މިއަހަރުގެ ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ފުޓުބޯޅަ ލީގަށް ފަރިތަކުރުންތައް ފަށާ ފުރަތަމަ ޓީމަކަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ވެއްޖެއެވެ.

އަންނަ ސީޒަނަށް ތައްޔާރުވާ ފުރަތަމަ ޑިވިޝަނުގެ ޓީމުތަކުގެ ފަރިތަކުރުންތައް ބޭއްވުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ދީފައިވާއިރު "ވަގުތު" ސްޕޯޓްސްއާއި ވާހަކަދައްކަމުން މާޒިޔާގެ އިސް އޮފިޝަލަކު ބުނީ އެ ޓީމުގެ ފަރިތަކުރުންތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު ކަމަށެވެ.

އެފްއޭއެމުން ކުލަބުތަކަށް ފަރިތަކުރުމުގެ ހުއްދަ ދީފައިވަނީ އާ ގައިޑްލައިނެއް އެކުލަވާލާ، އެޗްޕީއޭގެ ހުއްދަ ހޯދައިގެންނެވެ. މިދިޔަ ބުރާސްފަތި ދުވަހު އެޗްޕީއޭއިން ވަނީ ފަރިތަކުރުންތައް ބޭއްވުމަށް ހުއްދަދީފައެވެ. ނަމަވެސް އެ ހުއްދަ ކުލަބުތަކަށް ނުދީ މަޑުކޮށްގެން ތިބީ ގައިޑްލައިނެއް ހެދުމަށް ކަމަށް އެފްއޭއެމުން މައުލޫމާތުދެއެވެ.

މިފަހަރުގެ ލީގުގައި ވާދަކުރާ 8 ޓީމަކީ އެންމެފަހުގެ ޗެމްޕިއަން މާޒިޔާ އާއި ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް އީގަލްސް، ކްލަބް ވެލެންސިއާ، ޔުނައިޓެޑް ވިކްޓްރީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙަމްޒާ

    ހުރިހާ ކުޅުންތެރިންނާއި ކޯޗުންނާ އޮފިޝަލުން ކޮވިޑަށް ޓެސްޓް ހެދުން ވ މުހިންމު ކަމެއް ކަމަށް ދެކެން....މަގުމަތީގައި ޓެސްޓް ހަދަން އުޅޭ ކުދިން ކައިރިއަށް ގޮސްގެން ވިއަސް ޓެސްޓް ހަދާފައި ފެށުން ވ މުހިންމު...ދިވެހި ފުޓްބޯޅަ އަށް ކުރިއެރުމަށް އެދެން....ވ ވެދުން. .