އިސްތަށިގަނޑު ރީތިކުރުމުގެ ނިޔަތުގައި ގިނަ ފަހަރަށް ބޭނުންކުރެވޭ ތަކެތީގެ ސަބަބުން، އިސްތަށިގަނޑު ހަލާކުވެގެންދާ ދިއުމަކީ ގިނަ ބަޔަކަށް ދިމާވާ މައްސަލައެކެވެ. މިގޮތުން އިސްތަށިގަނޑަށް ލިބޭ ގެއްލުމުން ސަލާމަތްވުމަކީ ފަސޭހަ ކަމަކަށް ނުވާއިރު، އަލުން އިސްތަށިގަނޑު ދުޅަހެޔޮކޮށް ރީތި ކުރުމަށް އެތައް ދުވަހެއް ހޭދަވެ އެތައް މަސައްކަތެއް ކުރަން ޖެހެއެވެ. އިސްތަށިގަނޑާއި ނުގުޅޭ ތަކެތި ބޭނުން ކުރުމުގެ އިތުރުން، އިސްތަށިގަނޑަށް އެންމެ އެކަށީގެންވާ މިންވަރަށް ބޭނުންވާ މުޙިންމު މާއްދާތައް ހަށިގަނޑަށް ލިބެމުން ނުދިއުމަކީވެސް އިސްތަށިގަނޑު ހަލާކުވެ ރީތިކަން ގެއްލިދާން މެދުވެރިވާ ސަބަބެކެވެ.

އިސްތަށިގަނޑުގެ ވަރު ދެރަވެ ހަލާކުވެ ދިއުމަކީ ބޯ ތަލަވުމުގެ އަސްލެވެ. މިފަދަ ހާލަތްތައް މެދުވެރިވެ ބޮލުން އިސްތަށި ފައިބާ، ތަލަވާން ނަގާ މުއްދަތު އެކި މީހުނަށް ތަފާތެވެ. ބައެއް މީހުނަށް މި މައްސަލަ ކުއްލިއަކަށް ކުރިމަތިވެއެވެ. އަނެއް ބަޔަކަށް މައްސަލަ ދިމާވެ އެކަމުގައި އެއްވެސް ހައްލެއް ނުހޯދި ނާއުންމީދީ ހާލުގައި ހަޤީޤަތާއި ކުރިމަތިލާން ޖެހެއެވެ. ވަގުތީ އުފަލަކަށްޓަކައި ނުވަތަ ވަގުތީ ހިތްހަމަ ޖެހުމަކަށްޓަކައި ބޭނުންކުރާ ބާރުގަދަ ތަކެއްޗަކީ އިސްތަށިގަނޑު ހަލާކުވާން މެދުވެރިވާ މައިގަނޑު ސަބަބެވެ.

އިސްތަށިގަނޑު ސްޓައިލް ކުރުމަށް ބާރުގަދަ ކެމިކަލާއި އެނޫންވެސް އިސްތަށިގަނޑަށް ގެއްލުންދެނިވި ބައިތައް ހިމެނޭ ތަކެތި ބޭނުން ކުރާނަމަ އޭގެ ނޭދެވޭ އަސަރު ކޮންމެވެސް ހިސާބަކުން ފެންނާން ފަށާނެއެވެ. އެހެންކަމުން އިސްތަށިގަޑު ހަލާކުވެ ދިއުމުގެ ކުރިން އިސްތަށިގަނޑަށް ގެއްލުން ހުރި ތަކެއްޗާއި ދުރުވެ، ފައިދާކުރަނިވި އުފެއްދުންތައް ދަނެ އިޚްތިޔާރު ކުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

