ނައިޖީރިއާ (ގުރޫޕް ޑީ)
ފީފާ ރޭންކިން: 47
ފުރަތަމަ ވޯލްޑް ކަޕް ކުޅުނީ: 1994
އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ: 2014
ވޯލްޑް ކަޕްގެ އެންމެ ރަނގަޅު ނަތީޖާ: ދެވަނަ ބުރު (2014، 1998، 1994)
ވޯލްޑް ކަޕްގެ ތާރީޙް:
ނައިޖީރިއާ ފީފާ ވޯލްޑް ކަޕަށް އެންމެ ފުރަތަމަ ކޮލިފައިވީ 1994 ވަނަ އަހަރެވެ.އެ އަހަރު އެމެރިކާގައި އޮތް ވޯލްޑް ކަޕްގެ ގަދަ 16ގެ ބުރަށް ކޮލިފައިވި އެވެ.
އޭގެ ފަހުން 1998، 2002، 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނައިޖީރިއާ ވާދަކުރިއެވެ. އަދި ދެ ފަހަރު ދެވަނަ ބުރަށް ދަތުރުކުރި އެވެ. ނައިޖީރިއާ އިން ވަނީ 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ކޮލިފައިންގައި ރަނގަޅު ނަތީޖާތަކެއް ނެރެ، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައެވެ.
ކޯޗު
ނަން: ގެރްނޮޓް ރޯ
ގައުމު: ޖަރުމަން
(64 އަހަރު) 28 1953 ޖޫން އުފަން ތާރީހު:
ޓީމާ ހަވާލުވީ: 2016 ވަނަ އަހަރު
ޖަރުމަނަށް އުފަން އަށް އުފަން ކޯޗު ގެރޮންޓް ނައިޖީރިއާގެ ޤައުމީ ޓީމާ ހަވާލުވީ 2017 ވަނަ އަހަރެވެ. ގެރޮންޓް ނައިޖީރިއާގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން މަސައްކަތްކުރީ ޗިލީގެ ޤައުމީ ޓީމުގެ ކޯޗަކަށެވެ.
2016 ވަނަ އަހަރު ޗިލީއާއެކު ގެރޮންޓް ވަނީ ކޮޕާ އެމެރިކާ ސެންޓަނީރޯ ކާމިޔާބުކޮށްފަ އެވެ. އެކަމަކު 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޗިލީ ކޮލިފައިކޮށްދިނުމަށް ގެރޮންޓް ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައެވެ.
ސްޕެއިންގެ މަޝްހޫރު ކްލަބުތައް ކަމަށްވާ ވެލެންސިއާ އާއި ބާސެލޯނާ އަދި އާޖެންޓީނާގެ ރިވަ ޕްލޭޓަށް ކުޅުނު ފޯވަޑް ކޯޗިން ކެރިއަރު ފެށީ 2005 ވަނަ އަހަރު އެވެ.
ގޮރެންޓް ވަނީ ސްޕެއިންގެ ވެލެންސިއާ އާއި ދެކުނު އެމެރިކާގެ ބައެއް ކްލަބުތަކަށް ކުރިން ކޯޗުކޮށްދީފަ އެވެ.
މުހިންމު ކުޅުންތެރިން:
ޖޯން އޮބީ މިކޭލް
ނައިޖީރިއާގެ ކެޕްޓަން ޖޯން އޮބީ މިކޭލް އަކީ އެ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ކުރިން ޗެލްސީ އަށް ކުޅުނު މިކޭލް ،30، އަކީ 2010 އަދި 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނައިޖީރިއާ އަށް ކުޅެފައިވާ ކުޅުންތެރިޔެކެވެ. އަދި އެންމެ ފަހުން ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ހަތަރު މުބާރާތުގައި ވެސް އޭނާ ވަނީ ނައިޖީރިއާ އަށް ކުޅެފަ އެވެ.
މިކޭލް ކެރިއަރު ފެށީ ޑެންމާކްގެ އާދައިގެ ޓީމަކުންނެވެ. މެންޗެސްޓާ ޔުނައިޓެޑުން އޭނާ އަށް ޝައުގުވެރިވެ، އޭނާ އެ ޓީމަށް ގެންދިޔަ އެވެ. އެކަމަކު ޗެލްސީން ލިބުނު ފުރުސަތާއެކު، ޔުނައިޓެޑަށް މެޗެއް ނުކުޅެ އޭނާ ވަނީ އެ ޗެލްސީ އަށް ބަދަލުވެފަ އެވެ.
މިކޭލް ނައިޖީރިއާ އަށް ކުޅެން ފެށީ 2004 ވަނަ އަހަރު އެވެ. އަދި މިހާތަނަށް ޤައުމީ ޓީމަށް 80 އަށްވުރެ ގިނަ މެޗު ވަނީ ކުޅެފަ އެވެ.
ވިކްޓަ މޯސެސް
އިންގްލެންޑަށް ކުޅުމުގެ ފުރުސަތު ލިބުނު ނަމަވެސް، ވިކްޓަ މޯސެސް ނިންމީ އޭނާގެ އުފަން ޤައުމު ނައިޖީރިއާ އަށް ކުޅުމަށެވެ. ޗެލްސީ އަށް މިހާރު ކުޅެމުންދާ މޯސެސް އަކީ އަރިމަތިން ވަރަށް ރަނގަޅަށް ކުޅޭ ކުޅުންތެރިޔެކެވެ. ނައިޖީރިއާ އަށް 2013 ވަނަ އަހަރުން ފެށިގެން ކުޅެމުންދާ މޯސެސް ވަނީ އެ ޤައުމަށް މިހާތަނަށް 30 މެޗު ކުޅެދީ، 10 ލަނޑު ޖަހައިފަ އެވެ. މި ފަހަރުގެ ވޯލްޑް ކަޕްގައި މޯސެސް ވެގެންދާނީ ނައިޖީރިއާ އަށް މުހިންމު ކުޅުންތެރިޔަކަށެވެ.
އަހުމަދު މޫސާ
ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް ވޯލްޑް ކަޕްގައި ވިދާލި މޫސާ އަކީ ނައިޖީރިއާގެ ފޯވަޑް ލައިންގައި އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. ހުނަރުވެރި ފޯވަޑް އަކީ މިހާތަނަށް ނައިޖީރިއާ އަށް ކުޅުނު 67 މެޗުގައި 13 ލަނޑު ޖަހާފައިވާ ކުޅުންތެރިއެކެވެ. މިހާރު ރަޝިއާގެ ސީއެސްކޭއޭ މޮސްކޯ އަށް ކުޅެމުންދާ މޫސާ އަކީ މި ފަހަރުގެ ވޯލްޑް ކަޕްގައި ނައިޖީރިއާގެ އުންމީދުތަކާ ގުޅިފައިވާ ކުޅުންތެރިއެކެވެ.