ނިރުބަވެރިން ފަަލަސްތީނުގެ ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުގައި އިތުރު ދެ ނޫސްވެެރިން ޝަހީދުކޮށްލާފައިވާ ކަމަށް ގުދުސް ނެޓްވޯކް އިން އިއްޔެ ބުނެފިއެވެ.

ޣައްޒާގައި ހިންގަމުންދާ ގަތުލު އާންމުގައި ނޫސްވެރިންްނަށް އަމާޒުކޮށް ހަމަލާތައް ދެމުންދާކަަމުގެ ތުހުމަތު ކުރެވެމުންދެއެވެ.

ގުދުސް ނެޓްވޯކް އިން އިއްޔެ ބުނެފައިވާގޮތުގައި، ޣައްޒާގައި ހުންނަ ފަލަސްތީނުގެ މީޑިއާ ސެންޓަރުގެ ޑިރެކްޓަރު، ނޫސްވެރިޔާ ޑރ.ރިޒްކް އަލް ޣަރަބްލީ ޝަހީދުކޮށްލާފައިވާކަން ޣައްޒާ ސަރުކާރުގެ މީޑިއާ އޮފީހުން ވަނީ ހާމަކޮށްފައެވެ.

އޭގެ އިތުރުން ޣައްޒާގެ ދެކުނުގައި އޮންނަ ރަފާހުގައި އިޒްރޭލުން ދިން ހަމަލާއެއްގައި ނޫސްވެރިޔާ ޒަކަރިއްޔާ އަބޫ ޣާލީ އާއި އޭނާގެ މަންމަ އާއި ކޮއްކޮ ޝަހީދުކޮށްލާފައިވާ ކަަމަށްވެސް ބުނެފައި ވެެއެވެ.

އިސްރާއީލުގެ ޖަރީމާފެށުނު ފަހުން ޣައްޒާގައި ނޫސްވެރިން ޝަހީދުވި އަދަދު ވަނީ 124 އަށް އަރާފައެވެ.

ނިރުބަވެރިން ދެމުން އަންނަ ހަމަލާތަކުގައި މިހާތަނަށް ޣައްޒާއިން 27،585 މީހަކު ޝަހީދުވެފައިވާއިރު، 66،978 މީހަކަށް އެކިވަރުގެ ޒަހަމްތަކެއް ވެފައިވާ ކަމަށް ފަހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.