ރާއްޖޭގައި މަގުބޫލުކަން ހޯދާފައިވާ ޕޮލިތީން ޕެކިން ރޯލަކީ އެކިބާވަތުގެ ކަނޑުމަހާއި ކާބޯތަކެތި ބަންދުކޮށް ގިނަދުވަހު ރައްކާތެރިކަމާއިއެކު ބެހެއްޓުމަށް ހާއްސަ ރޯލެކެވެ. ތަފާތު އެކި ސައިޒުތައް ހުންނަ މިރޯލްތަކުން ފަސޭހަކަމާއިއެކު ލުއިކާނާއާއި ކަނޑުމަހާއި، ތަރުކާރީއާއި އެކި ވައްތަރުގެ ހެދިކާ އާއި ނަޓުސް ބަންދުކޮށް ތާޒާކަންމަތީގައި ބެހެއްޓުމަށް ބޭނުން ހިފިދާނެއެވެ.
ޕެކިންގ ރޯލުން ބޭނުން ސައިޒަކަށް ކޮތަޅު ހަދާލެވޭނެއެވެ.
ޕެކިންގ ރޯލުގެ އަގުތައް
"4 އިންޗީގެ 1 ކިލޯގެ އަގަކީ -/150 ރ.
"4.8 އިންޗީގެ 1 ކިލޯގެ އަގަކީ -/150 ރ.
"6 އިންޗީގެ 1 ކިލޯގެ އަގަކީ -/150 ރ.
"8 އިންޗީގެ 1 ކިލޯގެ އަގަކީ -/150 ރ.
ޕެކިންގ ރޯލް ލިބެން ހުންނާނީ ޗާންދަނީމަގު ޖަލާލުއްދީން މިސްކިތް ކުރިމަތީގައި ހުންނަ ސޮއްޓިބިޒް ފިހާރައިންނެވެ.
އެފިހާރައިން މައުލޫމާތުދޭ ގޮތުގައި މާލޭގެ ހުރިހާ ގޭބީސީ ތަކަށާއި ހުޅުމާލެ އަށްވެސް އިތުރު އަގަކާއިނުލައި ޕެކިންގ ރޯލް ޑެލިވަރީކޮށް ދެމުން ދާނެއެވެ. އަދި އޮޑި ދޯނި ފަހަރަުތަކަށްވެސް ޑެލިވަރީގެ ހިދުމަތް ލިބޭނެއެވެ.
ސޮއްޓި ބިޒް ފިހާރައިން ގަންނަން ބޭނުންވާ ތަކެއްޗަށް އޯޑަރު ކުރެމަށް 7750004 އާއި ގުޅައިލައިން ނުވަތަ ވައިބަރ ކޮށްލެވިދާނެ އެވެ.
ސޮއްޓި ބިޒް އިން ބުނީ އެތަނުގައި ޕެކިންގ އާއި ގުޅޭ އެކިވައްތަރުގެ ރޯލުތަކާއި އެކި ސައިޒުތަކުގެ ވެކިއުމް ބޭގްސް ލިބެން ހުންނާނެ ކަމަށެެވެ.
އަދި ސާމްޕަލް ބޭނުންވާ ފަރާތްތަކަށް ސޮއްޓި ބިޒް ފިހާރައިން ހިލޭ އެ އިންތިޒާމް ވަނީ ހަމަޖެހިފައިވާ ކަަމަށް އެ ފިހާރައިން ބުނެއެވެ.