ރާއްޖޭގެ އެންމެ މަގްބޫލު ސައިކަލު ބްރޭންޑް، ހޮންޑާގެ ރާއްޖޭގެ އޮތޮރައިޒް ޑިސްޓްރިބިއުޓަރ ޝީޝާއަށް 34 އަހަރު ފުރުމާއި ގުޅިގެން ބޮޑު ޕްރޮމޯޝަނެއްބާއްވަން ނިންމައިފިއެވެ.
ޝީޝާއަށް 34 އަހަރުވީ މި އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހުއެވެ. 1987 ވަނަ އަހަރު ޝީޝާ ކުންފުނި ވުޖޫދުވިއިރު، އެ ކުންފުނިން ރާއްޖެއަށްހޮންޑާ ތައާރަފްކޮށްފައި ވަނީ 1997 ވަނަ އަހަރުއެވެ. ހަމަ އެ އަހަރު ހޮންޑާގެ ސޯލް ޑިސްޓްރިބުއުޝަންކަން ޝީޝާއަށް ލިބުނުއިރު އޭގެ ފަހުން އެކުންފުނިން ރާއްޖެއަށް ހޮންޑާ ބްރޭންޑްގެ ސައިކަލާއި، ޕަވާ ޕްރޮޑަކްޓްސްތައް އެތެރެ ކުރަން ފެށިއެވެ.
އަދި ސާވިސް ސެންޓަރެއްވެސް ހުޅުވިއެވެ. މިއާއެކު ކުންފުންޏަށް ލިބުނު ބޮޑު މަގްބޫލުކަމާއި އިތުރުބާރުގެ ސަބަބުން ރާއްޖޭގެ ބޮޑެތި ހުރިހާ އަތޮޅަކަށް ކުންފުނީގެ އައުޓްލެޓްތައް ފުޅާކުރިއެވެ.
ޝީޝާ އިން މިއަދު ބުނީ، އެ ކުންފުންޏަށް 34 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުގެ އަހަރީ ޕްރޮމޯޝަންގެ ނަމުގައި ބޮޑު ޕްރޮމޯޝަނެއް ބާއްވާންނިންމާފައިވާކަމަށެވެ.
އެގޮތުން މިފަހަރު ޝީޝާ ހޮންޑާގެ ކަސްޓަމަރުންނަށް ބޮޑެތި ޑިސްކައުންޓްތަކެއް ހުރިހާ ހޮންޑާގެ މޮޑެލް ތަކަކުން ދީފައި ވެއެވެ.
ފާހަގަކޮށްލަން ޖެހޭ ކަމަކަކީ ހުރިހާ ހޮންޑާ މޮޑެލްތަކަކުން އެއްކޮށް ފައިސާ ދައްކައްކައިގެން ސައިކަލު ނަގާ ފަރާތްތަކަށް ހާހުން ޑިސްކައުންޓް ލިބިގެންދާ ކަމެވެ.
އެއްކޮށް ފައިސާ ދައްކައިގެން ލިބެން ހުރި ސައިކަލުތަކުގެ ތެރޭގައި ހޮންޑާ އެއާބްލޭޑް 125 އަދި އެއާބްލޭޑް150، ސްކޫޕީކްލަބް12، ސްކޫޕީ ޕްރެސްޓީޖް، ވޭވްi125، ވިނާ އެކްސް 150، އޭޑީވީ 150، ޕީސީއެކްސް 160 އަދި ރެބެލް 300 ހިމެނެއެވެ.
މީގެ އިތުރުން ޝީޝާ އިން ވަނީ އެ ކުންފުނީގެ އައުޓެލްޓްތަކުން އިންސްޓޯލެމެންޓަށް ސައިކަލު ނަގާ ފަރާތްތަކަށް ޑައުންޕޭމަންޓުން ބޮޑު ލުއިތަކެއް ދީފައެވެ. އެއީ ސައިކަލުގެ ޑައުންޕޭމަންޓަށް 50% ދައްކައިގެން ބާކީ ފައިސާ 12 މަސް ދުވަހުގެ މުއްދަތަކަށް ބަހާލެވޭނެ ގޮތަށް ފަރުމާކޮށްފައިވާ ޒީރޯ ފައިނޭންސް ޗާޖްޕެކޭޖްގެ ދަށުންނެވެ. މި ޕެކޭޖްގައި އެއްވެސް އިތުރު ފައިނޭންސް ޗާޖެއް ނުހިމެނޭނެއެވެ.
ޝީޝާ އިން މައުލޫމާތު ދޭ ގޮތުގައި މި ޕްރޮމޯޝަން ޑިސެންބަރު މަހުގެ ނިޔަލަށް ދެމިގެން ދާނެއެވެ.
ޝީޝާގެ އަހަރީ ދުވަހާއި ގުޅުވިގެން ކުރިއަށްގެންދާ މި ޕްރޮމޯޝަންގެ މުއްދަތުގެ ތެރޭގައި ޝީޝާގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް ހާއްސަ ސަޕްރައިޒްތަކެއްކަސްޓަމަރުންނަށް ލިބިގެން ދާނެއެވެ.
ރާއްޖޭގެ ގިނަ ބައެއްގެ އިތުބާރު ހޯދާފައިވާ ޝީޝާއިން ވިއްކާ ހޮންޑާ ސައިކަލުތަކަކީ ރައްޔިތުންގެ މެދުގައި މަގްބޫލު ވެގެން ދިޔަ އުފެއްދުމެކެވެ. އަދި ހޮންޑާސައިކަލުތަކުގެ ޕަވާ ޕްރޮޑަކްޓްސް ތަކަކީ ވަރަށް ގިނަ ބައެއްގެ ސަޕޯޓް ހޯދާފައިވާ އުފެއްދުންތަކެއްވެސް ފާހަގަކޮށްލަން ޖެހެއެވެ.
މީގެ އިތުރުން ޝީޝާއަކީ ހޮންޑާ ސައިކަލު އެއްވެސް މެދުވެރިއަކާއި ނުލާ ސީދާ ހޮންޑާގެ ފެކްޓްރީން ރާއްޖެ ގެންނަ ހަމަ އެކަނި ޑިސްޓްރިބިއުޓާކަންފާހަގަކޮށްލަން ޖެހެއެވެ.
މިއަދު ރާއްޖޭގެ ބޮޑެތި ހުރިހާ އަތޮޅެއްގައި ޝީޝާގެ އައުޓްލެޓްތައް ގާއިމްކޮށްފައި ވެއެވެ. އެގޮތުން ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީ، ގދ. ތިނަދޫ، ގއ.ވިލިނގިލި ލ. ގަން އަދި މާލެ އާއި ހުޅުމާލޭގައި އައުޓްލެޓްތައް ގާއިމްކޮށްފައި ވެއެވެ.