އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދާއި މާދަމާއަކީ ވަރަށް މުހިންމު ދެ ދުވަހެވެ. ލީގުގެ އެއްވަނައިގައި އޮތް އާސެނަލް އާއި ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށް ދުވަހުގެ މުހިންމު ކަން ބޮޑެވެ. މެންޗެސްޓާ ސިޓީ ނުކުމެ އޮތީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ލީގުގެ ތަށި އުފުލާލާށެވެ. އެކަންވެއްޖެ ނަމަ، މިއީ އެއްވެސް ކުލަބަކަށް މީގެކުރިން ކުރެވުނު ކަމެއް ނޫނެވެ. އާސެނަލް ލީގު ތަށީގައި އަތް ނުލާތާ މިހާރު 20 އަހަރުވެއްޖެއެވެ. އެ ކުލަބު ނުކުންނަނީ މިފަހަރަކީ ރަނުގެ ފުރުސަތު ކަމަށް ދެކިގެންނެވެ. މިދިޔަ ސީޒަންގެ ޕްރިމިއާ ލީގުގައި އާސެނަލް 100 އަށް ވުރެ ގިނަ ދުވަހު އެއްވަނައިގައި އޮތުމަށް ފަހު، ލީގު ތަށީގައި އަތް ނުލެވި…