ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވައިލި ހިޔާ މަޝްރޫއުގެ ދަށުން 9517 މީހަކަށް ފްލެޓް ލިބޭނެ ކަމުގެ ލިސްޓް އާއްމުކުރި ކަމަށާއި އެކަމަކު އޭގެ ތެރޭގައި 2500 ފްލެޓު ވުޖޫދުގައި ވެސް ނެތް ކަމަށް ފްލެޓް ކޮމިޓީން އިއްޔެ ބުނުމާއި އެކު އަނެއްކާވެސް އެތައް ބަޔަކަށް މިވަނީ ނާއުއްމީދާއި ކުރިމަތިލާން ޖެހިފައެވެ. އަދި ފްލެޓް ކޮމެޓީން ދެއްކީ ހަމަ ހަޤީޤަތުގައި ވެސް ތެދު ވާހަކައެއްތޯ އެތައް ބަޔަކު އަންނަނީ ސުވާލު ވެސް އުފައްދަމުންނެވެ.
ފްލެޓް ކޮމެޓީން ދެއްކި ވާހަކައާއި ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދާ ސަބަބަކީ "ހިޔާ މަޝްރޫއު" އާއި ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ލިބޭ ކޮންމެ ފުރުސަތެއްގައި އިތުރުފުޅު ހައްދަވައި، މައުލޫމާތު އޮޅުވާލާފައި ވާތީއެވެ. އެހެންކަމުން ފްލެޓް ކޮމެޓީގެ ވާހަކަތަކަށް އިތުބާރު ކުރަން ވެސް ވަނީ ދަތިވެފައެވެ.
އިއްޔެ 2500 ފްލެޓް ވުޖޫދުގައި ވެސް ނެތް ކަމަށް ބުނެ ފްލެޓް ކޮމެޓީން ދެއްކި ވާހަކައަކީ ވެސް އެއްވެސް ހަޤީޤަތެއް ނެތް، ތާކުންތާކު ނުޖެހޭ ވާހަކައެކެވެ.
ހިޔާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ފުރަތަމަ އިމާރާތް ކުރަން ފެށީ 7000 ފްލެޓްގެ ޓަވަރުތަކެކެވެ. އެ ޔުނިޓްތަކުގެ އިތުރުން ދެކޮޓަރީގެ 2500 ފްލެޓާއި އެއް ކޮޓަރީގެ 1621 ފްލެޓް ހިމެނެއެވެ. މިހުރިހާ ފްލެޓްތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކުންފުނިތަކާއެކު އިމާރާތްކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށް އިމާރާތްކުރަން ހަވާލުކޮށްފައި ހުރި ތަންތަނަވެ. މިހުރިހާ ޔުނިޓްތަކަކަށް ފްލެޓް ލިބޭނެކަމުގެ ލިޔުން ހައުސިންގ މިނިސްޓްރީން ވަނީ ގެޒެޓްކޮށްފައެވެ.
އެއް ކޮޓަރީގެ ފްލެޓްތައް އިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ ސަރުކާރު ކުންފުނިތަކާއެވެ. މީގެ ތެރެއިން ބައެއް އިމާރާތްތަކުގެ ސްޓްރަކްޗަރ ނިމިފައިވަނިކޮށް މިދިޔަ ހަފްތާގައި ހައުސިންގ މިނިސްޓަރު އަސްލަމް ވަނީ އެއް ކޮޓަރީގެ ފްލެޓްތައް ވުޖޫދުގައި ނެތްކަމަށް ވިދާޅުވެފައެވެ.
އެހެންނަމަވެސް ހަމަ އެދުވަހު އިމާރާތް ހުރި ތަނަށް ފްލެޓް ލިބުނުކަމަށް ނަންލިސްޓުގައި ހުރި މީހުން ޒިޔާރާތްކޮށް ފޮޓޯތަށް ހިއްސާކުރުމާއެކު ފަހުން ސަރުކާރުންވަނީ މި ފްލެޓްތަށް ހުރިކަމަށް އެއްބަސްވެފައެވެ. އެއް ކޮޓަރީގެ ފްލެޓްތައް ފެނުނު އިރު އިތުރު 2500 ފްލެޓް މިވަނީ އަނެއްކާވެސް ވުޖޫދުން ގެއްލިފައެވެ.
