނެ ކަމަށް އުއްމީދުކުރަން" ޓެކްސީ ޑްރައިވަރަކު ބުންޏެވެ.
ދަރިވަރުން ގޮވައިގެން ސްކޫލްތަކަށްދާ ބެލެނިވެރިންނާއި، އަވަސް އަރުވާލާއިގެން އޮފީސްތަކަށްދާ ޒުވާނުންނާއި، ލޯބިވެރިން ބަލައި ޔުނިވާސިޓީތަކުގެ ދޮރުމަތީގައި އިންތިޒާރު ކުރަމުންދިޔަ ޒުވާނުންނާއި، ހޭލަމޭލައަށް މަގުތަކުގައި ހިނގާބިނގާވެ އުޅޭ ޢާންމު ރައްޔިތުން ތިބީ ދުވާލުގެ ވަގުތުތަކުގައި މުދާ އުފުލުން މަނާކޮށް އައު އުސޫލަށް މިއަދު އަމަލު ކުރަން ފެށުމުން ލިބުނު ލުއިފަސޭހަ އާއިމެދު ވަރަށް ހިތްހަމަ ޖެހިފައެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން މުދާ އުފުލޭ ގަޑިތަކަށް ގެނައި ބަދަލާއެކު، މިއަދުން ފެށިގެން މާލެ ތެރެއަށް ވިއްކުމަށާއި ގުދަންކުރުމަށް ގަނޑުކޮށް އުފުއްލާ މުދަލާއި، ލަކުޑި، ދަގަނޑު، ހިލަ، ހިލަވެލި، ބިއްލޫރި، ސިމެންތި، އިމާރާތްކުރުމަށް ބޭނުންކުރާ ގަލާއި، ބުއިމަށް ބޭނުންކުރާ ފެނާއި އެހެނިހެން ބުއިންތައް އަދި މި ނޫންވެސް މިފަދަ އެންމެހާ ތަކެތި އެއްތަނުން އަނެއްތަނަށް އުފުއްލޭނީ އިރުއޮއްސި 06:00 އިން ފެށިގެން ހެނދުނު 06:00 އާއި ދެމެދު ކަމަށެވެ. އަދި މި ބަދަލާއެކު ޑެލިވަރީގެ ގޮތުގައި ކައްކާ ގޭސް އުފުލޭނީ ހެނދުނު 08:30 އިން 11:00 އަށާއި، އިރުއޮއްސި 06:00 އިން ހެނދުނު 06:00 އަށެވެ.
ޓްރާންސްޕޯޓް އޮތޯރިޓީގެ މި އުސޫލާ ހިލާފުވާ ވިޔަފާރިތަކާއި، ޑްރައިވަރުންނާއި މެދުގައި ފިޔަވަޅު އަޅާނެކަމަށް ދިވެހި ފުލުހުން ވިދާޅުވާއިރު، މި ބަދަލަކީ މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ހައްލު ގެނައުމަށް މުހިންމު ބަދަލެއް ކަމުގައި އެ މުއައްސަސާއިން ދެކެއެވެ.
އެތައް ހާސް ރައްޔިތުންނެއް ދިރިއުޅެމުން އަންނަ ފުރަމާލޭގެ މަގުތައް ތޮއްޖެހި ހިނގާބިނގާވެ އުޅެން ދަތިވެ، ދުއްވާ އެއްޗެހީގެ ދުމުން އާންމު ރައްޔިތުންގެ ޞިއްޙަތައްވެސް ނުރައްވާ ހިސާބުގައި އޮއްވާ ސަރުކާރުން ގެނައި މި ބަދަލު އެތައް ހާސް ރައްޔިތުންނެއް އުފަލާއެކު ބަލައިގަނެފައިވީ ނަމަވެސް ވިޔަފާރިވެރިންގެ ހިޔާލާއި ފިކުރު އަދި ޑިމާންޑްތައް ތަފާތެވެ. އެއާއެކު މި ބަދަލު ސަރުކާރުން ދަމަހައްޓާނެ ކަމާމެދު ކަންބޮޑުވާހާލު، ގިނަ ޢާންމު ރައްޔިތުން އެދެނީ އުސޫލަށް ބަދަލެއް ގެނައި ނަމަވެސް ޢާންމު ރައްޔިތުންނަށް މިލިބޭ ލުއިފަސޭހަ ގެއްލިގެން ނުދާނެ ގޮތަކަށް އުސޫލު ދެމެހެއްޓުމެވެ.
