ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ ބެހޭ ގޮތުން އެ ފަންޑުގެ އިސް ބޭފުޅުންނާ އެކު ދިވެހި ސަރުކާރުން މަޝްވަރާކޮށްފިއެވެ.
ސައުދީ އަރަބިއްޔާގައި ކުރިއަށް ގެންދިޔަ މި މަޝްވަރާތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރުއެވެ.
މިނިސްޓަރު މުނައްވަރު އޭނާގެ ފޭސްބުކްގައި ވިދާޅުވީ ސައުދީ ފަންޑުގެ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ ބެހޭ ގޮތުން ވަރަށް ކާމިޔާބު މަޝްވަރާ ތަކެއް ކުރައްވާފައިވާ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު މުނައްވަރު ދެއްވާފައެއް ނުވެއެވެ.
ސައުދީ އަށް ކުރެއްވި އެއް ދުވަހުގެ ދަތުރުފުޅަށްފަހު މިނިސްޓަރު މުނައްވަރު މިހާރު ރާއްޖެ ވަޑައިގެންފައިވާއިރު މި ދަތުރުފުޅުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) ގެ މެނޭޖިން ޑިރެކްޓަރު އާދިލް މޫސާ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ސައުދީ ފަންޑުން ވަނީ އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ޕެސެންޖާ ޓާމިނަލް ތަރައްގީ ކުރުމަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ނިންމާފައެވެ. އަދި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ތަރައްގީގެ މަޝްރޫއަށް 80 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމަށް ވެސް ސައުދީ ފަންޑުން ވަނީ ނިންމާފައެވެ.
ކަލޯ މުނައްވަރު ދަރަނި ކިހާވަރެއް
ރިޒާ އެކަމާ ކަލޭ ހާސްނުވޭ މުނައްވަރައް އެގޭނެ ދަރަނި އަދާކުރަންވެސް ،އެއީ ކެނެރީގޭ ބޮޑު މޮޔައެއްނޫނޭ ހެހެ ހޭ...
އާނ... މުނައްވަރައް އިނގޭނެ ފައިސާ ދައްކަން.. މުނައްވަރު ވިއްޔާ ތިކަމުގަ އެންމެ ތަޖުރިބާ ހުރީ... މުނައްވަރައް ވެރިކަން ދޭންވީނުން..