ހަޤީޤަތަކީ ކޮބާ؟
2500 ފްލެޓްގެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހަވާލު ކުރީ ޗައިނާގެ ސައިނޯހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާއެވެ. މިމަސައްކަތުގެ އީ.އައި.އޭ ރިޕޯޓުވެސް ނިންމާ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީއިން ވަނީ ޝާއިރުކޮށްފައެވެ. އެހެންނަމަވެސް މިސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު 2500 ފްލެޓްގެ ޑިޒައިނާއި ސްކޯޕަށް 2019 ވަނަ އަހަރުވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ.
މިދިޔަ މަހާއި ހަމައަށް ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އާމިނަތު އާތިފާ 2019 މާރިޗު 05 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމުން މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވި ގޮތުގައި މަސައްކަތް ނުފަށާހުރި 2500 ފުލެޓަށް ސަރުކާރުން ބަދަލު ގެންނަން ވަނީ ނިންމާފައެވެ. އެއީ އެތަންތަން ޖާގައިގެ ގޮތުން ކުޑަވުމުން ކަމަށާއި އަދި ސަރުކާރުން މިބަދަލު ގެންނަނީ ބޯހިޔާވަހިކަމަކީ ދިރިއުޅުމަށް އެކަށީގެންވާ ތަންތަނަށް ހެދުމަށްޓަކައި ކަމަށް ވެސް ވިދާޅުވިއެވެ.
އަދި ސަރުކާރުން ނިންމާފައިވަނީ 2500 ފްލެޓްގެ ޑިޒައިން ދެކޮޓަރީގެ ގޮތުގައި ބެހެއްޓުމުގެ ބަދަލުގައި ތިން ކޮޓަރީގެ ފްލެޓްތަކަކަށް ބަދަލުކުރުމަށް ކަމަށް ވެސް ވިދާޅުވިއެވެ. ފްލެޓްތަކުގެ އަދަދު މަދުވިނަމަވެސް ސަރުކާރުން އިތުރު ފްލެޓް އިމާރާތްކޮށް ފްލެޓްތައް ކަށަވަރު ވެފައިވާ ފަރާތްތަކަށް ފްލެޓްތައް ދޭނެ ކަމުގެ ޔަގީންކަން އެދުވަހު އާތިފާ ދެއްވެވިއެވެ.
ނަމަވެސް އޭގެ ފަހުން 2500 ޔުނިޓުގެ މަސައްކަތް ކުރިއަށްދާގޮތާ ގުޅޭގޮތުން ސަރުކާރުން ފަހުން އިތުރު މަޢުލޫމާތެއް ހާމައެއް ނުކުރެއެވެ.
ހަޤީޤަތަކީ 2500 ފްލެޓްގެ ދެ ކޮޓަރި އެޕާޓްމަންޓްތައް ތިން ކޮޓަރި އެޕާޓްމަންޓްތަކަށް ބަދަލުކުރުމުން އެޕާޓްމަންޓްގެ ޢަދަދު ވަނީ 1700 އަށް މަދުވެފައެވެ. އަދި ސަރުކާރުން މިހާރު އެ ފްލެޓްތަކުގެ ސްކޯޕް ބަދަލުކޮށްފައިވަނީ މާލޭ ރަށްވެހީންނަށް ދޭގޮތަށެވެ.
ހައުސިންގ މިނިސްޓްރީއިން 2018 ވަނަ އަހަރު ގެޒެޓުކުރި ލިސްޓުގައި 2500 ޔުނިޓް ދިނުމަށް ހަމަޖައްސާފައިވަނީ 4 ކެޓަގަރީއަކުން 2500 ފަރާތަަކަށެވެ. އެއީ H7 (އަށާރަ އަހަރާއި ސާޅީސް އަހަރާއި ދެމެދު ކައިވެނި ކޮށްގެން އުޅޭ ފަރާތްތަކަށް ޚާއްޞަ) ކެޓަގަރީގެ ލިސްޓު-2 އިން 500، H8 (މާލޭ ރަށްވެހީންނަށް ޚާއްޞަ) ކެޓަގަރީގެ ލިސްޓު-2 އިން 1000، H9 (މާލޭ މުނިސިޕަލިޓީގެ ދަފްތަރުގައިވާ ފަރާތްތަކަށް ޚާއްޞަ) ކެޓަގަރީގެ ލިސްޓު-2 އިން 500 އަދި H10 (ނުކުޅެދުންތެރިކަން ހުން ފަރާތްތަކާއި ޢާއިލާތަކަށް ޚާއްޞަ) ކެޓަގަރީގެ ލިސްޓު-2 އިން 500 މީހުންނަށެވެ.
