ނ. ވެލިދޫގައި ބާއްވަމުން އަންނަ ކަލާ ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ކަލާ ރަންއަކީ ކުޑަކަންމަތި ނިއު ޖެނެރޭޝަން (ކޭއެންޖީ) އިން 2021 ވަނަ އަހަރުން ފެށިގެން އެ ރަށުގައި ބާއްވަމުން އަންނަ ހަރަކާތެކެވެ. އެ ހަރަކާތުގައި ބައިވެރިވުމަށް އޮފިޝަލް ޓީޝާޓަށް އޯޑަރު ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.

އަޟްހާ އީދުގައި އަތޮޅު ތެރޭގައި ބޭއްވޭ އެންމެ ބޮޑު ކަލާރަންގެ އޮފިޝަލް ޓީޝާޓަށް އޯޑަރ ކުރުމުގެ މިއަދު ހުޅުވާލި އިރު، މިއީ މި ރަން ބާއްވާ ތިން ވަނަ އަހަރުއެވެ. ހުރިހާ އުމުރު ފުރާއަކަށްވެސް ބައިވެރި ވެވޭ މި ރަންގައި ގިނަ އިނާމު ތަކެއްވެސް ލިބިގެން ދާނެ ކަމުގައި ކޭއެންޖީއިން ބުނެއެވެ.

"ވެލިދޫ ކަލާ ރަން" ޓީޝާޓުތައް ވިއްކާނެ އަގެއްގެ ގޮތުގައި ހަމަޖެހިފައިވަނީ 150 ރުފިޔާ ކަމުގައި ރަން އިންތިޒާމު ކުރާ ކޭއެންޖީއިން މައުލޫމާތު ދެއްވައެވެ.

ފޯރި ގަދަ ހަރަކާތް ތަކަކާއި އެކު އީދުގެ އެންމެ ފަހު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކަލާ ރަންގެ ޓީޝާޓު އޯޑަރު ދިނުމަށް 7745698 އަދި 7587176 އަށް ވައިބަރ ނޫނީ ވަޓްސްއަޕުން މެސެޖު ކުރުމަށް ކޭއެންޖީއިން ވަނީ ބުނެފައެވެ.

" ވޭތުވެދިޔަ ތިން އަހަރުވެސް ވަރަށް ބޮޑު ތަރުހީބެއް ރަންއަށް ލިބިގެން ދިޔަ، މި އަހަރުގެ ވެސް އުންމީދަކީ ކުރީ ދެ އަހަރަށް ވުރެވެސް ފުރިހަމަކޮށް ރަން ކުރިއަށް ގެންދިޔުން" ކޭއެންޖީގެ އޮފިޝަލް "ވަގުތު" ނޫހަށް ކިޔައި ދިނެވެ.

ކޭއެންޖީއިން ބުނި ގޮތުގައި އީދުގައި ކަލާ ރަން އެއް ބޭއްވުމުގެ އެންމެ ބޮޑު އެއްް ބޭނުމަކީ ހުރިހާ އުމުރެއްގެ ބޭފުޅުންނަށްވެސް ބައިވެރިވެވޭ ބޮޑު ހަރަކާތެއް ހިންގުމެވެ. މީގެ އިތުރުން މަޖާ މާހައުލެއްގައި ސިއްހީ ދުޅަހެޔޮކަމަށް މީހުން އަހުލުވެރި ކުރުންވެސް ހިމެނެއެވެ.