ހައްޖު އަދި އުމްރާގެ މަތިވެރި އަޅުކަމަށް ދުނިޔޭގެ އެތަން މިތަނުން ހައްޖާޖީން ސައުދީ އަރަބިއްޔާއަށް ދެއެވެ. އެތައް ދުވަހެއް ވަންދެން އެއް ކުރަމުންދިޔަ ފައިސާ އާއި، އެތައް ބައެއްގެ އެހީގައި އެ މީހުންނަށް މައްކާގެ މާތް ބިމަށް ދެވޭއިރު، އެ މީހުންގެ މޫނު މަތިން ފެނިގެން ދަނީ އުފާވެރި ކަމުގެ ކުލަވަރެވެ. އެތައް އަހަރުތަކެއް ވަންދެން ކުރި އުއްމީދުތަކާއި، ދެކެމުން އައި ހުވަފެންތަކުގެ ކުލަ ޖެހެމުންދާ ކަމުގެ އުފާވެރިކަމާއި އެކުގައެވެ. މި ދަތުރުގައި ދާ ކޮންމެ ބޭނުން ވަނީ އެ އަޅުކަމުގެ ބަރަކާތާއި ހެޔޮކަން ލިބިގަތުމަށެވެ.

އެހެންކަމުން ހައްޖު އަދި އުމްރާގެ އަޅުކަމަށް ފުރުމުގެ ކުރިން ވެސް ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއް އެޅުމުގެ އިހުތިޔާރު ހަމަ ކޮންމެ މީހަކަށްވެސް އޮތެވެ. އެއީ ހައްޖު އަދި އުމްރާގެ އަޅުކަން އަދާކުރުމަށް ކުރަމުންދާ ދަތުރުގެ ތެރެއިން ދިމާވެދާނެ ކަމަކާ މެދު ކަންބޮޑުވެ ހާސްވުމުން އެއްކިބާކޮށްދޭނެ ފިޔަވަޅެކެވެ.

އެ ހާއްސަ ފިޔަވަޅަކީ "ތަކާފުލް ޕްލޭނެ"ވެ.

އަޔާދީ ތަކާފުލްގެ ހައްޖު އެންޑް އުމްރާ ތަކާފުލް ޕްލޭނަކީ ދަތުރުގައި އުޅޭ އިރު ދިމާވެދާނެ މާލީ އަދި ސިއްހީ ބުރައަކުން ހައްޖާޖީން ރައްކާތެރިކޮށްދޭނެ ޕްލޭނެކެވެ.

އެގޮތުން ބަލާއިރު، ހައްޖުގެ އަޅުކަމާ ގުޅިގެން ކޮންމެ އަހަރަކު ވެސް ހައްޖާޖީންގެ މެދުގައި "ހައްޖު ރޯގާ" ފެތުރެއެވެ. ބައެއް ހައްޖުވެރިން ހައްޖުގެ އަޅުކަމުގައި އުޅޭއިރު ވެސް ހައްޖު ރޯގާ ޖެހި އަރިދަފުހުގެ އުނދަގުލުގެ އިތުރުން ހުން ގަދަވެ އަދި ހާލު ބޮޑުވެގެން އިތުރު ފަރުވާ ހޯދަން ވެސް ޖެހެއެވެ. މީގެ އިތުރުން ވިސްނާލުން މުހިންމެވެ މިދިޔަ ދެ އަހަރު ބޭރު ގައުމުތަކުން ހައްޖަށް ނުދެވޭ ގޮތަށް އޮތީ ކޮވިޑް-19 އާ ހެދިއެވެ. ދުނިޔޭގެ ގައުމުތަކުގެ ބޯޑަރުތައް ވަރަށް ބޮޑަށް ހުޅުވާލި ނަމަވެސް ކޮވިޑް-19 އަދިވެސް ފެތުރުމުގެ ފުރުސަތު އޮންނާނެއެވެ.

