700 ޓަނުގެ މުދަލާއި އެކު ހދ.ކުޅުދުއްފުށީގައި ކާގޯ ފެެެރީ ބަނދަރުކޮށްފިއެވެ.
އިންޑިއާގެ ކޮޗިނާ ކުޅުދުއްފުއްޓާއި ދެެމެދު މިދިޔަ އަހަރުގެ ސެޕްޓެމްބަރު 26 ވަނަ ދުވަހު ކާގޯ ފެެރީގެެ ހިދުމަތް ފަށާފައިިވާއިރު، މިއީ މިއަހަރުގެެ ތެރޭޭގައި އިންޑިއާ އާއި ރާއްޖެއާ ދެމެެދު މިފަދަ ދަތުރެއް ކުރި ފުރަތަމަ ފަހަރެެވެެ.
އެސްޓީއޯގެެ ދަށުން ހިންގަމުން އަންނަ މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، 700 ޓަނުގެ މުދަލާއި އެކު މިއަދު ކުޅުދުއްފުއްޓަށް ބޯޓު ބަނދަރުކޮށްފައިވާ ކަމަށެވެ.
އެކަން ފާހަގަކުރައްވާ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، މިފަހަރު ބޯޓު ސީދާ ކުޅުދުއްފުއްޓަށް އައިސްފައި ވަނީ ގިނަ އަދަދެއްގެ މުދަލާއި އެކުު ކަމަށާއި، ކޮންމެ ދަތުރެއްގައި ގެންނަ މުދާވެސް އަންނަނީ އިތުރުވަމުން ކަމަށެވެ.
އިންޑިޔާއިން ސީދާ ކުޅުދުއްފުއްޓަށް މިފަހަރު ބޯޓު އަންނަނީ 700 ޓަނުގެ މުދާ ހިފައިގެން.
ކޮންމެ ދަތުރެއްގަ ގެންނަ މުދާ ދަނީ އިތުރުވަމުން. https://t.co/5fan0CpabU— Amr 🎈 (@HusenAmr) January 2, 2021
އެމްއެސްއެެސް އިން ހާމަކުރައްވާފަައިވާ ގޮތުގައި މިފަހަރު ގެނައި މުދަލުގެ ތެރޭޭގައި ގިނައީ އިމާރާތް ކުރުމަށް ބޭނުންކުރާ ސާމާނެވެ.
ކާގޯ ފެރީގެ ހިދުމަތް ނުހުއްޓި ކުރިއަށް ގެންދިއުމަށްޓަކައި އިންޑިއާ ސަރުކާރުން ވަނީ އެއް އަހަރުގެ ތެރޭގައި ތިން މިލިއަން ޑޮލަރު ހަރަދު ކުރަން ނިންމައިފައެވެ. "އެމްސީޕީ ލިންޒް" ނަމަކަށް ކިޔާ ފެރީގައި ހަތަރު ބިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުދާ އުފުލޭނެ ކަމަށް ލަފާ ކުރެވެއެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއި ސިއްހީ ސާމާނާއި ބޭހާއި އަންނައުނާއި ފަރުނީޗަރާއި ދަގަނޑާއި އިލެކްޓްރޯނިކް ސާމާނާއި ވެހިކަލް ފަދަ މުދާތައް ހިމެނެއެވެ.
އިންޑިއާގެ ކާގޯ ފެރީއަކީ 380 ކޮންޓެއިނަރު، އަދި 3،000 މެޓްރިކް ޓަނުގެ ބްރޭކް ބަލްކް ކާގޯ ކެޕޭސިޓީ ހުރި ފެރީއެކެވެ. އެ ފެރީގެ ދިގު މިނުގައި 117 މީޓަރު ހުންނާނެއެވެ. މި ފެރީ މަހަކު ދެ ފަހަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު ދަތުރު ކުރާ ގޮތަށް ވަނީ ރާވައިފައެވެ.
ތިޔައީ ބަޔަކު އަޑުއަރުވާ ގޮތެވެ. ތީގައިހުރީ ގިނައިން މަސްތުވާ ތަކެއްޗެވެ. ދެން އިންޑިޔާސިފައިްނަށް ބޭނުންވާ ސިމެންތިއާއި ހިލަ ހިލަވެއްޔެވެ. ކޮންމެވެސް ވަރަކަށް ހިކިމުދާ ހުރީކަމުގައި ވެދާނެއެވެ.
އެހެންނާފަހެ އިންޑިއާ ސިފައިން މިތާއުޅެނީ ރާނާ ސިމެންތި ޖަހަންވިއްޔަ. އެހެންވެގެންތާ އެމީހުންނަށް ސިމެންތިއެގެންނަނީ
ފޮނިކެޑުމުގެ ބޭނުމެނެތް ތިޔަ ކާގޯބޯޓުން ގެންނަނަނީ ދިވެހިންގެ ބޭނުމަށްގެންނަ މުދަލެނޫން..ހަނިމާދޫގަތިބި އިންޑިޔާ ސިފަ އިންނަބޭނުންވާ މުދާގެންނަނީ.. އިންޑިޔާސިފަ އިންނަ ގެދޮރު އަޅަންބޭނުންވާ ސާމާނު އުފުލަދެނީ ދިވެހި ސިފަ އިން...ގަ އުމުގެ ފަޙުރުވެރި ދިވެހިސިފަ އިން އެމީހުންގެ ކޮޑުތަކުގަ އުފުލަދެނީ އަހަރެމެންގެ ގަ އުމުގެ ދުޝްމަނުންގެ މުދާ....
3000 ޓަނު އުފުލޭ ބޯޓަކުން 700 ޓަނު މީގެން ނުކުނާނީ ގެއްލުން 3 މިލިއަން ޑޮލަރު ޚަރަދު ކުރިއަސް ތިޔަކަން އަދި ވައިގާ ހިފާނެބާ
އެހެންވެ ދޯ ކޮންމެ ފަހަރަކު މާލެ އަށް ބޯޓް ގެނެސް ގިނަ މުދާ އެމްޕީ އެލް އަށް ބާލަނީ
ހޭބަލިވެދާނެ..
ބިރުގަނޭ، އިންޑިއާގެ ބަރުހަތިޔާރު ތައް ރާއްޖެ ގެނެސް އަތް ދަށު ލާފާނެތީ