ރ.އަތޮޅު މަޑުއްވަރީގައި ފުލުހުންނާއި ސިފައިން އަދި ދައުލަތުގެ ކަމޭބެހޭ އިދާރާތަކުން މިވަނީ ހާއްސަ އޮޕަރޭޝަނެއް ފަށާފައެވެ. ހަރުކަށި ފިކުރާއި ދެކޮޅަށް ހިންގާ އޮޕަރޭޝަންގައި މަޑުއްވަރިން ބަޔަކު ހައްޔަރުކޮށް އަދި ބައެއް ގެތައް ފާސްކޮށް، މީހުންގެ ބަޔާންތައް އެގެންދަނީ ނަގަމުންނެވެ. ނޫސްތަކުގައި ސިފަކޮށްފައިވާފަދަ ބިރުވެރިކަމެއް މަޑުއްވަރީގައި ނެތް ކަމަށް ރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ. އަދި މަޑުއްވަރީއަށް، ސިފައިންނާ ފުލުހުން އެއްފަހަރާ އެރުމުން އެރަށުގެ ނަން ވަރަށް ބޮޑަށް ކިލަނބުވެގެން ހިނގައްޖެ ކަމަށް ވިދާޅުވެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.

ހަރުކަށި ފިކުރުގެ މައްސަލަ އޮތީ ރަސްމީ އިދާރާތަކުން ވިދާޅުވާ ގޮތުގައި ވަރަށް ނުރައްކާތެރި ހާލަތެއްގައެވެ. އެއްވެސް ޖެހިލުމެއް ނެތި މީހުން މަރަން ކެރޭ 1400 މީހުން ރާއްޖޭގައި ތިބި ކަމަށް ފުލުހުން ވިދާޅުވެއެވެ. ބޮން ހަދައިގެން ވައިގެ މަގުން ހަމަލާދޭ ދިވެހިން ރާވައިފިއެވެ. އެކަމުގައި އަމަލީ ސިފަ ޖެއްސުމާއި ވަރަށް ގާތައް ގޮސްފައި ވަނިކޮށް އެކަން ނާކާމިޔާބު ކޮށްލެވުނު ނަމަވެސް އެފަދަ ރޭވުމެއް އެހިސާބަށް ގޮސްފައި ވާތީ ހަރުކަށި ފިކުރުގެ ނުރައްކާ ރާއްޖެ އަށް އޮތް މިންވަރު އަންދާސާ ކުރެވެއެވެ.

މަޑުއްވަރީގައި ވެސް އަދި ރާއްޖޭގެ އެހެން ރަށްރަށުގައި ވެސް ހަރުކަށި ފިކުރި އޮތް މިންވަރު އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެއް ބޭފުޅަކީ މިހާރު މަޑުއްވަރީ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ. ޑިފެންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު މަގާމުގެ ހައިސިއްޔަތުން އޭނާ އަށް ވަރަށް ގިނަ މައުލޫމާތު ލިބިވަޑައިގެންފައި ހުންނާނެއެވެ.

ހަރުކަށި ފިކުރު އެކި ރަށްރަށަށް ފެތުރިގެން ގޮސް، އަތްފޯރުވަން އުނދަގޫ މައްސަލައަކަށް އެމައްސަލަ ވެގެން ގޮސްފައި މިވަނީ އެކަން ހައްލު ކުރުމުގައި ފަހަކަށް އައިސް ގެންގުޅުނު މަޑުމައިތިރި ސިޔާސަތުގެ ސަބަބުން ކަމަށް ވެދާނެއެވެ. އެންމެ ނުރައްކާތެރި ކުށްތަކަށް އަރައިގަންނަ ހިސާބުގައި ތިބި މީހުންގެ "އެސެސްމެންޓް" ހެދުމާއި ނަސޭހަތް ދިނުން ފިޔަވައި އިތުރު ކަމެއް ނުކުރެވިގެން އުޅެނިކޮށް މިމައްސަލަ މިއޮތީ "ގޮވަން ކައިރިވެފައި އޮތް ބޮމަކަށް ވެފައެވެ."

