ޖަޕާނުގެ ފުޓުބޯޅަ ޓީމު، ނިމިދިޔަ ވޯލްޑް ކަޕްގައި ކަޓައިގެން ދިޔަ އިރުވެސް ދިޔައީ މުޅި ދުނިޔެއަށް ނަމޫނާ ދައްކާފައެވެ. ގަދަ 16ގައި ވަރުގަދަ ބެލްޖިއަމް އަތުން ހިތްދަތިކޮށް ބަލިވެގެން އެޓީމު ކަޓައިގެން ދިޔަ ނަމަވެސް، މޮސްކޯ ދޫކޮށް ޖަޕާނުން ދިޔައީ ހުރިހާ ޓީމުތަކަށް ނަމޫނާ ދައްކާފައެވެ.
އަބަދުވެސް އުސޫލުތަކާއި، ތަހުޒީބީ އަމަލުތަކަށް މަޝްހޫރު ޖަޕާނުން ވޯލްޑް ކަޕުން ވަކިވެގެން ދިޔައީ، އެޓީމުގެ ޑްރެސިން ރޫމުގައި އެއްވެސް ކުނި ކޮޅެއް ނެތްވަރަށް ސާފުކޮށް، ރަޝިޔާ ބަހުން ޝުކުރިއްޔާއޭ ބުނާ މެސެޖެއް މޭޒުމަތީގައި ބަހައްޓާފައެވެ.
Japan leave the #AsianCup2019 dressing room spotless with thank you message in English, Arabic and Japanese! 👏 pic.twitter.com/RfiVyoMumd
— #AsianCup2023 (@afcasiancup) February 2, 2019
އޭޝިއަން ކަޕްގެ ފައިނަލްގައި ރޭ ގަތަރުއަތުން ޖަޕާނު ބަލިވި ނަމަވެސް، އެޓީމުގެ އުސޫލަށް ބަދަލެއް ނާދެއެވެ. އަނެއްކާވެސް ދެއްކީ ނަމޫނާއެވެ.
ރޭގެ މެޗުން ބަލިވެ، ޖަޕާނުގެ ކުޅުންތެރިންނާއި ކޯޗުންގެ ހިތްތައް ކުދިކުދިވި ނަމަވެސް، އެޓީމުން ދިޔައީ ޑްރެސިިން ރޫމް އެއްކޮށް ސާފުކޮށް، އަރަބި ބަހުންނާއި އިނގިރޭސި ބަހުން އަދި ޖަޕާނު ބަހުން "ޝުކުރިއްޔާ" ވައިޓް ބޯޑުގައި ލިޔެފައެވެ.
ވޯލްޑް ކަޕްގައި ޖަޕާނުގެ ސަޕޯޓަރުންގެ ފަރާތުންވެސް އެފަދަ ނަމޫނާ މަންޒަރެއް ފެނުނެވެ. މެޗަށްފަހު ކުނި ހޮވާ، ހުރިހާ ކުންޏެއް ސާފުކޮށް ސްޓޭޑިއަމްއިން ނުކުންނަ ސަޕޯޓަރުންނަށް ފެނުނީ ޖަޕާނުގެ ސަޕޯޓަރުންނެވެ.