(ހދ. ކުޅުދުއްފުށި) މިއީ އުފެއްދުންތެރި ރައްޔިތުންތަކެއް ދިރިއުޅޭ ފަސްގަނޑެކެވެ. ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް މި ފަހަރު އުތުރުގެ އެ ސިޓީގައި ބޭއްވި އިރު، އެ ކަން ވަރަށް ރަނގަޅަށް ފެނިގެން ދިޔައެވެ. ތްރިލެތަންއާއި، ތަފާތު ކުޅިވަރުތަކާއި، މޮޓޯ ސައިކަލާއި ކާރު ރޭސްތަކާއި، ފުޓުބޯޅައި "ވައިކިން ކްލެޕް" ގެ ފޯރި އޮތެވެ. މިއުޒިކީ ޝޯއިން ހަރަކާތްތައް ރޭގައި ނިންމާލިއިރު، ގިނަ ބައެއްގެ ކަޅި ގޮސް ހުއްޓުނީ ގޮނޑުދޮށަށެވެ.
ގޮނޑުދޮށުގައި އަލިގަދަކޮށްލާފައި އޮތް ރާޅު ގުޑިތަކަށެވެ. މިއުޒިކީ ޝޯގައި ފަންނާނުން ކުޅެމުންދިޔަ މިއުޒިކާއި ކިޔަމުން ދިޔަ ލަވަތަކުގެ މަންޒަރުތައް، އެ ސަރަހައްދަށް ޖަމާވެ ތިބި ގިނަ ބަޔެއްގެ ފޯނަށް ރައްކާ ކުރަމުން ދިޔައިރު، މި ގުޑިތަކުގެ މަންޒަރުތައް ވެސް ދިޔައީ ރައްކާ ކުރަމުންނެވެ. ޝޯ ބަލަން ވަޑައިގެން ތިއްބެވި ސަރުކާރުގެ ވަފުދުގެ ބޭފުޅުންގެ ފޯނުން ވެސް އޭގެ މަންޒަރުތައް ނަންގަވަމުން ގެންދެވިއެވެ.
މިއުޒިކީ ޝޯގެ ތެރެއިން މި ރާޅު ގުޑިތައް އަރުވަމުން ދިޔަ ހުނަރުވެރިންނަށް އުފާވެރި މެސެޖެއް ވެސް ރައްދު ކޮށްދިނެވެ. އެއީ ޔޫތު މިނިސްޓްރީގެ ފަރާތުން އެ ހަރަކާތްތައް ހިންގަމުން ގެންދާ ހުނަރުވެރިންނަށް "ކައިޓް އިކުއިޕްމަންޓް" ހަދިޔާ ކޮށްދިން ކަމުގެ ޚަބަރެވެ.
އޭގެ ފަހުން، މާ އިރުތަކެއް ނުވިއެވެ. ދުރުގައި ތިބެގެން ހަމައެކަނި ފޯނަށް މަންޒަރު ރައްކާ ކޮށްގެން ތިބެވޭ ވަރެއް ނުވިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހްގެ ދަތުރުފުޅުގެ އެޖެންޑާގައި ވެސް އެ ދުވަހުގެ ރޭ ބޭއްވި ޖަލްސާގެ ފަހުން އޮތީ ޝޯ ބައްލަވައިލެއްވުމެވެ. އެކަމަކު އެ ތަފާތު ހުނަރު ފެނި، އެމަނިކުފާނުގެ ވަފުދާއެކު ތެދުވަވަޑައިގެން ގުޑި އަރުވަމުން ދިޔަ މީހުނާ ބައްދަލުކުރައްވަން ވަޑައިގަތެވެ.
އެ ގުޑިތައް އުދުއްސަމުން ދިޔަ ކޮންމެ މީހަކާ ރައީސް ބައްދަލު ކުރެއްވިއެވެ. އެއިން އެކަކު ކައިރިން އެއްސެވިއެވެ. އެއީ ކިހިނެއް އުފެދިގެން އައި ޚިޔާލެއްތޯއެވެ. ގުޑި އުދުއްސަން ހުރި މީހާ ބުނި ގޮތުގައި، އަބަދުވެސް ކުޅުދުއްފުށީގައި ރޭގަނޑުގެ ޝޯތައް ހުށަހަޅާއިރު، މިފަދަ ހުށަހެޅުންތައް ގެނެސްދެއެވެ. އަނދިރީގައި އަލި ދިއްލާފައި މިފަދަ ތަފާތު އެއްޗެހި ހުށަހެޅުމުން ބަލާލަން ނުހަނު ހިތްގައިމު ކަމުންނެވެ.
އޭރު ރައީސްގެ އަރިހުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފް ވެސް ވާހަކަ ދެއްކެވިއެވެ. އޭނާ ވިދާޅުވި ގޮތުން، ކުޅުދުއްފުށި ސްކޫލްތަކުގައި ވެސް މިފަދަ ހުނަރުތައް ދަސްކުރަން ބޭނުންވާ ކުދިން ވަރަށް ގިނައެވެ. ކައިޓް އިކުއިޕްމަންޓްތައް، މި ހަރަކާތްތައް ހިންގާ ފަރާތްތަކުން ބޭނުން ވެގެން އުޅުނީ ވެސް އެ ކުދިންނަށް އެ ކަން ދަސްކޮށްދިނުމަށެވެ.
"އިކުއިޕްމަންޓްތައް ލިބުން އެއީ އެ ދަރިވަރުންނަށް ލިބުނު ވަރަށް އުފާވެރި ޚަަބަރެއް،" ޔާސިރު ވިދާޅުވިއެވެ.
ރައީސް ސޯލިހްއާއި އެމަނިކުފާނުގެ ބައެއް ވަޒީރުންނާއި، ރައީސް އޮފީހުގެ އެކި ބޭފުޅުން ފަހުން ވެސް ގެންދެވީ މި ގުޑިތަކުގެ ވާހަކަ ދައްކަވަމުންނެވެ. މިއަދު ހެނދުނު ރައީސް ކުރެއްވި ދަތުރުފުޅު ނިންމަވަން ފްލައިޓަށް އަރައި ތިއްބެވިއިރު ވެސް، ސަރުކާރުގެ އެކި އިސް ބޭފުޅުން މި ގުޑިތަކުގެ ވާހަކަ ހުއްޓާ ނުލައި ދައްކަވަމުން ގެންދެވިކަން ފާހަގަވިއެވެ.
އަސްލުވެސް ވަރަށް މޮޅު ކައިޓުއެރުވި ހުރިހާ ކުދިންވަސް