މިއަހަރުގެ މާރިޗު މަހުގެ 10 ވަނަ ދުވަހު ހުޅުމާލޭގައި އިމާރާތްކުރާ 1700 ހައުސިންގ ޔުނިޓްގެ ބިންގާއެޅުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ. މިއީ ކުރީގެ 2500 ޔުނިޓުގެ ގޮތުގައި ހިޔާ މަޝްރޫއުގެ ދަށުން އިމާރާތްކުރަން ޗައިނާގެ ސައިނޯހައިޑްރޯ ގްލޯބަލް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށް އެމް.އޯ.ޔޫގައި ސޮއިކޮށްފައިވާ ހައުސިން ޔުނިޓުތަކެވެ. ޔުނިޓުގެ ޢަދަދު 2500 އިން 1700 އަށް މަދުވެފައިވަނީ ޑިޒައިނަށް ގެނައި ބަދަލާއި ގުޅިގެން ދެކޮޓަރީގެ ބަދަލުގައި ތިންކޮޓަރިއަށް ބަދަލުކުރުމުންނެވެ. އެހެންނަމަވެސް މިސަރުކާރުން މި މަޝްރޫއުގެ ބިންގާ އަޅާފައިވަނީ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ދަށުން މިސަރުކާރުން އަލަށްފެށި ޕްރޮޖެކްޓެއްގެ ނަމުގައެވެ. އަދި މި ފްލެޓްތަށް ހާއްސަކުރާނީ މާލޭ ރަށްވެހީންނަށްކަމަށް ބުނެފައިވެއެވެ.
އެހެންކަމުން ލިބިފައި ހުރި މައުލޫމާތައް ބަލާއިރު ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ހުރިހާ ކަމެއް ހަމަޖައްސާފައި އޮތް 2500 ފްލެޓް ވުޖޫދުން ގެއްލުނީކީ ނޫނެވެ. ސަރުކާރުން ގަސްދުގައި އެފްލެޓްތައް ވުޖޫދުން ގެއްލުވާލީއެވެ. އަދި ހުރިހާ ކަމެއް ހަމަޖެހިފައި ހުރި ފްލެޓްތައް ވަކި ބަޔަކަށް ދިނުމަށްޓަކައި ފްލެޓްތައް މިހާރު ލިބިފައިވާ ހުރިހާ އެންމެންގެ އަތުން ފްލެޓްތައް "އަތުލާން" ނިންމީއެވެ.
ބޯހިޔަވަހިކަމުގެ މައްސަލަ އަކީ މާލޭގައި އެންމެ ބޮޑުވެފައި އޮތް މައްސަލައެވެ. އެހެންނަމަވެސް އެއްވެސް ވަރަކަށް މައްސަލައިގެ ސީރިއަސް ކަމާއި މެދު ވިސްނާލުމެއް ނެތި، ދޯހަޅި ވާހަކަތަކެއް ސަރުކާރުން ދައްކާ އެތައް ބައެއްގެ ޙައްޤުތަކަށް ފައިން އަރަމުން ގެންދިއުމަކީ އަދި މާސިރިއަސް މައްސަލައެކެވެ. ޒިންމާދާރު މަގާމުތަކުުގައި ތިއްބެވި ބޭފުޅުން ޒިންމާދާރު ވާހަކަފުޅުތަކެއް ނުދައްކަވާ، ހަޤީޤަތާއި ހިލާފު ވާހަކަތައް ދައްކާ އޮޅުވާލުންތައް އޮޅުވާލަމުން ދިއުމަކީ އަދި މާބޮޑު މައްސަލައެކެވެ.