އެހެންކަމުން މިއީ ސިޔާސީ މަޤުޞަދެއްގައި، ސިޔާސީ ވިސްނުމުގައި، ސިޔާސި ދާއިރާއިން މަގުބޫލްކަން ހޯދުމަށް ދައްކަން ޖެހޭ ވަރަށްވުރެ މާހައްސާސް، މާނުރައްކާތެރި ވާހަކައެކެވެ.

މަޑުއްވަރިއަށް "ދެ ފޯސް އެއްކޮށް އެރުމުން" އެރަށުގެ ނަމަށް ކިލަނބުކަމެއް އަތުވެދާނެއެވެ. އަދި ރަށުގައި ބިރުވެރިކަމެއް ވެސް އުފެދިދާނެއެވެ. ރަށާއި މެދު އެހެން ރަށްރަށުގެ މީހުން ދެކޭގޮތް ބަދަލުވުން ވެސް ގާތެވެ. ނަމަވެސް ވިސްނަން ޖެހޭ ކަމަކީ ރަށުގެ ނަމަށް ކިލަނބުކަމެއް އަތުވެދާނެތީ ހަނުތިއްބާ މިއަށްވުރެ ބޮޑު ކަމެއް ދިމާވެއްޖެނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟

މުޅި ރާއްޖޭގެ އިޤުތިޞާދު ފަތުރުވެރިކަމަށް ބަރޯސާވެފައި ވާއިރު، ނިރުބުވެރި ހަމަލާއެއް ރާއްޖޭގައި ދީފިނަމަ މުޅި ގައުމުގެ އިޤުތިޞާދު އަރައިގަންނަން އުނދަގޫ އަނދަވަޅަކަށް ވެއްޓޭނެ ކަމާއި މެދު އެއްވެސް ޝައްކެތް ނެތެވެ. އެހެންކަމުން "ރައްކާވެތިބިއްޔާ ދަތުރެވެ." ރައްކާތެރިކަމުގެ ފިޔަވަޅުތައް އަވަހަށް އަޅަން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. ރިށްފާން

    ވަގުތު ނޫހުން ގެނެސްދިން މި ހަބަރާމެދު އަހަރެން ވަރައް ހިއްހަމަޖެހޭ. ސަބަބަކީ ސިޔާސީ ފަރާތްތައް ސިޔާސީ ބޭނުމައް ހަގީގަތާ ހިލާފު ދެކޮޅުނުޖެހޭ ވާހަކަ ދައްކަމުންދާއިރު މިކަމާއިމެދު އާންމުން ހޭލުންތެރި ކުރުވަން މަސައްކަތްކުރާތީ އެވެ. ކުރިޔައް އޮތްތާގަވެސް ތިގޮތުގަ ސައްހަ މައުލޫމާތު ގެނެސްދިނުމުގައި ފަހަތައްނުޖެހި ސާބިތުވެހުންނާނެ ކަމައް ހީކުރަމެވެ.

    45
    17
    • ހ

      ޚޮބާ ލާދީނީ ފިކުރުގެ މީހުން. ޢެމީހުންވެސް ހިފާ ހައްޔަރުކުރަންޖެހޭ.

      21
  2. މާމިގިލީ މީހާ

    އއ ހިމަންދޫގަ ވެސް ތި މީހުން އެބައުޅޭ ބައިވަރު. އަދި ބުނަނީ ސުންނަތުގެ މީހުންނޯ ތިމަންނަމެން މީ. ކޮން ސުންނަތެއް ކިޔާކައްތަ ހިފާ ހައްޔަރު ކުރޭ. މާމިގިލީގަ ވެސް ކޯޓު ހުރެ ކައިވެނި ކުރަނީ މިކިޔާ ސުންނަތުގެ މީހުންގެ ގެއިން. މާމިގިލީގަ ވެސް އެބައުޅޭ މި ބައިގަނޑު.

    25
    20
    • އަހުމަދު ނަދީމް

      ގެއިން ކައިވެނި ކުރީމަ ކަޑަ. ކައިވެނި ނުކޮށް ރަށްމެދަށްވިހޭމަ އޯކޭ؟ ސުންނަތަށް ރުޅިއަރާ މީހުންނަށް ނުފެއްނާނެ އެމީހުންގެ ކިބައިން އެއްވެސް ހެވެއް. އެހެންވެ ޒާތީވެގެން ތިއުޅެނީ.. މާދަމާ ކިޔާނެ އެއްޖިންސުން ކައިވެނި ކުރަން ނުރުހޭ މީހުންނަކީވެސް ހައްދުފަހަނައަޅާފައިވާ ބަޔެކޭ... މީ ޔޫރަޕުގަ މިކަން ހިނގިގޮތް.

