މާލެ އާއި ކާށިދޫ އާއި ދެމެދު ދަތުރު ކުރާ ހަމައެކަނި ޑައިރެކްޓް ލޯންޗް ފެރީ "މައިދޫ ސްޕީޑް ލޯންޗް"ގެ އަރާމުކަމާއި، ފަސޭހަކަމުގެ ވާހަކަ ގިނަބަޔަކު ދައްކައެވެ.

މައިދޫ ޓްރެވެލް އެންޑް ޓުއާޒް ކުންފުނީގެ ފަރާތުން އެރަށު ރައްޔިތުންނަށް ފަސޭހައަކަށް ތައާރަފް ކުރި މި ލޯންޗް ފެރީގެ ހިދުމަތަކީ މިވަގުތު ކާށިދޫ އާއި މާލެ އާ ދެމެދު ދަތުރު ކުރާ ހަމައެކަނި ޑައިރެކްޓް ލޯންޗް ފެރީގެ ހިދުމަތެވެ. މި ލޯންޗް ފެރީއަކީ ކާށިދޫ ކަނޑަށްވެސް އެހާމެ ފަރިތަ، އެތައް ބަޔަކު މިހާރުވެސް ކާށިދޫއަށް ދިއުމަށް އިހްތިޔާރު ކުރާ އެންމެ ހަލުވި ލޯންޗް ފެރީއެވެ.

މައިދޫ ސްޕީޑް ލޯންޗު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ލޯންޗް ފެރީގެ ދަތުރެއްގެ ދިގުމިނަކީ އެއްގަޑިއިރާއި 30 މިނުޓެވެ. ޓިކެޓްގެ އަގަކީ 300 ރުފިޔާއެވެ.

މައިދޫ ސްޕީޑް ލޯންޗުގައި ހުންނަ ފަސެންޖަރުންގެ ސީޓްތަކަކީ އެންމެ އެ ފަސެންޖަރުންނަށް އެންމެ ފަސޭހަވާނެ ގޮތަކަށް ބައްޓަންކޮށްފައިވާ، އަދި ހުރިހާ ސީޓެއްވެސް ލޯންްޗްގެ ކުރިމައްޗަށް ވާ ގޮތަށް ފަރުމާކޮށްފައިވާ ފެރީ ލޯންޗެކެެވެ.

އަދި މިއީ އެރަށަށް ދަތުރު ކުރާ ހަމައެކަނި އެރަށަށް ނިސްބަތްވާ ލޯންޗުވެސް މެއެވެ.

މައިދޫ ސްޕީޑް ލޯންޗު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މި ފެރީން ދަތުރު ކުރަން ބޭނުންވާ ފަރާތްތަކުން ގުޅާނެ ނަމްބަރަކީ 9499191 އެވެ. މި ނަމްބަރަށް ވައިބާ، ޓެލެގްރާމް ނޫނީ ވަޓްސްއެޕް އިން މެސެޖްކޮށްގެންނާއި ގުޅައިގެންވެސް ޖާގަ ހޯދޭއިރު، މާދޫ ސްޕީޑް ލޯންޗުން މައުލޫމާތުދޭގޮތުގައި ސީޓް ބުކް ކުރަން ބޭނުންވާ ފަރާތްތަކަށް އެންމެ ފަސޭހަ ކަމަކީ ގުޅާލުމުގެ ބަދަލުގައި މެސެޖްކޮށްގެން ބުކިންގ ހަދާލެވުމެވެ.

މި ލޯންްޗް ފެރީގެ ހިދުމަތް ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް އޮންނާނެއެވެ. އެގޮތުން މި ލޯންޗް ކާށިދޫން ފުރާނީ ހެނދުނު 7:0ގައެވެ. އަދި މާލެ އިން ފުރާނީ މެންދުރުފަހު 15:00 ގައެވެ.

 

މައިދޫ ސްޕީޑް ލޯންޗު -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

މައިދޫއަކީ ރައްޔިތުންނަށް ބޭނުންވާ އެކި ކަންކަމުގައިވެސް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ. އެގޮތުން އެރަށުގައި ބާއްވާ އެކިއެކި ކުޅިވަރުގެ ހަރަކާތްތަކާއި އިޖްތިމާއީ ކަންކަމުގައި އެ ކުންފުނިން ފައިސާގެ ގޮތުންވެސް އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކޮށްލަން ޖެހެއެވެ.

މައިދޫ ސްޕީޑްގެ ފަރާތުން ކާށިދޫ ހެލްތް ސެންޓަރަށް އޭސީއެއް ހަދިޔާ ކުރުން

އަދި އޭގެ އިތުރުން އެރަށު އޮފީސްތަކަށްވެސް މި ކުންފުނީގެ އެހީތެރިކަން ލިބެއެވެ. އެގޮތުން ދާދި ފަހުން އެ ކުންފުނިން ވަނީ އެރަށުގައި ހުންނަ ސިއްހީ މަރުކަޒަށް އޭސީއެއް ހަދިޔާކޮށްފައެވެ.

މައިދޫ ސްޕީޑްގެ ފަރާތުން މައުލޫމާތު ދެމުން ބުނީ، އެ ކުންފުނިން ކުރިއަށް އޮތްތަނުގައި ކަސްޓަމަރުންނަށް ތަފާތު ޕްރޮމޯޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މޯޑު

    ތިރަށަށް ދަތުރުކުރާ ދެ ލޯންޗަށް އެރީމަ ތަފާތު ފެނުނު.
    ކަނޑު ކުޑަކޮށް ގަދައިރުވެސް ދަތުރު ކޮށްލަން މައިދޫ ސަޅި. ވަރަށް ފާހަގަ ކުރެވުނު ކަމެއް މި ބުނީ. ަަ

  2. އައިންތު

    މައިދޫ ގެ ހޮސްޕިޓާލިޓީ ބޮޑުތަނުން ރަނގަޅު.

  3. ލީއްކޮ

    އަހަރެން ދަނީ ފަތާފަ އޯކޭ ދޯ

    1
    2
  4. މަ

    މައިދޫ ދުއްވަން އިންން ސޮރު ވަރަށް ކުޅަދާނަ އިނގޭ. ކަނޑު ގަދަ ދުވަހަކު މަ ދިޔައިން ކާށިދޫއަށް.. އެ ދުވަހު އެނގުނު އެސޮރު މޮޅުކަން. ކަނޑު ގަދަ ކަމެއް ފީލްއެއް ނުވޭ ލޯންޗުގަ އިން އިރު

    1
    1
  5. kaasidoo

    Ma erin kaasidoo eduvva 2 loanch a ves. maidoo loanch maa araamey ma bunaanee aslu vxx

    1
    1