ތި ގެއްލުވާލީ އަހަރުމެންގެ ހައްޤު . ތީގެ ބަދަލު ސަޮލިހު ދޭންޖެހޭނެ
ސާބަހޭ މަކަރު ސަރުކާރު. އޮޅުވާލިޔަސް ބޮޑުވަރުތީ. ކަމެއްކޮށް ނުދެވޭ ތާނގައި ޔާމީނު ކޮށްފައިވާ މަސައްކަތުން ވައްކަންކުރާނީ. މިސަރުކާރަށް ކުރެވޭނެކަމަކީ ދައުލަތުގެ ފައިސާ ބޮޑުންނަަށް ބަހާލައި ދައުލަތް ހުސްކުރުން. އެކަންއެބަކުރޭ ފިސާރި ރަނގަޅަށް. ތަރައޤީއެއް ނުކުރެވޭނެ.
އަަސްލަމް ތީ 2008 ގައިވެސް ހައުސިންގ މިނިސްޓްރީ ފުނޑާލަމީހާ ، މާލޭގައި ކުދިތަންކޮޅުހުރިމީހުންނަށް ހުޅުމާލެއިން ފްރީކޮށް ބިންދިފަ ، މިއަދު އެމީހުން މާލޭގެ ތަންވެސް އެމީހުންނަށް ހުޅުމާލެއިން ބިންވެސް ހިލޭ ، ނިކަމެތިން ނިކަމެތި ، ކެރެންޏާ މިކަން ބަލާބަލަ ، ވަގުތުންވެސް މިކަހަލަ ރިޕޯޓެއް ހަދާލަން ނުކެރޭ
އަދިވެސް މި ސަދޫމީ ސަރުކާރު ވައްޓާލަން ނުވޭތޯ. ޔާމީނު ވަގޭ ކިޔާއިރު ހަގީގީ ވަގުންނަކީ އިބޫއާއި އަންނިއާއި އެމްޑީޕީ ވެރިން. ހަގީގީ ފްލެޓް ވަގަކީވެސް މިބައިގަނޑު. ހާއްސަކޮށް ހައުސިންގް މިނިސްޓަރ. އިބޫ އަކީ އެމްޑީޕީގެ ގަމާރު ރައްޔިތުންނަށް ހެޔޮލަފާ މީހެއްކަމަށް ހެދިގެން އުޅުނަސް ދައްޖާލެއް. ފްލެޓްތައް ދެއްކުމުގެ ޖަލްސާގައި ހެދީ ހުސްދޮގު. ގަސްތުގައި ފްލެޓްތަކުގެ އަގު ބޮޑުކުރީ. ގަސްތުގައި ފިނިޝިން ނެހެދީ. ގަސްތުގައި ފްލެޓްތަކުގެ ގްރައުންޑް ފްލޯ ތަޅާލާ ފިހާރަތައް އެޅީ. މިހުރިހާ ކަންކަމުގެ ސަބަބުން ފްލެޓްތައް އަގުބޮޑުވެފައި ފްލެޓް ދެވޭ މީހުން މަދުވީ. ދުވަހަކަށް ފަހު ދުވަހެއް އިގްތިސޯދުވެސް ދަނީ ދަށަށް. މިދިޔައަހަރު ބަޖެޓް ހުސްވެގެން އުޅުނު ކަންވެސް މިހާރު ރައްޔިތުން ހަދާނެއްނެތް. ސަރުކާރު ވައްޓާ ނުލަންޏާ މުސްތަގުބަލުގެ ޖީލްތައް އުޅެން ޖެހޭނީ ނިކަމެތީންގެ ގޮތުގައި.
މިހާރު އެއުޅެނީ ޕާޓީކުދީންނަ ބަހާލަން ލިބިފަތިބިމީން ބާކީކުރަމުން..ތިތަން ލިބިފަތިބި މީހުން އަތުންނަގާފަ އާމީހުންނަދިނުމަކީ ވިސްނާތި.....
