އެސްޓީއޯ އިން ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ ތެޔޮ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަށް ފޯރުކޮށްދިނުމުގެ އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
މިއަދު އެސްޓީއޯ މައި އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ޝަހީރުއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު އެސްޓީއޯގެ އެމްޑީ ޝަހީރު ވިދާޅުވީ، މި އެއްބަސްވުމަކީ ކުރިއަށް އޮތް ދެ އަހަރަށް އެމްއޭސީއެލްއަށް ބޭނުންވާ ޖެޓް ފިއުލް އާއި ޑީސަލް ސަޕްލައި ކުރުމަށް ކުރެވުނު އެއްބަސްވުމެއް ކަމަށެވެ. ޝަހީރު ވިދާޅުވިގޮތުގައި، މިއީ ގާތްގަނޑަކަށް 200 މިލިއަން ޑޮލަރުގެ އެއްބަސްވުމެކެވެ.
ޝަހީރު ވިދާޅުވީ، ފާއިތުވެ ދިޔަ ހަ އަހަރުވެސް އެސްޓީއޯ އިން އެމްއޭސީއެލްއަށް ބޭނުންވާނެ ތެޔޮ ފޯރުކޮށްދިނުމުގައި އެމްއޭސީއެލް އިން ބޭނުންވާ ކޮލެޓީ އާއި އެ ބުނާ ތާވަލަށްކޮށްދެވުނު ކަމަށް ޔަގީން ކުރާ ކަމަށެވެ.
"އަޅުގަނޑު ޔަގީންކަން އަރުވަން ކުރިއަށް މިއޮތް ތަނުގައި ވެސް އެމްއޭސީއެލްއަށް ތެޔޮ ސަޕްލައި ކުރުމުގައި އެބޭފުޅުން ބޭނުންވާ ކޮލެޓީއަށް އަދި ބޭނުންވާ ޑޭޓްތަކަށް ތެޔޮ ސަޕްލައި ކުރުމުގައި ވަރަށް މަސައްކަތް ކުރާނަމޭ. އިރާދަކުރެއްވިއްޔާ ފެއިލް ނުވެ އެ ބޭފުޅުންގެ ބޭރުން އަންނަ ފްލައިޓްތައް ނުވަތަ ރާއްޖޭގެ ފްލައިޓްތަކަށް އެބޭފުޅުން ބޭނުންވާ ހިދުމަތް ދިނުމަށްޓަކައި އަޅުގަނޑުމެންގެ ސައިޑުން ކުރަން ޖެހޭ ކަންތައްތައް ފެއިލް ނުވެކޮށްދޭނަމޭ". ޝަހީރު ވިދާޅުވިއެވެ.
ޝަހީރު ވިދާޅުވީ، އެސްޓީއޯއިން މިހާރުވެސް ފުނަދޫގައި ގާއިމްކޮށްފައިވާ ތެޔޮ ސްޓޯރޭޖް ބޮޑު ކުރުމާއި، އަދި ބާތިންގ ފެސިލިޓީގެ 25 ހާސް ޓަނު ބާތް ކުރެވޭނެ ގޮތަށް އަޕްގްރޭޑް ކުރެވިފައިވާކަމަށެވެ. އަދި މީގެ އިތުރުން، އެސްޓީއޯ އިން ގެނައި ބޮޑު ޓޭންކަރު އެކޮމޮޑޭޓް ކުރުމަށްޓަކައި އެއާޕޯޓުންވެސް މިހާރު ބާތިންގ ފެސިލިޓީސް އަޕްގްރޭޑް ކުރެވިފައިވާކަމަށެވެ.
އެމްއޭސީއެލް އެމްޑީ އާދިލް ވިދާޅުވީ، އެސްޓީއޯ އިން އެމްއޭސީއެލް އަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގައި ވޭތުގެ ދިޔަ ހަ އަހަރުވެސް ވަރަށް ރަނގަޅަށް މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި މި އަހަރު އެސްޓީއޯއަށް ތެޔޮ ލިބިފައި ވަނީ ކުރީ އަހަރުތަކަށްވުރެ ރަނގަޅު އަގެއްގައިކަން އާދިލް ފާހަގަކުރެއްވިއެވެ.
އާދިލް ވިދާޅުވިގޮތުގައި، މިގޮތަށް މިފަހަރު އަގުހެޔޮ ވެގެންގޮސްފައި ވަނީ އެސްޓީއޯ އިން ތެޔޮ ސަޕްލައި ކުރުމަށް އަލަށް ގެނައި ބޮޑު ބޯޓުގެ ސަބަބުންނެވެ.