ކޮންމެ ބަދަލަކީވެސް ކުއްލިއަކަށް ބަދަލުވެގެންދާއިރު، ކޮންމެވެސް ތަކުލީފުތަކެއް ކުރިމަތިވާނެ ކަންކަމެވެ. ކޮންމެ ރައްޔިތަކުވެސް ތަކުލީފުތަކަށް ކެތްތެރިވެ ގިނަ ބަޔަކަށް މަންފާ ކުރާ ކަންކަމަށް އެއްބާރުލުންދީ ތިމާގެ ނަފްސުވެސް އެފަދަ ބަލުތަކަށް ހޭނުވުން ބުއްދިވެރިއެވެ. ހަމަ ޤައިމުވެސް އެއްވެސް ރައްޔިތަކު ދެބަސް ނުވާނެ ހަޤީޤަތެއްވެއެވެ. މި އައު ބަދަލާއެކު މާލޭގެ ތޮއްޖެހިފައިވާ މަގުތައް އަމާންވެ، މިނިވަންކަމާއި ލުއިފަސޭކަ ގޮތެއްގައި އެއްތަނުން އަނެއްތަނަށް ދިއުމުގެ މަގު މިވަނީ ފަހިވެފައެވެ. ހެޔޮ ބަދަލަށް ހެޔޮ ހިތުން މަރުޚަބާ ކިޔުން ކިހިނެތް ވާނެތޯއެވެ!
އޭ މޮޔާން ނޮގޮވާ، ޓޯކިޔޯގެ މަގުތަކުގަވެސް މިހެން އޮންނަނީ ހުރިހާ ކަމެއްވެސް. އެމެން ދަންވަރު ޕިންކު ޕިކަޕު ބުރުޖަހަން ނުކުންނަނީ. އަހާބަލަ މުއިޒު ކައިރީ.
އަދި ތިޔަށްވުރެ ސަޅިވާނެ މީހުން މަގަށް ނިކުތުން މަނާ ކޮށްލީމަ. އޭރުން ވެސް ޓްރެފިކް ހައްލުވީ
ރަގަޅުކަމެއްވިއްޔާ އެންމެންނަށްވެސް ރަގަޅުވާނެ ،، އެކަމް ރަގަޅޭބުނަން ބޭނުންނޫން ބަޔަކުތިބޭނެ... އެއީވެސް އެއްބަޔަކު ކަންޖެހޭނެ ކަމެއް ...............
މާލޭގެ މަގުމަތީގެ ޓުރެފިކު އެންމެ އަމާން ވަގުތަކީ ހުކުރު ދުވަހުގެ އެންމެ ހެނދުނުގެ ވަގުތެވެ. ހިތާމަޔަކީ މިބަދަލާއެކު ވެމްކޯގެ ކުނި އުފުލާ ލޮރީތަކަށް އެއްވެސް ކަހަލަ ބަދަލެއް ނާންނަކަމެވެ. ކުނި އުފުލާކަށް ވަކި ވަގުތެއް އެމީހުންނަކަށް ނޯވެއެވެ.
މުދަލުގެ އަގު އުފުލޭނެ..... މާސަޅިވާނެ ހުރިހާ މިނިސްތަރުންގެ ގެއިން އިފީސްތަކަށް ބުރިޖް އެޅިއްޔާ
ވަރަށް ފައްކާ މިހާރު.... އަދި އިތުރަށް މިކަންކަން ފުރިހަމަވޭނޭ ކަމަށް އުއްމީދު ކުރަން. މީހަމަ ބަރާބަރު ނިންމުމެއް. ކޮންމެ ކަމަކަށްވެސް ކުރީކޮޅުގައި ކުދި ކުދި މައްސަލަތަށް ދިމާވާނެ އެކަމަކު ޖުމްލަކޮށް މިހާރު މިހުށަހެޅުނު ގޮތަކީ ވަރަށް ބަރާބަރު ގޮތެއް... އަދި މިކަން އެހާ ފުރިހަމަ ނުވެއްޖެނަމަ އަލުން އިސްލާހުތަކެއް ގެނެސްގެން ރަގަޅު ކުރުމަށް މަސައްކަތް ކުރާނީ.