ތީވަރަށް ބޮޱުތެދެއް މުޅިންވެސް ހެދެނީހަދަނީ ދޮގު
މިހުރީއޭ މިވަގުވޯޓް ސަރުކާރުން ކޮށްލާ ވައްކަން..ދޮގާ މަކަރާ ހީލަތް މިހަދަނީ އެއްވެސް ބިރެއްނެތި..ޔާﷲ މިބަލާވެރިކަން ފަނާކުރައްވާންދޭވެ!
2500 ފްލެޓް ގެ ލިޔުން ލިބުނު މީހުނައް ވެސް އެނގޭނެ އެެއީ ފްލެޓް އަޅަން ހަވާލު ކޮއްގެން ނޫނީ 7000 ފްލެޓް ތެރެއިން ދިން ލިޔުމެއް ނޫންކަން، ފްލެޓް ކޮންމެސް ދުވަހަކުން އަޅާނެތީ ދިން ލިޔުމެއް، މިއީ ހަގީގަތް، ފްލެޓް ލިޔުމާ ވެށިފަހި ލިޔުމަކީ މުޅިން ތަފާތު ދެ ކަމެއް،
ފުލެޓް ކަންތައް ބަލަންވެސްމިތިބެނީ ދެބޯގެރިދުއްވާމީހުންދޯ. ތިހަދާދޮގުތައް ފަޅާއަރަމުންދާއިރު ނަތީޖާކަލޭމެންނަށް ފެންނަދުވަސް އަންނާނެ. އަބަދަކު ދޮގުން ނުހިފެހެއްޓޭނެ.
ހައްގުވެރިން އަތުން ފޭރިގަނެ ތިންރޫމް ތަންތަނަށް ހަދާދީފަ މާލޭގަތިބި ޕާޓީ ކުދިންނަށް، ޔާﷲ މި އަނިޔާވެރި ސަރު ކާރުގެ ނުބައި ކަމުން ދިވެހި ރައްޔިތުން ރައް ކާތެރި ކުރައްވާ، ފުލެޓް ތަ ކުގެ ހައްގުވެރިންނަށް އެ ހައްގު ލިބޭނެމަގު ތަނަވަސް ކޮށްދެެއްވާ މަ ކަރުވެރިންގެ ނުބައި ކަން ބޭޒާރު ކުރައްވާށި.
މި ތެދަކަށް ވަނީނަމަ ތި އަަރައިގަނެވުނީ ނިކަމެތި ޚާއްޞަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ޚައްގަކަށް
ޝޯޝަލް ހައުސިން ޔުނިޓްގެ މާނަ އިނގޭތޯ؟..ބަލަ އެއީ ބޮޑު ކުއްޔައްދޭ ލަގްޒަރީ އެޕާޓްމެންޓެއް ނޫނޭ..ނިކަން ދޭބަލަ ރާއްޖެއިން ބޭރުގައި އަޅާފައި ހުންނަ ޝޯޝަލް ހައުސިން ޔުނިޓްތައް ފުރަތަމަ ބަލާލަން. މީދެން އަރަތެއް ކަހަލަ ކަމެއް.މިމީހުންނައް ކިޔޭހާވެސް އެއްޗަކީ މިދިޔަ ސަރުކާރު އެވެނި ކަމެއް ކުރީ މިވެނި ގޮތަކަށޭ..މިނޫން ކަމެއް ނުކުރެވޭ..ކަމެއްނުވާތާ އަދިވެސް އޮޅުވާލައިގެން މި ބަލަނނީ ރައްޔިތުން ބޯކާލެވޭތޯ..ކިތައް މީހުންގެ ހައްޤުތިޔަ ގެއްލުވާލީ..
ތިތަން ކަމުނުދޭ ކިޔާފައި ނުދޭން ބަހަނާ ނުދައްކަ ދިނީމަ ނިމުނީނު.ތިތަން ބޭނުންވެފަ އެބަތިބި ކިތައްމެ ބަޔަކު.ދެން މިސަރުކާރުން އަމިއްލަޔައް އަޅާބަލަ ރައްޔިތުންނައް ޓަކައި ހެޔޮފުޅުކޮށް ލަގްޒަރީ އެޕާޓްމެންޓް.