      50
      19
    • Anonymous

      ބަލަގަ ސޮރާ ހިމަދޫމީހުންގެ ނެތަެ މިހާރު ސުނަތެއް މިއްލަތެއް.. ހުރިހާއެންމެން އަންނި ޕާޓީ ގިރާގެން ބޮއިގެން ތިބީ.. ހަމައެކަނި ބޮޑު ތުބުޅިއެއް ނުވަތަ ލަދުން ބާލަން ނުކެރިފަ ހުރި މޫނު ބުރުގާތަކެއް ހުރިކަން.. ???. އެމޫން އެތިބީ އަންނި ރަގަޅަށް ރިހަބެލް ކޮއްލާފަ.. ނުކުރާކަށް ނުބައި ކަމެއް ނެތްތޯ އެއްޗެއް މިހާރު..

      18
      4
    • މިވެސް މާމިގިލީ މީހެއް

      އޮޅުވާނުލާ... ރަނގަޅަށް ބަލާބަ ތިބުނާ ސުންނަތުގެ މީހުންގެ ގެއިން ކުރި އެއްވެސް ކައިވެންޏެއް ކޯޓްގަ ރަޖިސްޓްރީ ނުކޮށްއޮތްތޯ. އެވަރު ބަލާފަ އަނގަފުޅާކުރޭ.

      13
      2
    • ސެންޓި

      ކަލޭމެން ކީއްވެތަ ސުންނަތް ދެކެ އެހާ ބި ރުތިގަންނަނީ. ބަލަ ﷲ ގެ ޤާނޫނު ތަންފީޒު ކު ރަން ގޮވާލީމަ ކަލޭމެން ތިބުނަނީ ހަ ރުކަށި ފިކު ރޭ. ާވިސްނަބަލަ. ﷲ ގެ ހުކުމަށް ހުކުމް ނުކު ރާ މީހުން ކައި ރިއަށް ޝަ ރުއީ ހުކުމެް ހޯދަން ދިއުމަކީ ޡާޢޫތުން ގާތަށް ހުކުމް ކު ރަން ދިއުމެއް ނޫންތަ؟ އެއީ ވަ ރި ކައިވެނި ކަމުގައި ވިޔަސް.

      9
      1
  3. ޔަގީން

    ދިވެހިރާއްޖޭގައި ހަރުކަށި ފިކުރު ފެތުރިގެންދިޔައީ ދިވެހިރާއްޖޭގައި ވެރިކަންކުރި ވެރިންގެ ސަބަބުންނެވެ. ވެރީން އިސްލާމްދީނާ ބީރައްޓެހިވެ ނާޗަރަންގީގައި ވެރިކަމުގެ ދައުރު ބޭކާރު ކޮށްލީމައެވެ.

    50
    3
    • Anonymous

      އަދި ރައްޔިތުންނައް ހައްގު ދީނުގަ އޮތްގޮތް އޮޅުވާލާ ﷲ ގެ ގާނޫނު އެއްކިބާކޮށް އަމިއްލަ ގާނޫނު ތަންފީޒު ކުރީމަ..

