ރާއްޖޭގައި ތިބި ބަންގްލަދޭޝް ސަޕޯޓަރުންގެ އެހީއާއެކު މިރޭގެ މެޗުން ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ބަލިކުރެވިދާނެ ކަމަށް ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން ބުނެފިއެވެ.

އެންމެފަހުން މި ދެ ޓީމު ބައްދަލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ސްރީލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ ޓްރޮފީގައެވެ. އެ މެޗުން ރާއްޖެ ވަނީ 2-1 އިން ބަލިވެފައެވެ.

މިއީ ދެ ގައުމުގެ ސީނިއާ ޓީމުގެ ކުރިމަތިލުންތަކުގެ ތެރެެއިން ފާއިތުވި 18 އަހަރު ތެރޭގައި ބަންގްލަދޭޝް އަށް ރާއްޖޭގެ މައްޗަށް ހޯދުނު ފުރަތަމަ މޮޅެވެ.

އޭގެފަހުން މި މެޗާއި ކުރިމަތިލިއިރު ގަލޮޅު ދަނޑުގައި މި ދެ ޓީމު އެންމެފަހުން ބައްދަލުކުރީ މިދިޔަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުގައެވެ. އެ މެޗު ރާއްޖެއިން ވަނީ 2-0 އިން ކާމިިޔާބުކޮށްފައެވެ. ބަންގްލަދޭޝް ކެޕްޓަން ގަބޫލުކުރާ ގޮތުގައި މި މެޗުން އެ ޓީމަށް މޮޅެއް ހޯދުމަށް ސަޕޯޓަރުންގެ އެހީ ބޭނުންވާނެ އެވެ.

ބަންގްލަދޭޝްގެ ޓީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ވާހަކަދައްކަމުން ޖަމާލް ބުނީ ރާއްޖޭގައި ވެސް އެ ގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން އުޅޭކަން އެންމެނަށްވެސް އެނގޭ ކަމަށާއި މިއީ އެ ޓީމަށް ފައިދާ ނެގިދާާނެ ކަމެއް ކަމަށެވެ.

މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ޖަމާލް ވަނީ އެ ގައުމުގެ ސަޕޯޓަރުންނަށް ދަނޑަށް ވެއްދުމަށް އެދިފައެވެ. އަދި އެންމެފަހުން ސާފް ޗެމްޕިއަންޝިޕް ބޭއްވިއިރު ވި ފަދަ ކަމެއް ތަކުރާރުނުވުމަށް އެދޭކަމަށް ވެސް އޭނާ ބުންޏެވެ.

ބަންގްލަދޭޝް މީހުން ރާއްޖޭގައި އުޅޭ، އެ މީހުން މެޗު ބަލަން ވެސް ބޭނުންވާނެ. ޓިކެޓު ގަނެފަވެސް މެޗު ބަލަން ނުވަދެވުނު ކަމުގެ ޝަކުވާ ލިބިފަހުރީ، މިކަން މިފަހަރު ތަކުރާރުނުވާނެ ކަމަށް އުއްމީދުކުރަން" ޖަމާލް ބުންޏެވެ.

ރާއްޖެއާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ 21:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރާއްޖެ މީހާ

    ކަލޭ އަންގައިން🤣

  2. ޑެނީ

    ނުވައްދަ ހުސް ދިވެހި ސަޕޯޓަރުންނާ އެކީ

    2
    2
  3. ޕޮގުބާ

    ރާއްޖެ ބަލިވާނެ