ބަޔަކު ކޮއްފަ އޮތްކަމެއް ނިންމާލަން ނޭންގޭ ބަޔަކަށް ދައުރު ނިމޭއިރުވެސް އަލުން ތަނެއް އަޅައި ނިނަމާލެވޭނެބާ؟
ވަގުވޯޓްސަރުކާރައް އަދިވެސް ވޯޓްދޭތި މިހާރުހުންނާނީ ރަނގަޅައް ރާކަނިމަސް ކެވިފަ ކަރުބުޑުގައޮއްވާ ޖަހައިގަނެގެން އެގެންދަނީ އެންމެބާރަައް ކާޅައްގޮވިމީހުން މހާރުކާޅުތަކައްވެނިމުނީ އަދިވެސްތިބޭ
މިސަރުކާރުން އުޅެނީ ކުރީ ސަރުކާރުން ހަދާފަ ހުރި ފުލެޓްތައް ޕާޓީކުދިންނަށް ބަހާލަން ހެން ހީވަނީ މިމީހުން އަމިއްލައަށް އެއްވެސް ކަމެއް ނުކުރެވޭނެތީ، އަދި ހުޅުމާލެ ދެވަނަ ފިޔަވަހިން ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން މާލެއިން ކުޑަކުޑަ ތަންކޮޅެއް ދޫކޮށްލީމަ ހިލޭ 1200 އަކަފޫޓުގެ ބިމެއް ދޭންއުޅޭ އުޅުމަކީ ކޮރަޕްޝަނުގެ ބޮޑުޢަމަލެއް މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކިބަޔަކަށް މަންފާއެއް ހޯދާދިނުމަށް ކުރެވޭ ކަމެއް، މިކަން ހުއްޓުވަން ރައްޔިތުން އަޑުއުފުލަން ޖެހޭ ހުޅުމާލެ ބިމަކީ ރައްޔިތުންގެ ފައިސާ ޚަރަދު ކޮށްގެން ރައްޔިތުން ދަރައިގެން ލޯނު ނަގައިގެން ހިއްކާފައި އޮތް ބިމެއް އެއީ ދައުލަތުގެ ބިމެއްނޫން އެތަން ވަކިބަޔަކަށް ހިލޭ ބަހާ ހުސްކުރެވިގެން ނުވާނެ! އެއީ އެމް.ޑީ.ޕީ ކެްޕޭނަށް ބަހާ ތަނަކަށް ވެގެން ނުވާނެ އެކަމަކީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުއްޓުވަން ޖެހޭކަމެއް، ބޮޑު ޖަރީމާއެއް، ވައްކަމެއް، އެތަން ދޭންވާނީ ފްލެޓް އަޅައިގެން ވަކިއުޞޫލަކުން މާލޭ މީހުން ވިޔަފާރި ކުރަން ހިލޭ ދެވޭ ބިމަކަށް ވެހެން ނުވާނެ އެއީ ހުރިހާ ރައްޔިތުންގެ ޙައްޤެއް މީ ރައްޔިތުން ވިސްނަންޖެހޭ ކަމެކެވެ. ރައްޔިތުންނޭ މިކަމަށް ހޭލާތިބެ މިކަން ހުއްޓުވަން ނިކުންނަން ޖެހޭނެ.
ވަރަށް ނުރައްކާތެރި ޙީލަތްތެރި ކަންތައްތަކެއް މިސަރުކާރުން ރައްޔިތުންނަށް ދަސްކޮށްދެމުންތިދަނީ! ތިގޮތަށް ސަރުކާރެއްގެ ލިޔެކިޔުންތައް ގެއްލޭގޮތް އެހެންމީހުންވެސް ދަސްކުރާނެ އަދި ތިޔައްވުރެ ބޮޑު ޖަރީމާ ދެންވެރިކަމަށް އަރާބަޔަކު ހިންގާނީ ލިޔެކިޔުންތައް ގެއްލުވާލައިގެން. ޢެގޮތުން ހިންގިދާނެ ޖަރީމާ އަދަދުނުކުރެވޭނެ!