      19
      1
  4. އަހުމަދު ޙަމީދު

    ވައިގެ މަގުން ބޮމެއް ގޮއްވާލަން އުޅުނު މީހުންކޮބާ؟ އެކަން ކުރީ ކިހިނެއް؟ އެކަމުގެ ހަޤީޤަތް ހޯދީ ކިހިނެތް؟ ހަމަ ޓަސްލާފަ ނަހުލާ ލިޔާ ވާހަކައެއްހެން މޮޅެތި ޓުވިސްޓުލާފަ ނިއުސްކޮންފަރެސް ދިނަސް ތިކަން ޤަބޫލު ކުރާނީކިހިނެތް؟ ލާދީނީ މީހުންގެ މަތިއަޅަން ދައްކާ ވާހަކަ އަކަށް ނޫނީ ތިކަން ނުވާނެ. ކައުންސިލުން އެބުނަނީ ބިރެއްނެތޭ! އެކަމު ރަށު މީހުންގެ ތެރެއިން ވަކި ބަޔެއްގެ އިންޓަވިއު ނަގަނީވެސް.ވެކްސިން ނުދޭ ދިވެހިން މިގައުމުގަ ބައިވަރު. މީހުން ކައްވަޅުން ނަގައިގެން ވެސް ވެކްސިން ދޭންވީނުންތޯ؟ ކުރީގެ މީހުން 13،12 ގަވެސް މީހުނާ އިނދެފަ އެބަތިބި. 13 އަހަރުގައި ވިހާފަވެސް، ދެން އެއީ ރޭޕް ކޮށްގެން ލިބުނު ކުދިން ކަމަށްތޯ ނިންމަނީ؟ބޯހަލާކު.

    48
    11
    • Anonymous

      އާންމު ދިވެހިނަަށް ވައިގެ މަގުން ބޮން ގޮއްވޭނީ ފޮޑިތަޅާގެން..!

      އެނޫން ގޮތަކަށް އެކަން ކުރެވޭނީ ކެނެރީގެ ބޮޑު "އިބިލީސް އަންނި" އަށް..

      17
      3
  5. ޢަންސާރު

    ޔަގީން ގެ ކޮމެންޓްގަ ހަގީގަތާ ހަމަޔަށް ވާސިލްވެފަ އެބަހުރި...ވެރިކަމުގެ ނިޒާމަކީ އިންސާފާ ހަމަ ގެއްލިފަވާ ނިޒާމަކަށް ވީމަ މީހުންގެ ހިތުގަ ދައުލަތާ ވެރިންނާ ދޭތެރޭ ނަފްރަތްތެރިކަން އުފެދި މިފަދަ އަނިޔާވެރި ކަންތަކަށް ހިތްވަރު ލިބިގެންދޭ...ދިވެހިންގެ ސިޔާދަތު ހިފެހެއްޓޭނީ އެންމެން އެކަތިގަނޑަކަށްވެ އެކަކު އަނެކަކަށް އަޅާލާ މުޖުތަމައެއް ބިނާކޮށްގެން...

  6. ޑީން

    ކޮންމެ މީހަކުވެސް ހިތައް އައިހާ އެއްޗެއް ނުކިޔާ ބުއްދި އިސްކޮށްގެން ލޯ ހުޅުވައިގެން، ރުޅި މަޑު ކޮށްގެން މި ހިނގާ ކަންކަމަށް ވިސްނާށެވެ. އަހަރެމެން ދީނޭ، ވެކްސިނޭ ސިއްހަތޭ ކިޔަކިޔަ ތިއްބާ ޤައުމުގެ ހަމަޖެހުން ނެތި ބޭރުގެ ބައެއްގެއަތްމައްޗައް ޤައުމު މިއޮއްގެން ދަނީއެވެ. ޤައުމު ހިންގަނީ ދިވެހިންކަމަށް ވިޔަސް އުސޫލު ތަކަކީ ދީނާއި، ދިވެހިންނާއި ބީ ރައްޓެހި އުސޫލި ތަކަކަށް ވެނިމިއްޖެއެވެ. ޤާނޫނު އަސާސީގައި އިސްލާމްދީނުގެ ނަން އޮތަކަސް އެ ދީނަށް ތަބާވާ ވެރިއަކު ނެތެވެ. އެދީނުގެ ހުކުމްތައްވަނީ ހަރުކަށި އެންޓި ހިއުމަން ރައިޓްސް އަކަށެވެ. ވެރިން ދީންރައްކާތެރި ކުރާނެކަމަށް ކޮންމެ ދުވަހަކު ކިޔާ ލަވައަކުން ރައްޔިތުންގެ ލޮލުގައި ފަރުދާ އަޅާފައި، ދީނީ އެންމެހާ ކަމެއް ނައްތާލުމުގައި ބޭރުގެ ބަޔަކާއި ގުޅިގެން ސިއްރު އެޖެންޑާއެއް ގެންގުޅޭތަން ލޯ ހުޅުވައިން ބަލާ ބަޔަކަށް ފެންނާނެއެވެ. އަހަންނަކީ ޔާމީނަށް ތާއީދު ކުރާ މީހެއް ނޫނެކެވެ. އަދި އިސްލާމްދީނާ ހިލާފު ހަރުކަށި އުސޫލުތަކަށް ތާއީދު ކިރާ މީހެއްވެސް ނޫނެކެވެ. އެކަމަކު މުސްލިމެކެވެ.

