އޮލިމްޕިކްސް 2020 ގެ ބައިސްކަލު ދުއްވުމުގެ އިވެންޓަކުން ރަން މެޑަލް ލިބުނުކަމަށް ހީކޮށް ނެދަލޭންޑްސްގެ އެންމިއަކް ވެން ލުޓަން އޮޅިގެން އުފާފާޅުކޮށްފި އެވެ.

ވަރަށް ގާތްގާތުގައި ރޭސް ނިމިގެންދިޔަ އިރު، މި ރޭހުގެ އެއްވަނަ މަގާމާއެކު ރަން މެޑަލް ހޯދީ އޮސްޓްރިއާގެ އެތްލީޓު އެނާ ކިސެންހޮފާ އެވެ. މި ދެ އެތްލީޓުން ރޭސް ނިންމިއިރު ޓައިމިން ވަރަށް ގާތެވެ.

އޮޅިގެން އުފާފާޅުކުރެވުމުން އޭނާ ވަނީ ރޭހަށްފަހު މައާފަށް އެދިފަައެވެ. އޭނާ ވަނީ ރޭސް ނިންމާ ލައިނާއި ގާތްވިއިރަށް ދެ އަތް މައްޗަށް ނަގާ އުފާފާޅުކޮށްފައެވެ. އެ ދަނޑިވަޅުގެ ބޭނުން ހިފައި އެއްވަނައަށް އެރީ އޮސްޓްރިއާގެ އެތްލީޓެވެ.

"ލައިނު ހުރަސްކުރި އިރު އަހަރެން ހީކުރީ ރަން މެޑަަލް ލިބުނީ ކަމަށް، ވަރަށް އުފަލުން އޭރު ހުރީ، ވަރަށް ނަސީބު ދެރަކޮށް މި ދިމާވީ" ރޭހަށްފަހު އެންމިއަކް ބުންޏެވެ.

މި ރޭހުން ވަނަތަކަށް ދިޔަ އެތްލީޓުން

ޖުމްލަ ދެ ގަޑިއިރަށް ދިގުދެމިގެން ދިޔަ މި ރޭހުން ލިބުނު ރަން މެޑަލްއާއެކު މިއީ އޮސްޓްރިއާގެ ތާރީހުގައި 1896 ވަނަ އަހަރަށްފަހު ބައިސްކަލް ދުއްވުމުން ރަންމެޑަލް ލިބުނު ފުރަތަމަ ފަހަރެވެ.

ރިހި މެޑަލް ލިބުނު އެތްލީޓު އެންމިއަކް ބުނީ މި އޮޅުން އެރީ ރޭސް ފެށިއިރު ކަންފަތުގައި "އިއަރ ޕީސް" ނުވަތަ ވާހަކަ ދެއްކޭ ވަސީލަތެއް ބޭނުން ނުކުރެވުމުގެ ސަބަބުންނެވެ. ނަމަވެސް ރިހި މެޑަލް އަކީވެސް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ.

"މި މެޑަލް ލިބުމުން ވަރަށް އުފާވި، އެއީ މިހާތަނަށްވެސް އަހަރެންގެ އުމުރުގައި އޮލިމްޕިކްސް މެޑަލްއެއް ނުލިބޭ، މި އޮލިމްޕިކްސްއަށް އައި އިރުވެސް އަހަރެންގެ ޓާގެޓަކަށް ވީ މެޑަލްއެއް ހޯދުން، އެކަން ކާމިޔާވުމުން ވަރަށް ހިތްހަމަޖެހުނު" އުމުރުން 38 އަހަރުގެ ނެދަލޭންޑްސް އެތްލީޓު ބުންޏެވެ.

މި ރޭހުން ރަން މެޑަލް ހޯދި އޮސްޓްރިއާގެ އެތްލީޓަކީ ކެމްބްރިޖް ޔުނިވާސިޓީން ހިސާބު އިލްމުން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ މީހެކެވެ. ރަން މެޑަލް ލިބުމަކީ ލިބުނު ބޮޑު ސަޕްރައިޒެއްގެ ގޮތުގައި އޭނާ ސިފަކުރި އެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. UH

    LOL

    4
    1
  2. ދޯ

    ވިމެން. ނަތިން ނީއު.

  3. އައްޑޫޝަކުވާބޯޓު

    ޝުކުރިއްޔާ ޝާހް.
    އޮލިމްޕިކްސް ހަ ބަރުތަށްވެސް ހަމަ އެހާމެ ތާޒާކޮށް ފުރިހަމައަށް ގެނެސް ދެއްވާތީ.

  4. ބޯކިބާ

    "މި ރޭހުން ރަން މެޑަލް ހޯދި އޮސްޓްރިއާގެ އެތްލީޓަކީ ކެމްބްރިޖް ޔުނިވާސިޓީން ހިސާބު އިލްމުން މާސްޓާސް ޑިގްރީ ހާސިލްކޮށްފައިވާ މީހެކެވެ".. މިއީ އިނގިރޭސި ޕުރޮޕެގެންޑާ، އޭނަ ކިޔެވި ޔުނިވާސިޓީއެއް ނޭނގިގެން އުޅެނީ ކާކުތަ.