1. ބައިތުލްމާލުގައި ހުރި ފައިސާ އަދަދުއިނގޭނެ އެއްވެސްލިޔެކިއުމެއްނެތުމުން ގައުމުދިރުވަަލަން ލިބުން.
2- ޖަލުގައި ހުރި މީހަކު އެއީ ކުއްވެރިއެއްކަަށް އިނގޭ ލިޔުމެއްނެތުމުން އެމީހަކު މިނިވަންކުރުން.
3. ބެންކްގެ ހުރިހާ ލިޔެކިޔުންތައް ގެއްލުން
4- ކުރިން ރައީސްކަންކުރިމީހުން އެކަންކުރިކަން އެނގޭނެ އެއްވެސްލިޔުމެއް ނެތުން
5. ގާޒީންނާއި ހުކުންކުރާމީހުން އެވަޒީފާގައި ތިބިބައެއްކަން އިނގޭނެއެއްވެސް ލިޔެކިޔުމެއްނެތުމުން އެމީހުން ބޭރުކުރުން.
6. ސަރުކާރުން ނިންމާފައިހުރި ކަންކަމާގުޅޭ އެއްވެސްލިޔުމެއް ނެތުމުން އެހުރިހާކަމެއް ހިތުހުރިގޮތަކަށް އަނބުރާލުން.
7..
8
..
.
10000.
ލިޔެކިޔުން ތިޔަހެން ގެއްލޭކަމަށްވަންޏާ ގައުމު ވެސް ގެއްލިދާން. ޢަހަރެމެންނަށް ތިކަން އެމްޑީޕީ ތިކުރާ ލެވެލްއަަށްވުރެ ދިހަގުނަ އިތުރަށް ކުރަންވެސް އިނގޭނެ!!
ހުސް ވަގުން. ޔާމީން ދައުރުގަވެސް ހުސް ވަގުން. މި ދައުރުގައިވެސް ހުސް ވަގުން. ރައްޔިތުން ގުނބޯ ހެދިފަ އެއްބަޔަކު އަނެއްބަޔަކު ބޮލުގަ އަޅުވައަޅުވަ ތިބޭ. 15 ވަރަކައް އަހަރު މިވަނީ ސަރުތު ފުރިހަމަވެ ތިތަނުން ފުލެޓެއް ނުލިބި ކުއްޔައް އުޅޭތާ.
އެހެންވީމާ މީގެފަހުން ރައީސް ސޯލިހުގެ ނަމަކީ ފުލެޓްވަގު. އެންމެންވެސް މިގޮތަށްކިޔާ.
ޥެރިކަން ބަދަލުވި އިރު ފްލެޓް 2500 ހުރީ ފައުންޑޭސަން ނިންމާފަ .މިސަރުކާރުން މަސައްކަތް ހުެްޓުވާނުލިނަމަ މިހާރު 2500 ވެސް ހުރީހީ ނިމިފަ.ޢެމަސައްކަތް ކުރި ޗައިނާ ކުންފުނި ބޭރުކޮށްލީ މިހާރު 1700 އަށާހަދާ މިމީހުން ކުރާކަމަކަށް ލޭބަލްކުރީ ހަގީގަތަކީ ޔާމީން ލޯނު ހޯދާއިގެންފެށި 2500 އެމީހުންގެ ރައްޓެހިންނަށް ދިނުމަށް 1700 ޢަށް ހަދާ އެފައިސާއިން އެހެން ބަޔަކު ލައްވާ މިކުރުވަނީ
ދޮގުހަދާލައޭދޯ!!!!!!!!!!!!!
ފުލެޓް ފުލެޓް ފުލެޓް ފުލެޓް ފުލެޓް އެކަމަކު ފުލެޓް ދޮނބެޔޯ ރައްޔިތުންނަށް ކޮންޖެއްސުމެއް މިކުރަނީ
ފުލެޓް ފުލެޓް ފުލެޓް ފުލެޓް އެޓާކުދޮރެއްނުހުންނާނެ އެތާކު ތަޅުމެއް ނުހުންނާނެއެވެ އެތާކު ފުރާޅެއްނުހުނާނެ އެތާކު ދޮރެއްނުހުނާނެ ކޮތަރުވެސް އުޅެން ކަމުދާތަނެއް