ދިވެހީންނަކީވެސް ފާސްޓްފުޑުގެ ބާވަތްތަކަށް ވަރަށް ލޯބިކުރާ ބައެކެވެ. އެކަމަކު ދިވެހީން ބޭނުންވާ ކަހަލަ ރަހަތަކާއެކު ފާސްޓްފުޑުގެ އައިޓަމްތައް ލިބޭ ތަންތަން މަދެވެ. އެއީ ކެއުމަށް ލޯބިކުރާ މީހުންގެ ބޮޑު ކަންބޮޑުވުމެކެވެ. ނަމަވެސް އެކަން ބަދަލުކޮށް ފާސްޓްފުޑަށް ލޯބިކުރާ މީހުންނަށް މި ފަހަރު މި އޮތީ އުފާވެރި ޚަބަރެކެވެ. އެއީ "ޕިއްޒާ ޓައިމް" އެވެ. ޕިއްޒާ ޓައިމް ނިކުމެ ތިބީ ދިވެހީންގެ މެދުގައި އެންމެ މަގުބޫލް ފާސްޓްފުޑުގެ ތަފާތު ބާވަތްތައް ދިވެހިންނާއި ހަމައަށް ގެނެސްދިނުމަށެވެ.

ޕިއްޒާ ޓައިމް ދިވެހިންނާއި ހަމައަށް ގެނެސްދޭނީ ދިވެހީން އެންމެ ބޭނުންވާ ތަފާތު ރަހަތަކުގެ ޕިއްޒާ އާއި ސަބްމެރީން އާއި ބާގާ އެވެ. އަދި ޝަވަރުމާ އާއި ޕާސްތާގެ އިތުރުން އެހެނިހެން ފާސްޓް ފުޑްގެ ބާވަތްތަކުން ދިވެހިން ކުޅު ދިޔާ ކޮށްލާނެއެވެ.

"ޕިއްޒާ ޓައިމް" އިން ފުރަތަމަ ރަހަ ބަލާލަންވީ އެންމެ މަގްބޫލުކަން ހޯދާފައިވާ "އަލްޓިމޭޓް ބީފް ޕިއްޒާ" އެވެ. ޗިކަން ޕިއްޒާއެއް ނަމަ "އަލްޓިމޭޓް ޗިކަން ޕިއްޒާ" އަދި "ފްލޭމިން ބަޓާ ޗިކަން ޕިއްޒާ" އެވެ. މި ނޫންވެސް ތަފާތު ބާވަތްތަކުގެ ޕިއްޒާގެ ރަހަތައް ތަފާތުވެފައި މީރެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ އޯޑަރު ކުރާ ކޮންމެ ޕިއްޒާއަކާއެކު ކޯކު ފުޅިއެއް ހިލޭ ލިބޭނެ އެވެ.

އޭގެ އިތުރުން، "ޕިއްޒާ ޓައިމް" އިން މިފަހަރު ގެނެސްދެނީ ސަބްމެރީންގެވެސް މުޅީން ތަފާތު ރަހައެކެވެ. ސަބްމެރިން ކާހިތްވާ މިހުންވެސް މި ނުކައި ދޫކޮށްލާކަށް ނުވާނެއެވެ. އެގޮތުން "ބީފް ފިއެސްޓާ ސަބްމެރީން" ކައިފި ކޮންމެ މީހެއްވެސް ވަރަށް މީރު ކަމަށް ރިވިއު ދެއެވެ. މި ސަބްމެރީންގައި ހަތަރު ބާވަތެއްގެ ބީފް ހިމެނެއެވެ. އަދި ސްޕެޝަލް ސަބް ސޯސް އެހާ ތަފާތެވެ. ޔަގީނުންވެސް ރާއްޖޭގައި ނަން މަޝްހޫރު ސަބްމެރީން ތަކަށްވުރެ ރަހަ ތަފާތުވެފައި މީރެވެ. އެހެންކަމުން އަވަހަށް ޕިއްޒާ ޓައިމް އިން ސަބްމެރިން އަކަށް އޯޑަރު ކޮށްލާށެވެ. އޭރުން މިއީ ސަބްމެރީންގެ މުޅީން ތަފާތު ރަހައެއް ކަން ޔަގީން ކުރެވޭނެ އެވެ.