    10
    1
  7. ސީނު

    އަޅުގަނޑަށް 45 އަހަރު. މައިން ބަފައިން ވެކްސިނެއް ނުދޭ. ސަރުކާރު ސްކޫލްތަކުން ކިޔެވީ. އިންޓަނެޝަނަލް ޔިނިވަރސިޓީތަކުންވެސް ކިޔެވިން. އަޅުގަނޑުވެސް މައިންފައިންނާ ފިރިމީހާގެ އަތުން ޖަހައިގަނެގެންގޮސް ވެކްސިންދޭންވީ ނޫންތޯ. ވެކްސިނުދީ ސްކޫލްތަކާ ޔުނިވަރސިޓީތަކަށް ވައްދާފައިވާތީ އެތަންތަން އޭރުހިންގި ފަރާތްތަށްޖަލަށްލާންވީނޫންތޯ...
    . ދީނީގޮތުން މާސީރިއަސް ނޫންކަންކަން މާބޮޑުކޮށްލައިގެން ޔޫރަޕް މީހުން ގެ ރުހުންހޯދަން މީދެން ކޮން ނުހޮރުއްޕާނެއް. ވެކްސިން ނުދިނުމަށް ވުރެ ދީނަށްފުރައްސާރަކުރުން މާނުރައްކާ.މާބޮޑެތި ރޯގާތަކާ މުސީބާތްތަށް ޖެހޭނެކަން ޔަގީން އެމްޑީއެން ރިޕޯރޓްލިޔުނުމީހުންގެ ގޭގެޔަށް ސިފައިންނާ ފުލުހުންނާ ސަރުކާރުގެ މުއައްސަސާ ތަކުންނާ އިސްލާމީ މިނިސްޓަރު ވަދެ އެމީހުންހިފާހައްޔރުކުރުން މާއައުލާ. ދީނަށްފުރައްސާރަކުރުމަކީ ބިރުވެރިކަމެއްކަން އަންނަން އޮތްޖީލުތަކަށް ވިސދްނައިދިނުން މާމުހިންމު...

    19
    3
    • މޮޔައެނޮނިމަސް

      ސީ ރިޔާ ަަަަަަަަަަަަަަަަަ އަކައް ވެސް ނުދޭ.އެވެސް ހުަސް ދޮގު

  8. ޢަހު

    ހަމިއްޓޭ އުޅުނީ ބޮން ގޮއްވަން އެހެންނޫންނަމަ ރައްޔިތުންނައް އެކަމެއް ސިއްރު ކޮއްފަ ނުބޭއްވީއެއްނޫން

  9. ާޢަބްދުﷲ

    ވަގުތު ނޫސްވެސް އެންމެ ފަހުން ލާދީނީ މީހުންނަށް ހިތްވަރުދޭ ނޫހަކަށް ވަނީ... މީހުން މަރަނީ ގޭންގުތަކުން... އެކަމަށް ހިތްވަރު ދީ އެކަން ކުރި އެކަކު މިވަގުތު ސީޕީ އަކަށް އެހުރީ

    10
    1
  10. Anonymous

    އަބަދު އަޑުއިވެނީ ހައްދުފަހަނަ އެޅުމޭ ކިޔާ އަޑު އެމްޑީޕީ ވެރިކަމަށް އައި ފަހުން. ތިޔަ ބުނާ ނުރައްކާތެރި 1400 މީހުން ތިބެ އޭގެ މީހުންގެ ފަރާތުން ނުރައްކާތެރި ކަމެއް ދިމާނުވޭ. ގައުމުގައި ހުޅުޖެހީ ވެސް އެމްޑީޕީގެ މީހުން