މީގެ އިތުރުން ހައްޖު އަދި އުމްރާ އަޅުކަން އަދާކުރުމުގައި އުޅެނީ އެއްފަހަރާ އެތައް ހާސް މީހުންނެވެ. އެހާ ގިނަ މީހުން އެއްތަންވެ އުޅޭ އިރު ޖިސްމާނީ އަނިޔާއެއް ވެސް ކުރިމަތިވެ، ފަރުވާ ހޯދަން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

މިއިން ކޮންމެ ހާލެއްގައި ވެސް ސިއްހީ ފަރުވާ ކުރުމަށް އަތުން ދާ ހަރަދަކީ ބުރައަކަށް ވެދާނެއެވެ. ބޭރު ގައުމެއްގައި ސިއްހީ ފަރުވާ ހޯދުމަކީ އަގުބޮޑު ކަމެކެވެ.

އެކަމަކު އަޔާދީގެ ހައްޖު އެންޑް އުމްރާ ތަކާފުލް ޕްލޭނެއް އޮތް ނަމަ, މިފަދަ މެޑިކަލް އެމަޖެންސީތަކުގައި ސިއްހީ ފަރުވާއަށް ކުރަންޖެހޭ ހަރަދުތައް ކަވަރުކޮށްދޭނެއެވެ. މިފަދަ ހާލަތެއް ކުރިމަތިވެއްޖެނަމަ ވަގުތުން އެކަން އަޔާދީ ތަކާފުލްއަށް އީމެއިލް މެދުވެރިކޮށް ނުވަތަ "މައިއެލައިޑް" ޕޯޓަލް މެދުވެރިކޮށް އަންގަން ވާނެއެވެ. އޭރުން އެކަމުގައި ކުރިއަށް ދަންވީ ގޮތުގެ އިރުޝާދުތައް އަޔާދީން ފޯރުކޮށްދޭނެއެވެ.

ހައްޖަށާއި، އުމްރާއަށް ދިއުމަށް ފުރާ ދުވަސް ގާތްވަމުންދާ އިރު, އަޔާދީން ހައްޖު އެންޑް އުމްރާ ތަކާފުލް ޕްލޭނެއް ބައްލަވައިގަންނަންވީ ނޫންތޯއެވެ؟.

ސިއްހީ ކުއްލި ހާލަތްތަކުގެ އިތުރުން، އަތުގައި އޮތް ޕާސްޕޯޓު ނުވަތަ ދަބަސް ނުވަތަ އަގުހުރި އެއްޗެއް ގެއްލިއްޖެނަމަ އެކަމުގެ ބަދަލު ވެސް މި ތަކާފުލް ޕްލޭނުން ލިބޭނެއެވެ.

މި ޕްލޭނަކީ ދެ މަސްދުވަހުގެ މުއްދަތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދޭ ޕްލޭނެކެވެ. އަގަކީ ބޮލަކަށް އެންމެ 1,000 ރުފިޔާއެވެ. އަދި ކޮވިޑް-19 ޖެހިގެން ކުރަންޖެހޭ ހަރަދުތަކަށް އޮޕްޝަނަލް ކަވަރޭޖެއް ވެސް އިތުރު 250 ރުފިޔާ ދައްކާލައިގެން ޕްލޭނުގެ ދަށުން ލިބޭނެއެވެ. އެލައިޑަށް ފޯމު ހުށަހަޅާއިގެން ނުވަތަ އެއަށްވުރެ މާ ފަސޭހަކަމާއެކު "މައިއެލައިޑް" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ހުށަހަޅާއިގެން ވެސް މި ތަކާފުލް ޕްލޭން ބައްލަވައިގަންނަންވީ އެވެ.

އެލައިޑް އިންޝުއަރަންސްގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" އަކީ އިސްލާމީ ޝަރީޢާގެ އަސާސްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމިއްލަ ފަރުދުންނާއި ކުންފުނިތަކަށް ކުރިމަތިވެދާނެ މާލީ ގެއްލުންތަކަށް ރައްކާތެރިކަން ފޯރުކޮށްދޭ އިސްލާމިކް ވިންޑޯއެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަޙުމަދު

    ހައްޖު އަދި އުމުރާ ވެރިން ބަލިވުމުން ބޭސް ކުރަނީ ސައޫދީ ސަރުކާރުން ހިލޭ އަދި ހައްޖު ގުރޫޕް ތަކުން ވެސް އެހީތެރިވެދެއެވެ. ވީމާ އެއްހާސް ރުފިޔާ ކީއްކުރަންތޯ ޚަރަދު ކުރަންވީ؟