ސައިކަލު ދުއްވަން ސަޅިވާއިރު އެއްޗެހީގެ އަގުވެސް މަތިވީމަ ސަލިވާނެ ސައިކަލާ ކާރު ދުއްވާގެނެއް ނޫން ޖިއެސް ޓީލިބެނީ
ދެން މުސާރަ ބޮޑުކޮއްލީމަ ނީމުނީއެއްނޫން..
މާލެ ފުރެންދެން ވެހިކަލްތައް އެރުވީމަ އެކަމުގެ އަދަބު ލިބެންވީ ވިޔަފާރިވެރިންނަށާ މަޖޫރީންނަށްތޯ؟
ސަރުކާރުން ބަލަންވީނު އެކެއްގެ ނަމުގަ ކިތައް ސައިކަލާއި ކިތައް ކާރާއި ކިތައް ޕިކަޕާއި ކިތައް ލޮރީ އޮވޭތޯ؟
ހަތަރުފުރޮޅުލީ އުޅަނދުތައް ވައްދާނެ ތަނެއް ނެތަސް ސަރުކާރުން މަޖުބޫރުކުރޭ ގަރާޖެއް ރަޖިސްޓްރީ ކުރަން. ސަރުކާރަށްވެސް އެނގޭނެ އެއްގަރާޖުގަ އެތައް ވެހިކަލެއް ރަޖިސްޓްރީ ކޮށްފަ އޮންނަކަމާއި، ހުރިހާ ވެހިކަލްތައް އޮންނަނީ މަގުމަތީގަކަންވެސް. ކޮބާތޯ ހައްލަކީީ؟
ފިހާރައިން ސްޓޮކް ހުސްވީމާ ދެން ޝުކުރިޔާ ރައިސް ޔާމީން،
ބާޒާރުމަތި އަދި ހޯލްސޭލް ފިހާރަ ހުޅުވޭ ގަޑި: ހެދުނު 8 ކުން ހަވީރު 6 ކަށް.
މުދާ އުފުއްލޭ ގަޑި 6 ކުން ހެދުނު 6 ކަށް،
އަޅެ އަޖާބެއް! ގަމާރީވެސް ދެން މިވަރަށް....
ސަރުކާރުގެ މިނިސްޓަރުން ދުވާ ކާރުތަށް މަދު ކޮލިޔަސް ޓްރެފިކު ލުއިވާނެ. ހާސަކޮށް ޓްރާންސްޕޯޓް މިނިސްޓަރުގެ.
އެކަލާނގެއީ، ތިޔަބައިމީހުން (އަރާމުކޮށް) ހަމަހިމޭންވުމަށް ތިޔަބައިމީހުންނަށްޓަކައި، ރޭގަނޑު ލެއްވި ރަސްކަލާނގެއެވެ. އަދި (ތިޔަބައިމީހުން ދިރިއުޅުމުގެ މަސައްކަތް ކުރުމަށް) ދުވާލު އަލިކޮށްދެއްވި ރަސްކަލާނގެއެވެ. ހަމަކަށަވަރުން، އެކަންތައްތަކުގައި، އަޑުއަހާ ބަޔަކަށް ހެކިތަކެއްވާކަން ކަށަވަރެވެ.
ފާއިތުވި ފަންސާހަކަށް އަހަރު މިގައުމުގެ ވެރިކަމަށް އެރި ކޮންމެ މީހަކު މަސައްކަތްކުރީ އަބަދުވެސް ދިޔަދޮވީގެ އެއްކޮޅުން ފެން ނެގޭގޮތަށް . އެކަމުގެ ނަތީޖާ މިހާރު މިފެންނަނީ.
