ރާއްޖޭގެ އެންމެ ފުރަތަމަ އަތަރު ބްރޭންޑް، އޫދް އަލް ސަބާޔާއިން މިދިޔަ އަހަރު ފަހުކޮޅު ފެށި އަހަރު ނިންމާ ސޭލްގައި، ވިޔަފާރިކޮށްގެން ތުރުކީއަށް ދަތުރެއް ލިބޭ ގޮތަށް ކުރިއަށްގެންދިޔަ ޕްރޮމޯޝަންގެ ދެ ނަސީބުވެރިން ހޮވައިފިއެެވެ.

ގިނަބައެއްގެ އެންމެ މަގުބޫލު އަތަރު ބްރޭންޑް އޫދް އަލް ސަބާޔާ އިން ޑިސެމްބަރު 15 ގައި ފެށި މި ޕްރޮމޯޝަން ނިމުނީ މާރިޗް އެއް ވަނަ ދުވަހުއެވެ.

އެ ބްރޭންޑް މާލެ އަދި ހުޅުމާލެ ފިހާރައިން 200ރ. އިން މަތިން ވިޔަފާރިކޮށްގެން ދެ މީހަކަށް ތުރުކީއަށް ދެވޭ ގޮތަށް ކުރިއަށްދިޔަ އެ ޕްރޮމޯޝަނަށް ގިނަބައެއްގެ ތަރުހީބު ލިބިގެން ދިޔައިރު، އަންގާރަ ދުވަހު ވަނީ އެ ނަސީބުވެރިން ހޮވައިފައެވެ.

މާލެ ފިހާރައިގެ ނަސީބުވެރިއަކަށް ހޮވުނު އަބްދުﷲ

އެގޮތުން މާލެ ފިހާރައިގެ ނަސީބުވެރިއަކަށް ހޮވުނީ އަބްދުﷲ އެވެ.

އަދި ހުޅުމާލޭ ފިހާރައިގެ ނަސީބުވެރިއަކީ މުހައްމަދު ޒުބައިރު އެވެ.

ހުޅުމާލޭ ފިހާރައިގެ ނަސީބުވެރިއަކީ ހޮވުނު މުހައްމަދު ޒުބައިރުގެ ބަދަލުގައި މީހަކު އިނާމު ލިބުނު ރަމްޒީ ޕޯސްޓަރާއި ހަވާލު ވަނީ

އޫދް އަލް ސަބާޔާއިން އަބަދުވެސް ތަފާތު ޕްރޮމޯޝަންތައް ކަސްޓަމަރުންނަށް ގެންދާކަން ފާހަގަކޮށްލެވެއެވެ. މިހާރު އޫދް އަލް ސަބާޔާއިން ދަނީ ރޯދަ މަހާއި ދިމާކޮަށް ހާއްްސަ ޕްރޮމޯޝަނެއް ފެށުމަށެވެ.

އޫދް އަލް ސަބާޔާގައި އެ ބްރޭންޑްގެ އަމިއްލަ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ އަތަރާއި، ސެންޓް އަދި ލޯޝަނާއި އެއާ ފްރެޝްނާ ލިބެން ހުންނައިރު، ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އަތަރާއި، ޕާފިއުމްސް ރާއްޖެއަށް އެންމެ ގިނައިން ތައާރަފް ކުރާ ބަޔަކީވެސް މިއީއެވެ.

އޫދް އަލް ސަބާޔާއަށް ގުޅޭނެ ނަމްބަރަކީ 9495757 އެވެ. އޫދް އަލް ސަބާޔާގެ މާލެ ފިހާރަ ހުންނާނީ މާފަންނު މިރިޔަސް މަގު (އިހުސާން ފިހާރަ މަގު)ގައެވެ. އަދި އޫދް އަލް ސަބާޔާ ހުޅުމާލެ ފިހާރަ ހުންނަނީ ނިރޮޅު މަގު، ގޯޅި 2 (މެރެތަން ޝޮޕް) ޖެހިގެންނެވެ.