އިންޑިޔާގެ ބެންގަލޫރުގައި މިހާރު ކުރިއަށް ދާ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވުމުގައި ކޯޗާއި އެފްއޭއެމްގެ މައްސަލައެއް ނެތް ކަމުގައި ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ ބުނެފިއެވެ.

މިއަދު ގުރުޕޫ ސްޓޭޖުގެ ފަހު މެޗުން ލުބަނާނު އަތުން ބަލިވި މެޗަށް ފަހު ނުސްވެރިންނާއި ވާހަކަ ދައްކަމުން ކޯޗު ބުނީ މުބާރާތަށް ތައްޔާރު ވުމުގައި އެކުވެރި ކަމުގެ މެޗެށް ނުކުޅެވުނީ ވިއްސާރަ ވުމުގެ ސަބަބުން ކަމުގައެވެ.

ޖަޕާނުގައި ކުރިއަށް ގެންދިޔަ ކޭމްޕުގައި އެގައުމުގެ ކުލަބަކާއި އެކު އެކުވެރި ކަމުގެ މެޗެށް ކުޅުމަށް މަސައްކަތް ކުރި ނަމަވެސް އެދުވަހު ވިއްސާރަ ވުމުގެ ސަބަބުން މެޗު ވަނީ ކެންސަލް ކޮށްލާފައެވެ. އެހެން ކަމުން ސަރަހައްދީ އެންމެ ބޮޑު މުބާރާތަށް ރާއްޖޭގެ ގައުމީ ޓީމުން ކުރި މަތިލީ އެކުވެރި ކަމުގެ އެއްވެސް މެޗެއް ނުކުޅިއެވެ.

ރާއްޖޭގެ ކުރީގެ ބައެއް ކުޅުންތެރިންނާއި ފުޓުބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ރާއްޖެއިން މި އަހަރުގެ މުބާރާތުގައި ރަނގަޅު ނަތީޖާއެއް ނުހޯދޭ އެއް ސަބަބަކީ "ޗެލެންޖިން" މެޗެއް ނުކުޅެ މުބާރާތާއި ކުރިމަތި ލުމުންނެވެ. ރާއްޖޭގެ ޓީމުގެ ފަރާތުން ރަނގަޅު "ޓީމް ވޯކް"އެއް ފެނިގެން ނުދާއިރު، ރަނގަޅު ޕާސިން ގޭމެށްވެސް ކުޅެން ރާއްޖޭގެ ޓީމަށް އުނދަގޫވާތަން ފެނެއެވެ.

ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައިވެސް މިއީ ރާއްޖޭގެ ގައުމީ ޓީމުގެ ފަރާތުން އެންމެ ދައް ކުޅުމެށް ފެނިގެން ދިޔަ މުބާރާތެވެ. މި މުބާރާތިގެ ގުރޫޕް ސްޓޭޖުން މީގެ ކުރިން ރާއްޖެ ކަޓާފައި ނުވި ނަމަވެސް މި މުބާރާތުގެ ގުރޫޕް ސްޓޭޖުން ރާއްޖެ ކެޓުމާއި ވަރަށް ގާތެވެ. އެއީ ދެ މެޗުން ރާއްޖެ ބަލިވެފައި ވާތީއެވެ. މި ގުރޫޕުގައި މިރޭ ބަންގްލަދޭޝްއާއި ބޫޓާން ބައްދަލު ކުރާ މެޗު އެއްވަރު ވިޔަސް ބަންގްލަދޭޝްއަށް ސެމީގެ ޖާގަ ލިބިގެން ދާއިރު ރާއްޖެ ކަޓާނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޖައިލް

    ވާދަކޮށްލެވޭވަރުގެ ކުޅުމެއް ނުދެއްކި ބަލިވެގެން ކެޓީމަ؛ މޫސުމޭ؛ ދަނޑޭ؛ ވާދަވެރި މެޗް ނުކުޅެވުނީއޭ؛ މުސާރަ ނުލިބެނީއޭ ކިޔައިގެން ބަހަނާ ދެއްކުމަކީ އެއީ ރައްޔިތުން ބަލައިގަންނަ ކަމެއްނޫން. 1990ގެ އަހަރުތަކުގައި ފުޓްބޯޅަ ކުޅުނީ ތަންތަނުގެ ވަޒީފާގައި އުޅެމުން ލިބޭއެއްޗަކުން ދިރިއުޅުން ހަމަޖައްސައިގެން. އެއިރު ވަޒީފާގެ ގަޑި ނިންމާފަ ކްލަބް ޕްރެކްޓިސްގެ ގަޑިއަށް ދެވެނީ ކިރިޔާ. މިހާރު ކުޅުންތެރިންނަށް ފައިސާ ލިބޭހެން އޭރަކު ފައިސާ ނުލިބޭ. އެކަމަކު އޭރު ގައުމީ ޓީމްގެ ރޫޙާއި ހިތްވަރު މެޗް ބަލާ ދިވެހިރައްޔިތުންނަށް ފެންނަނީ މާބޮޑަށް ރަނގަޅަށް.

  2. ައަބްޅޯ

    ބުއްދިވެރިން ކަންކަންރާވަނީ އެތަނެއްގައި އަޅާ ވަޔާއި، އޮޔަށްވެސް ބަލައިގެން
    އެހެނވީމަ ކަންކަންކުރަންދާނެ ޤައުމުވެސް ހަމަޖަށްސަންވާނީ ދާންއުޅޭ ޤައުމެއްގެ މޫސުމަށްވެސް ބަލައިގެން މޫސުންގޯސްވުމުގެ ސަބަބުން ެކުވެރިކަމުގެ މެޗެއް ކުޅެލަން ނުލިބުނުކަމަށް ބުނުމަކީ އެއްގޮތަކަށްވސް ބަލައިގަނެވޭނެކަމެއްނޫން.