ކުރިއަށް އޮތް 2023 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ރާއްޖޭގައި ބޭއްވުމަށް ރަސްމީކޮށް ދިދަޔާ ހަވާލުވެ، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ގަރާރު އިއްވައިފިއެވެ.
އައިޖޯ ރާއްޖޭގައި ބޭއްވުމަށް ބިޑް ކާމިޔާބުކޮށްފައިވާއިރު، ރާއްޖެއިން ދިދަޔާ ހަވާލުވެފައި ވަނީ މޮރިޝަސްގައި މިހާރު ކުރިއަށްދާ މިއަހަރުގެ އައިއޯޖީ ނިންމުމުގެ ރަސްމިއްޔާތުގައެވެ. މަހުލޫފް ދިދަޔާ ހަވާލުވެ އިއްވެވި ގަރާރުގައި ވިދާޅުވީ ރައީސް އިބްރާހީމް އިބްރާހީމް މުހައްމަދު ސޯލިހްގެ ނަމުގައި، ރާއްޖޭގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްއަށް، މުބާރާތުގައި ބައިވެރިވާ ހުރިހާ ގައުމުތަކުގެ ޒުވާނުންނަށް ދައުވަތުއަރުވާ ކަމަށެވެ.
މޮރިޝަސްގެ ވަގުތީ ރައީސް ޕެރަމަސިވަން ޕިއްލޭ ބާރލެން ވިޔަޕޫރޭ އަތްޕުޅުން ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް އަހުމަދު މަރުޒޫގްގެ އަތަށް ދިދަ އެރުއްވުމާއެކު ދިދަ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ ހަވާލުކޮށްދެއްވީ މަރުޒޫގެވެ.
2023 ވަނަ އަހަރު މިމުބާރާތް ރާއްޖޭގައި ބާއްވަން ނިންމާފައި ވާއިރު، މިއީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓަށް ވެގެން ދާނެއެވެ. މިއަހަރު ވެސް މިމުބާރާތުގައި އެކި ގައުމުތަކުން 2000 އެތިލީޓުން ބައިވެރިވިއެވެ. ހަތަރު އަހަރު ފަހުން ބާއްވާ މުބާރާތުގައި އެއަދަދު އިތުރުވެގެން ދިއުން ވެސް އެކަށީގެންވެއެވެ.
އައިއޯއައިޖީ ރާއްޖޭގައި ބޭއްވުމަށްޓަކައި ވަރަށް ކުޅިވަރު ކުޅޭނެ ވަރަށް ގިނަ ވަސީލަތްތައް ތަރައްޤީ ކުރާނެއިރު، އެކަން ވެގެންދާނީ ރާއްޖޭގެ އިންޑޯ ސްޕޯޓްސް ވަރަށް ބޮޑަށް ތަރައްގީ ވެގެންދާނެ ކަމަކަށެވެ.
2015 ވަނަ އަހަރުން ފެށިގެން އައިއޯއައިޖީގައި ރާއްޖެއިން އަންނަނީ ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެއަހަރުގެ މުބާރާތުގައި ރާއްޖެއިން ފުރަތަމަ ފަހަރަށް މަލްޓި ގޭމް އިވެންޓަކުން ރަން މެޑަލް ހޯދިއެވެ. މިއަހަރުގެ މުބާރާތަށް ރާއްޖެއިން 15 މެޑަލްގެ ޓާގެޓަކާއެކު ކުރިމަތިލިއިރު، ނިންމާލީ އެކަން ފުރިހަމަކޮށް، ހަތަރު ރަން މެޑަލްއާވެސް އެކުގައެވެ.
މަހުލޫފް މަރުޒޫގު ޝާހިދު ގެ މަސައްކަތައް ސާބަސް
ތީއަކީ ސާބަސް ދޭވަރުގެ މަސައްކަތެއްނޫން.
މަހުލޫފަށް ތިކަންނުވެގެން ފޮރިންމިނިސްޓްރީ ސްޓާފުންނާއި ޝާހިދުގެ މަސައްކަތުން ތިކަންކުރީ.