އިސްތަށިގަނޑު ހަލާކުވެގެން ނާއުންމީދީ ހާލަތުގައި ތަލަވުމުގެ މަލަމަތި ދެކެމުންދާ ފަރާތްތަކަށް މިއޮތީ އުފާވެރި ޚަބަރެކެވެ. ރާއްޖެއަށް ދާދި ފަހުން ތައާރަފްކޮށް ވިއްކަން ފަށާފައިވާ މަޝްހޫރު ބްރޭންޑް، "ފުޓަވަން"ގެ "އޯގަނިކް ކޮކޮނަޓް ހެއާ ޓްރީޓްމަންޓް" އާއި މި ބްރޭންޑުގެ "އޯގަނިކް ހެއާ ޝޭމްޕޫ" އަކީ އިސްތަށިގަނޑު ހަލާކުވާ މައްސަލައަށް އޮތް އެންމެ އިތުބާރު ހައްލެވެ. ގިނަ ޢަދަދެއްގެ ވިޓަމިނާއި އިސްތަށިގަނޑާއި ބޮލުގެ ހަންގަޑަށް ފައިދާކުރަނިވި އެތައް ބައިތަކެއް އެއް ޕްރޮޑަކްޓަކުން ލިއްބައިދޭ މި އުފެއްދުމަކީ 100 އިންސައްތަ ގުދުރަތީ މާއްދާތައް ހިނަމައިގެން އުފައްދާފައިވާ ދެ އުފެއްދުމެކެވެ.

މަދު ދުވަސްކޮޅެއްގެ ތެރޭގައި ނަތީޖާ ދައްކައިދޭ "ފުޓަވަން" ބްރޭންޑުގެ ކޮކޮނަޓް ހެއާ ޓްރީޓްމަންޓުގެ މި ދެ އުފެއްދުމަކީ، އިސްތަށިގަނޑަށް ލިބިފައިވާ ގެއްލުން ފޫބައްދައިދިނުމުގެ އިތުރުން، އިސްތަށިގަނޑު ދުޅަހެޔޮކޮށް އެގޮތުގައި އަބަދުމެ ދެމެހެއްޓުމަށް އޮތް ފަރުވާވެސް މެއެވެ. މީރު ވަހެއް އެކުލެވިގެންވާ މި ދެ އުފެއްދުމަކީ މައިގަނޑު ގޮތެއްގައި، ބޮލުގެ އިސްތަށިގަނޑަށް ފައިދާކުރަނިވި، ދިވެހިން މީގެ އެތައް ޒަމާނެއް ކުރިންވެސް ބޭނުންކުރާ ކާށިތެޔޮ ބޭނުންކޮށްގެން އުފައްދާފައިވާ އުފެއްދުމެކެވެ.

ވިޓަމިން ބީ5 އިން އިސްތަށިތަކަށް ހިމާޔަތް ލިއްބައިދޭ މި ދެ އުފެއްދުމަކީ އިސްތަށިގަނޑު މާބޮޑަށް ހިކިފައިވުމާއެކު ގެއްލުން ލިބި، މީހާގެ ތާޒާކަން ގެއްލުވާލާ މައްސަލައަށް "ފުޓަވަން" ބްރޭންޑުން ހޯދައިދިން ހައްލެވެ. މި ދެ އުފެއްދުން އާދަކޮށް ބޭނުން ކުރުމުން، އިސްގަށިގަނޑުގެ ކަޅުކަން ގުދުރަތީ ބައިތައް މެދުވެރިކޮށް އިތުރުވެ ދާދި އަވަހަށް އިސްތަށިގަނޑު ބޯވެގެންދާ ކަމަށް ތަޖުރިބާގެ އަލީގައި ގިނަ ބަޔަކު ބުނަމުން ދެއެވެ.

ފުޓަވަން ކޮކޮނަޓް ހެއާ ޓްރީޓްމަންޓް ބޭނުންކުރަންވީ ގޮތް:

1. އޯގަނިކް ކޮކޮނަޓް ހެއާ ޝޭމްޕޫ

ކޮންމެ ދުވަހަކު އެއްފަހަރު މި ޝޭމްޕޫ ބޭނުންކޮށްގެން ބޯ ދޮވެލުން ރަނގަޅެވެ. މި ޝޭމްޕޫ ބޭނުންކޮށްގެން ބޯ ދޮންނައިރު، ރަނގަޅަށް ބޮލުގައި އާއި އިސްތަށިގަނޑުގައި ޝޭމްޕޫ ހޭކުމަށްފަހު ބޯ މަސާޖުކޮށް، ވަގުތުކޮޅެއް ވަންދެން ދޮވެނުލާ މަޑުކޮށްލުން ރަނގަޅެވެ. މިގޮތުގެ މަތިން އާދަކޮށް މި ޝޭމްޕޫ ބޭނުންކުރާ ނަމަ އިސްތަށިގަނޑުގެ ދުޅަހެޔޮކަން އިސާހިތަކު ފެނި، އިސްތަށިގަނޑުގެ ތާޒާކަމާއި ރީތިކަން އިތުރުކޮށްދެއެވެ.