މަގުތައް އަމާން ވުން އެންމެންވެސް ބޭނުން އެކަމަކު ޕިކަޕު ޑުރާވަރުއްނައް ވަރައް އުނދަގޫ ނިއްމުމެން މީ ސަބަބަކީ އެމީހުން މަސައްކަތް ކުރާގަޑީ ކާރު ސައިކަލު ދުއްވާނެ ދޯ ކޮބާ އެބާމީހުންގެ ހައްގު
ރާއްޖެ ތެރޭ ރައްރަށަށް ފެރީތަކުގައި އާންމުންނަކައް ދެނެއް އެއްޗެއް ނުގެނެވޭނެ ދޯ. އެއްބަޔަކަށް ރަނގަޅުވިޔަސް އަނެއްބަޔަކަށް ވަރައްބޮޑު ތަކްލީފެއް.
ފެރީތަކަށް އެއްޗެހި ގެންދެވޭގޮތަށް އޮތީ.. ފެރީ، ދޯނި ފަދަ ފުރައި ދުއްވާ އުޅަނދުތައް.
އޭ އޮޅުގެންނޫޅޭ.. އަދީ ޓުރެފީކުމައްސަލަ ހައްލުވާން ގާތެއްވެސަ ނުވޭ.. އެކަމަކު މީ އެޅުނު ފީޔަވަޅަކީ ރަނގަޅު ފީޔަވަޅެއް..
މީހަމަ ގަމާރުންގެ ސަރުކާރެއް! ރައްޔަތުންގެ އިހުސާސްތަކަށް ނުވިސްނާ ނުލަފާ އަނިޔާވެރި ސަރުކާރެއް،!
އިސްލާމީމަރުކަޒުގެ ދެފަރާތުގެ ދެމަގު ބަންދު ކުރުމުން ޚިހިނެއްތޯވީ ؟؟ ތާސްކުޅެން ތިބެފަ ވިދާޅުވެދާޅުވާހާގޮތަކައް މަގުމަތި ހައްލުނުކުރެވޭނެ
ޓޯކިޔޯ މީހުން ދަންވަރު ތިބެނީ ނިދާފަ
މަމެން ޕިންކީން ބާޒާރުމަތީ މުދާ އުފުލާ ވެހިކަލްސް ތަކުގެ މޫވްމެންޓް ގެ ޝިފްޓް ޑިއުޓީ ރޭގަނޑަށް ބަދަލު ކޮށްލުމުން އަންނަނީ ރަނގަޅު ފީޑް ބެކްސް ތަކޭ އެހެން ކަމުން މިކަން ޖެހޭނެއޭ ސަރުކާރުން ދަމަހައްޓަން. ރާއްޖެތެރޭން މާލެ އަންނަ އޮޑިފަހަރު ބަލާނީ އެމެންގެ އަމިއްލަ އެދުމަށޭ އެއީ މަމެން ބަލަން ޖެހޭނެ ކަމެއް ނޫނޭ މަމެން ބަލަން ޖެހޭނީ މަމެން މާލޭގައި އުޅޭ އިރު މާލެ އަކީ ލިޓިލް ޓޯކިޔޯ އަށް ހެދެން އޮތީ ކޮން ގޮތަކުންތޯއޭ އެކަން މިދަނީ ކުރިއަށް. ދެން ތަމެން ރަންރީނދޫ ޓްވިޓަރޭ މެން މަހަށް ދޭބަލަ. މަހަށް މަހަށް މަހަށް ދޭބަލަ.
މި ގެނައި ބަދަލް ވ ރަނގަޅު...އާ ދުވަހަކު ގަޑިއަކަށް ވަޒީފާއަކަށް ނުދެވެ މި ޓްރެފިކަކާ ހެދި...ރަނގަޅު ކަމެއް ކޮށްދީފިއްޔާ އެކަން ފާހަގަ ކުރަން ޖެހޭނެ. ދެރައީ ފިހާރަތަކުގައި ވިއްކާ މުދަލުގެ އަގުތަށް އަތް ނުފޯރާފަށަށް މި ވިޔަފާރިވެރިް އަރުވަފާނެތީ.
ސަރުކާރާ އިދިކޮޅު މީހުންބަލާނީ އޮންނަގޮތަނޫން އެހެންގޮތަކަށް ވާހަކަދައްކައިގެން ރައްޔިތުންނާ ސަރުކާރާ ޖެއްސޭތޯ