    18
    1
  11. ޕުއްޕުޚާން

    މިނިވަން ފިކުރުގެ މީހުން ނަކީ އަސްލުގައި އިސްލާމީ ފިކުރު ގެ މީހުން އެމީންނަކީ އިންސާފާ ހަމަހަމަކަމަާ ނަޒާހަތްތެރިކަން ދަންނަ ހިތްތައް ތޯހިރު ބައެއް އެކަމަކު އަދިރި ދައުލަތުގައި މިތިބެނީ އިސްލާމްދީން ނުދަންނަ ތުންދިގު ފުޅި ބޯވަހުޝީ ބަޔަކަާ ދީން ނުދަންނަ ދީނުގެ ނަމުގައި ލާއިންސާނީ ޖަރީމާ ހިންގާ އިންސާނީ ވަގުފާރި ކުރާ ކުޑަކުދިންގެ ހައްގު ތަކަށް އަރައި ގަންނަބައެއް މި ތުން ދިގު ފުޅި ބޯ ބާގައިގެ މީހުންނާ ލާއިންސާނީ ވަގުފާރި ކުރާ ހަރުކަށި މީހުންގެ ކިބައިން ގައުމު ސަލާމަތްކުރަންޖެހޭ އެކަމަކު އެދެ ބާގައިގެ މީހުން ހުއްޓުވަން ފުލުހުންނެއްވެސް ސިފައިންނެއްވެސް މަސައްކަތެއް ނުކުރޭ ރަށް ރަށުގެ ޒުވާނުން ގެ ހިތްތަކުގައި ބިރުވެރިކަންއުފައްދާ އިސްލާމީވަހުދަތު ނަގާލާ އިސްލާމީ ފިކުރު ފުނޑާލަން ކުރެވޭ މަސައްކަތައް ދިވެހިން ނޫނެކޭ ބުނޭ އިލްމުވެރިންނާ މުދައްރިސުން ހޭލާ އަދި ދިވެހިން ހޭލައްވާ މީކޮންމެ ދިވެހި ދަރިއެއްގެ ވާޖިބެއް މިނިވަންކަމުގެ ދީނަށް ފުރައްސާރަ ކުރިޔަ ނުދެއްވާ

  12. Anonymous

    ފުރަތަމަ ކަލޭމެން ކަލޭމެން ގެ ދީން ދަސްކޮއްބަލަ. ޥާނުވާގަ ތިބެގެން އާރޓިކަލްސް ލިޔުމުގެ ބަދަލުގައި. ހަގީގަތުގައިވެސް ވާނުވާގަ

    10
    1
  13. ޒ

    އެހެންވީމާ އަންނި މިކިޔާ އެއްޗެހީގައި ކޮންމެވެސް ކަހަލަ ބަރުދަނެއްވެސް އެބަހުރިދޯ!

    2
    10
  14. Anonymous

    ދަރީންނާއި އަނބީން ހިލޭ ފިރިހެނުންނައް ނީލަން ކިޔައި އާމްދަނީ ހޯދަން ވިއްކާ އިރު އެކަންކަން އެއީ ހައްދު ފަހަނަ އެޅުން ކަމުގައި ނުވާއިރު ދީނައް އުޅޭމީހުނައް ފުރައްސާރަ ކުރާއިރު ލަދުހަޔާތް ކޮބައިތޯ. ނަމާދް ނުކޮއް ދީނުގައި އެންގެވި އެއްވެސް ކަމެއް ނުކޮއް ހަވާ ނަފްސައް ތަބާވެ އުޅުމަކީ ހައްދު ފަހަނަ އެޅުމަކީ.