ހަމަ އެހެންމެ ބޮލުގެ އިސްތަށިތަކަށް ގެއްލުން ލިބޭ މާއްދާތަކާއި ބައިތަކުން އިސްތަށިގަނޑު ރައްކާތެރިކޮށްދިނުމުގައި މި ޝޭމްޕޫ މުހިންމު ދައުރެއް އަދާ ކުރެއެވެ. އަދި އިރުގެ ގަދަ ހޫނުން އިސްތަށިގަނޑަށް ލިބޭ ގެއްލުމަށް ފަރުވާކޮށް، ބޭރުގައި އުޅޭ އުޅުމުގައި އިސްތަށިގަނޑުގައި އަށަގަންނަ ގެއްލުންދެނިވި ބައިތައް މި ޝޭމްޕޫ އިން ދޮވެލުމުން ވަގުތުން ފިލައިދެއެވެ.

2. އޯގަނިކް ކޮކޮނަޓް ހެއާ ޓްރީޓްމަންޓް

މިއީ އިސްތަށިގަނޑަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ފަރާތްތަކަށް ޚާއްސަ ފަރުވާއެކެވެ. "ފުޓަވަން - އޯގަނިކް ކޮކޮނަޓް ހެއާ ޓްރީޓްމަންޓް" ބޭނުންކުރަން ވާނީ، ޝޭމްޕޫ ބޭނުންކޮށްގެން ރަނގަޅަށް ބޯ ދޮވެލުމަށްފަހުއެވެ. މި ފަރުވާ ހޯދުމުގެ ކުރިން ބޯ ދޮތުމުގައި ފުޓަވަން ބްރޭންޑުގެ ޝޭމްޕޫ ބޭނުންކުރުމަކީ، ނަތީޖާ އަވަހަށް ދައްކުވައިދޭނެ ކަމެކެވެ. އެއީ މި ބްރޭންޑުގެ ހެއާ ޓްރީޓްމަންޓް އުފެއްދުންތަކަކީ، އެއް އުފެއްދުމަކާ އަނެއް އުފެއްދުމަކާއި ގުޅޭގޮތަށް އުފައްދާފައިވާ އުފެއްދުންތަކަށް ވާތީއެވެ.

"ފުޓަވަން - އޯގަނިކް ކޮކޮނަޓް ހެއާ ޓްރީޓްމަންޓް" ކޮންމެ ދުވަހަކު ބޯ ދޮވެލުމަށްފަހު އެއްފަހަރު ބޭނުން ކުރެވިދާނެއެވެ. މިގޮތުން އިނގިލީގެ ކޮޅުގައި މި ފުޅީގައިވާ ކްރީމް ހޭކުމަށްފަހު އެއިން ރަނގަޅަށް ބޮލަށް މަސާޖް ވާނެހެން އިސްތަށިގަނޑުގައި އާއި އިސްތަށިތަކުގެ ކޮޅުގައި އަދި ބޮލުގެ ހަންގަނޑުގައި ހާކާލަންވާނެއެވެ. 3 މިނެޓާއި 5 މިނެޓާއި ދެމެދުގެ ވަގުތުކޮޅެއް ވަންދެން މި ކްރީމުން ބޯ މަސާޖުކޮށްލާފައި ރީތި ފެނުން ބޯ ދޮވެލަންވީއެވެ. މިގޮތުގެ މަތިން އާދަކޮށް މި ފަރުވާ ހޯދާތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭގެ ރަނގަޅު ނަތީޖާ ފެނިގެންދާ ކަމަށް މި ފަރުވާ ލިބި، ތަޖުރިބާކޮށްފައިވާ ބުނަމުން ދެއެވެ.

ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ފުޓަވަން ބްރޭންޑުގެ އުފެއްދުން ރާއްޖޭގައި ވިއްކަމުން ދަނީ، ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އޮންލައިން ވިޔަފާރިކުރާ "ލިބޭއެމްވީ" އިންނެވެ. "ލިބޭއެމްވީ" އިން ތަކެތި އޯޑަރު ކުރުމުގެ ފުރުސަތު، އެފަރާތުގެ ފޭސްބުކް ޕޭޖު މެދުވެރިކޮށްވެސް ކަސްޓަމަރުންނަށް އޮތްއިރު، "ލިބޭއެމްވީ"ގެ ނަމްބަރު، 9946822 އަށް ގުޅައިގެންވެސް އޯޑަރުކޮށް މައުލޫމާތު ސާފު ކުރުމުގެ ފުރުސަތު ވަނީ ހުލުވާލާފައެވެ. "ލިބޭއެމްވީ"ގެ ޕްރޮޑަކްޓުތައް މާލެއިން ބައްލަވައިގަންނަވާ ފަރާތްތަކަށް އިތުރު އަގަކާއި ނުލާ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް އެފަރާތުން އަންނަނީ ފޯރުކޮށްދެމުންނެވެ.

"ލިބޭއެމްވީ" އިން "ފުޓަވަން - އޯގަނިކް ކޮކޮނަޓް ހެއާ ޝޭމްޕޫ" ފުޅިއެއް ވިއްކަނީ 250 ރުފިޔާއަށެވެ. އަދި "ފުޓަވަން - ކޮކޮނަޓް ހެއާ ޓްރީޓްމަންޓް" ފުޅިއެއް ވިއްކަނީ 300 ރުފިޔާއަށެވެ.



"ލިބޭއެމްވީ" އިން ވިއްކާ ބައެއް އެހެން ޕްރޮޑަކްޓުތަކުގެ ތެރޭގައި:

1. ދަތްފަނިކެއުން ހުއްޓުވާ ޚާއްސަ ދަތްއުނގުޅާ ބޭސް
(އަގު: 145 ރުފިޔާ) [އިތުރު މައުލޫމާތު]


2. ސެންޓިއޯ އަލޮވެރާ & ހަޔަލަނޭޓް ފޭޝަލް މާސްކް އަދި ސްކްރަބް
(އަގު - ފޭޝަލް މާސްކް: 300 ރުފިޔާ) / (އަގު - ފޭޝަލް ސްކްރަބް: 300 ރުފިޔާ) [އިތުރު މައުލޫމާތު]


3. އަލޮވެރާ ޖެލް
(އަގު: 150 ރުފިޔާ) [އިތުރު މައުލޫމާތު]


4. ކްލިނިކް: ފްރެޝް ޕްރެސްޑް - 7 ޑޭއި ސިސްޓަމް (1000 ރުފިޔާ) [އިތުރު މައުލޫމާތު]


5. ވަޓްސަން ބޮޑީ ވޮޝް - ސްޓްރޯބެރީ (410 ގްރާމް: 190 ރުފިޔާ) [އިތުރު މައުލޫމާތު]


6. ވަޓްސަން ބޮޑީ ވޮޝް - ޓަމަރިންޑް (410 ގްރާމް: 190 ރުފިޔާ) [އިތުރު މައުލޫމާތު]


7. ޕަތުންތިޕް - ހެއާކެއާ ޕެކް (1250 ރުފިޔާ) [އިތުރު މައުލޫމާތު]


8. އަނގައިން ނުބައިވަސް ކަނޑުވާލާން އެންމެ މޮޅު "ކޮކޯމޭޓް" (40 ރުފިޔާ) [އިތުރު މައުލޫމާތު]


9. އަތުގެ ހަންގަނޑު މަޑުކޮށް، ތާޒާކޮށްދޭ ""ފުޓްވާން ހޭންޑްކްރީމް" (130 ރުފިޔާ) [އިތުރު މައުލޫމާތު]


10. ދުވަސްކޮޅެއްގެ ތެރޭގައި ދަތްތައް ދެގުނައަށް ހުދުކޮށްދޭ "ރަސްޔަން - އެކްސްޓްރާ ވައިޓް ހާބަލް ޓޫތްޕޭސްޓް" (150 ރުފިޔާ) [އިތުރު މައުލޫމާތު]