އެންމެ ފަހުން ތައާރަފްކުރި ޝަވަރުމާ އަދި ވަކިން މީރު ކަމަށް މީހުން ދަނީ ބުނަމުންނެވެ. އާއްމުކޮށް ލިބެން ހުންނަ ޝަވަރުމާއާއި މިޝަވަރުމާ ތަފާތުވެފައި ކޮލެޓީވެސް އެހާމެ ރަނގަޅެވެ. ޕިއްޒާ ޓައިމް އިން ލިބެން ހުންނަ ޝަވަރުމާގެ ވައްތަރުތަަށް ބަލާއިރު، ޗިކަން, ބީފް އަދި މިކްސް ޝަވަރުމާ ހިމެނެއެވެ.

 

View this post on Instagram

 

A post shared by Pizza Time (@pizzatime.mv)

ޕިއްޒާ ޓައިމްގެ ޝަވަރްމާ އަކީ މާލެއިން ލިބެންހުރި އެންމެ މީރު ޝަވަރުމާ ކަމަށް ވަރަށް ގިނަ ކަސްޓަމަރުން ރިވިއު ދީފައި ވެއެވެ. އެހެންކަމުން މިތަނުން ޝަވަރުމާއަކަށް އޯޑަރުކޮށްގެން ކާލުމަށްފަހު އިންސާފު ކޮށްލާށެވެ.

މީގެ އިތުރުން ދިވެހީންނަކީ ފްރައިޒް ކެއުމަށް ޝައުގު ހުންނަ ބައެކެވެ. ކުޑަކުދީންނާއި ބޮޑެތި މީހުންނަށްވެސް ކޮންމެ ވަގުތަކަށްވެސް ފްރައިޒް މިއީ މީރު ކާނާ އެވެ. "ޕިއްޒާ ޓައިމް" އިން ފްރައިޒް ގެނެސްދެނީވެސް ތަފާތު ރަހަތަކަކާ އެކުގައެވެ. އެ ގޮތުން "ޗީޒީ ބީފް ފްރައިޒް" އަދި "ޗީޒީ ޗިކަން ފްރައިޒް" ލިބޭނެ އެވެ. ފްރައިޒް ކެއުމަށް ލޯބިކުރާ މީހުންނަށް މިއީ ތަފާތު ރަހައަކަށް ވެގެންދާނެ އެވެ.

މީގެ އިތުރުން އެކި ކަހަލަ މުނާސަބަތު ތަކަށް ހާއްސަކޮށް ޕެކޭޖް ޑީލްތައްވެސް ޕިއްޒާ ޓައިމް އިން ތައާރަފްކޮށްފައި ވެއެވެ. އޭގެ ތެރޭގައި އޮފީސް އެއްވެލުންތަކާއި، އާއިލީ ހަވީރުތަކަށްވެސް ވަރަށް ރަނގަޅު ޑީލް ތައް ހިމެނެެއެވެ.

"ޕިއްޒާ ޓައިމް" އިން ގެނެސް ދޭ މި ރަހަތަކާއެކު ކެއުމަށް ލޯބިކުރާ މީހުންނަށް މި އޮތީ ރަނުގެ ފުރުސަތެކެވެ. އަވަހަށް އޯޑަރު ކޮށްލާށެވެ. 7735377 ފޯން ނަންބަރާ ގުޅުމުން އޯޑަރު ދެވޭނެ އެވެ. ޕިއްޒާ ޓައިމް އިން މާލެ އާއި ހުޅުމާލޭގެ ކޮންމެ ތަނަކަަށްވެސް ހިލޭ ޑެލިވަރީ ކޮށްދޭނެއެވެ. އަދި ރަށްރަށުންނާއި ރިޒޯޓުތަކުގެ އޯޑަރު ބަލައިގަނެ ލޯންޗް, ފެރީތަކަށްވެސް ހިލޭ ގެންގޮސް ދޭނެ އެވެ. އަދި ޕިއްޒާ ޓައިމްގެ އައުޓްލެޓް އިން ޓޭކްއަވޭ ހިދުމަތްވެސް ލިބޭގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ޕިއްޒާ ޓައިމް ހުޅުވާފައި ހުންނާނީ މެންދުރު 11:00 އިން ދަންވަރު 12:00 އަށެވެ. ޑެލިވަރީ ހިދުމަތް 12:00ގެ ފަހުން ފަށާނެ އެވެ.