"މި ލިބޭ ކޮންމެ ބެނިފިޓަކީ އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް އެކަން ފާހަގަ ކުރެވިގެންދާނެ ކަމެށް. އެހެންވީމަ އެއާލައިންތަކަށް މީގެ މަންފާއެއް ކުރާނެކަމަށް އަޅުގަނޑު ފާހަގަކުރަން. އަދި އެސްޓީއޯއަށްވެސް އެމްއޭސީއެލްއަށް ވެސް ތަރައްގީ ކުރުމަށްޓަކައި އަޅުގަނޑުމެން އެއާޕޯޓް ޑިވެލޮޕްމެންޓް ތެރޭގައި ފިއުލް ފާމެއް ގާއިމް ކުރުމަށް މި ވަނީ ހަމަޖެހިފައި. ފިއުލް ފާމް ގާއިމް ކުރެވުމުން މިހާރަށްވުރެވެސް ރަނގަޅަށް މެނޭޖް ކުރެވޭނެކަމުގައި ދަންނަވަން". އާދިލް ވިދާޅުވިއެވެ.
ނިހާނު އެވިދާޅުވަނީ ހަމަ ރަނގަޅަށޭ ތަމެން ރަންރީނދޫ ޓްވިޓަރޭ މެންނަށް ނޭގޭނެއޭ މަމެން ވާހަކަ ދައްކަން ޖެހޭނީ ކިހިނެއްކަން އިނގޭތޭ މަމެންގެ ވެރިކަން މީ އަދި މީ މަމެންގެ ގައުމު ދޯ. ތަމެންނަށް މިވަރުން އިނގޭތޭ އިނގޭދޯ. އިނގޭތޭ އިނގޭދޯ. އިނގޭތޭ އިނގޭދޯ. އިނގޭތޭ އިނގޭދޯ. އިނގޭތޭ އިނގޭދޯ. ގެޓް ދަ ޕޮއިންޓް. ގުޑް ގުޑް.
ޕީޕީއެމްގެ ވެރިކަމުގައި އެބަޖެހޭ ގާނޫނެއް ފާސް ކުރަން އަވަހަށް ސަރުކާރުގެ ކުންފުނި ތަކުން ކުރާ ވިޔަފާރި ފަހި ކުރުމަށް ޓަކައި ސަރުކާރުގެ ހުރިހާ ކޮންޓްރެކްޓްސް ތައް ދޭން ޖެހޭނީ ސަރުކާރުގެ ކުންފުނި ތަކަށް ކަމަށް ސަރުކާރުން ވެސް އަދި ދައުލަތުން ވެސް. މިނޫން ގޮތަކަށް ސަރުކާރުގެ ކޮންޓްރެކްޓްސް ތައް ދީގެން ނުވާނެ ކަަމަށް. އަދި 2020 ވަނަ އަހަރުން ފެށިގެން ކޮންޓްރެކްޓަރ ފައިނޭންސް ގައި ހަދާ ތަންތަން ވެސް ސަރުކާރުން ދޭން ޖެހޭނީ ސީދާ ސަރުކާރުގެ ކުންފުނި ތަކަށް އެކަނި ކަމަށް. އެކަން އެހެން އެއްވެސް ކޮންޓްރެކްޓަރ އަކަށް ދީގެން ނުވާނެ ކަމަށް. ފެނަކަ އަށާއި ސްޓެލްކޯ އަށް ގަންނަ އިންޖީނު ތައް ވެސް ބަދަލު ކޮށްލަންވީ އެމްޓީސީސީ އަށް. އަދި ވެސް އެމްޓީސީސީން ޖަޕާނުގެ އެހެން ބްރޭންޑްސް ތަކުގެ ޖެނެރޭޓަރުގެ ސޯލް އެޖެންޓް ކަން ހޯދައިގެން ލާރޖް ސްކޭލް ގައި އެކަން ކުރަންވީ ރައީސް އޮފީހުގައި އޮންނަ އިކޮން ކައުންސިލް އާއި ގުޅިގެން. ސަރުކާރުގެ ކުންފުނި ތައް މުއްސަނދި ވުން އެއީ ދިވެހިރާއްޖެ މުއްސަނދި ވުމަކީ.
ކުންފުނިތަކުގަ ރީންދޫކުލަ މާގަދަވެފަ ތިބިބޭފުޅުންނާއި އެބޭބޭފުޅުންގެ އައުވާނުން ސައިޒުނުވެ ކުންފުނިތައްކުރިއަރާކަށްނެތް. ރޭވީމަ މުޒާހަރާގަ ރަސްމީގަޑީގަ ވަރުބަލިފިލުވަން އޮފީހައް. މިހެންއުޅޭވެސް ބައިވަރު.