  15. ޣ

    މިދުވަސްކޮޅާއި ދިމާކޮށް ތިގަންނަނީ ހަމަސިޔާސީ ކުޅިގަޑެއް.ލާދީނީ މީހުންގެ ވާހަކަ އޮއްބާލާ މީހުންގެ ނަޒަރު ޓްވިސްޓް ކޮއްލަން. ކައުންސިލް ތަކުގެ ވޯޓު މަޅިފަތީގައި ޖައްސަން.ތިޔަހައްދު ފަހަނައެޅުން ހުރިހާ ހިސާބެއްގައި އެބައޮތް، ކޮންކަމެއްތޯ ތިޔައުޅޭ ޝޭޚުން މިކުރަނީ.ދީން އޮޅުންފިލުވައިދިނުން ކޮބައިތޯ.އެވެރިންތިބެނީ ކޮންމެވެސް ސިޔާސީ މީހެއްގެ އަންބޮޑީގައި.ނަމާދުގައި ކިޔާ އެއްޗެހި އެގެނީ ކިތަށް ޒުވާނުންނަށްބާ.ގުރުއާންކިޔަވަން އެގޭބާ! މަންހަޖުގައި ލިޔުނަސް އެމަންހަޖު ފުރިހަމަކުރޭތަ!

  16. މުފައްކިރު

    އިވޭ އެއް އަޑަކީ އިސްލާމް ދީނަށް ފު ރައްސާ ރަ ކޮށް ރިޕޯ ރޓެއް ނެ ރުނު ވާހަކަ. އެ ރިޕޯޓާ ގުޅިގެން އިލްމުވެ ރިންގެ ކަން ބޮޑުވުން އައި މިންވަ ރު. ރިޕޯޓް ނެ ރުނީ މުސްލިމް ގައުމެއްގެ މުސްލިމް ރައްޔަތުން. އެ ރިޕޯޓާ ދެކޮޅަށް ނިކުތީ މުސްލިމުން. އެކަމަކު އަދި މިވީތަނުން ރިޕޯ ރޓް ނެ ރުނު މީހުނަށް ފިޔަވަޅެއް ނޭޅޭ. ދެން އިވެން ފެށީ ހަ ރުކަށި ފިކު ރުގެ މީހުންގެ ކިބައިން ގައުމު ސަލާމަތް ކު ރުމަށް ސަލާމަތީ ބާ ރުތަކުން ގައުމަށްޓަކާ އިޚުލާސްތެ ރި މަސައްކަތް ތަކެއް ފެށި ވާހަކަ. ދުނިޔެ އަށް ހަ ރުކަށި ފިކު ރުގެ ސަބަބުން ލިބެމުންދާ ގެއްލުމާ މައުސޫމު ފު ރާނަތައް ނެތި ގޮސް ގައުމު އަދި ޢާއިލާ ތައް ބިކަ ހާލުގަ ޖެހެމުންދާ މިންވަ ރަށް ބަލާ އި ރު މިއީ ކިތައްމެހާ ވެސް ރަގަޅު ކަމެއް. އެކަމަކު ކަމެއް ގަބޫލް ވުމުގަ ހަމަހަމަ ވާންޖެހޭ ނޫންތޯ؟

  17. މަކިނބޫ އެޓް ދުބާއީ

    މި އާޓިކަލްއަށް މަދޭނީ 'ސުމެއް'

  18. ޟަލޫ

    ކެނެރީގެ ގެރި ގުއި ނަޟީދު އަކީ ޓެރޮރިސްޓެއް އަދި އެކުސްޓުރީމިސްޓެއް ހިފާ ހައްޔަރު ކުރޭ... މީނަޔަކީ މުޅި ދިވެހިގައުމުގަ ހުޅުޖަހާ އަންދާލާފަ ހުރި މޮޔައެއް... މިހާރުވެސް އޮންނާނެ ބޮއެގެން ވާނުވާގަ

  19. ޝޮޓްގަން

    ލާދީނީ ފިކުރަށް ހަނުތިބެގެން ހައްލެއް އެބައޮތްތަ؟

  20. އެމްޑީޕީ މެމްބަރ

    ލާދީނީން ތައް ވެސް ހައްޔަރު ކޮށްބަލަ!!!! ... މި ސަރުކާރުން އަބަދު އުޅޭނީ ފޭކް ޕޮރޮޕެގެންޑާގަ... މި ސަރުކާރަށް ހީވާ ކަހަލަ ވޯޓް ދިނީ ގޭސް އަބުރާށޭ!!!! ދެރަ ވެއްޖެ ކަމެއް!!! ޕާޓޭންނާހުރެ މަގުމައްޗަށް ނިކުނެވެނީ އެއް ނޫން އެކަމަކު މިސަރުކާރުން ޕޮރޮޕެގެންޑާ ހިންގުމުގަ..