މާޗު މަހުގެ 10 ވަނަ ދުވަހާއި ހަަމައަށް ހަމާސް އިން ޣައްޒާގައި ތިބި ހުރިހާ އަސީރުން މިނިވަން ނުކޮށްފި ނަމަ ރަފަހް އަށް ހަމަލާ ދޭނެ ކަމަށް އިސްރާއީލުގެ ހަނގުރާމަ ކެބިނެޓްގެ މެމްބަރު ބެނީ ގަންޓްޒް ބުނެފިއެވެ.

މިއީ އިސްރާއީލުން ޣައްޒާގެ ބައިބޯ ރަފަހް އަށް އަރާނެ ވަގުތެއް ހާމަ ކުރި ފުރަތަމަ ފަހަރެވެ.

" ދުނިޔެއަށް އެނގެން ޖެހޭ އަދި ހަމާސް ގެ ލީޑަރުންނަށްވެސް އެނގެން ޖެހޭ ރަމަޟޯން މަސް އަންނަން ވާއިރަށް ރަހީނުން އެނބުރި ނައިސްފިނަމަ ހުރިހާ ތަނެއްގައި ހަނގުރާމަ ކުރިއަށްދާނެ، އޭގެ ތެރޭގައި ރަފަހް ސަރަހައްދުވެސް ހިމެނޭ." އިއްޔެ ވާހަކަ ދައްކަމުން އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ކަންވެސް ކުރިން ކޮށްފައިވާ ގަންޓްޒް ބުނެފައި ވެއެވެ.

މިއަހަރުގެ ރަމަޟާން މަސް ފެށޭނީ މާޗް މަހުގެ 10 ވަނަ ދުވަހުއެވެ.

އަދި މަރުވާ އާންމުން ގެ އަދަދު މަދު ކުރުމަށްޓަކައި އާންމުން ރަފަހް އިން ނެރުމަށް އެމެރިކާ އަދި މިސްރުގެ ބައިވެރިންނާއި އެކު އިސްރާއީލުން މަސައްކަތް ކުރާނެ ކަމަށްވެސް ގަންޓްޒް ވަނީ ބުނެފައެވެ.

ނަމަވެސް އެތައް ބަޔަކު އެއްވެފައިވާ ރަފަހް އިން މީހުން ނެރޭނެ ގޮތެއް އިސްރާއީލުން ހާމަ ކޮށްފައެއް ނުވެއެވެ.

ރަމަޟާން މަސް ފެށެން ބަރާބަރު ތިން ހަފްތާއަށް ވެފައިވާއިރު، ރިޕޯޓުތައް ބުނާގޮތުގައި ރަފަހް ގައި ތިބި ބައެއް މީހުން ދަނީ އެ ސަރަހައްދު ދޫކޮށް ހުޅަނގަށް ދަތުރު ކުރަމުންނެވެ. ނަމަވެސް ގިނަ މީހުން އަދިވެސް ހަދާނެ ގޮތެއް ނޭނގިފައި އެ ސަރަހައްދުގައި މަޑު ކޮށްގެން ތިބީ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

1.5 މިލިއަނެއްހާ މީހުން އެއްވެފައިވާ ރަފަހް އަށް އެރުމަށް އިސްރާއީލުން ތައްޔާރު ވަމުންދާ އިރު، އެކަމާއި ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ އަޑުއުފުލަމުންނެވެ. ނަމަވެސް ހަމާސް ނައްތާލަން ކަމަށް ބުނެ ރަފަހް އަށް އެއްގަމު މަގުން އަރާ ހަނގުރާމަ ކުރަން އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ވައުދު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. Anonymous

    ޔާﷲ މިނުބައި ޔަހޫދީ ބައިގަޑަށް ގަދަފަދަ ކޯފާއެއް ފޮނުއްވާ ޔަހޫދީންގެ ބާރު ނެތިކުރައްވާ، މުސްލިމުން ރައްކާތެރި ކުރައްވާ ނަޞްރު ދެއްވާންދޭވެ އާމީން

    24
  2. ރަބުކީ

    ހަމާސް ނައްތާލަނީޔޯ ކިޔަނީ. އެކަމަކު މަރަނީ އާއްމުންގެ މީހުން. ބޮންއަޅަނީ ހޮސްޕިޓަލުތަކަށާ އާއްމުންގެ ގެދޮރަށް. ވާހަކަ ވ. އޮމާންވެފަ ރީތި. އެކަމަކު އަސްލު ކުލަވަރު މިދައްކާލަނީ އަމަލުން. އެޔަހޫދީ ޓެރަރިސްޓުންނަށް ކުޑަކުދިންނާއި އަންހެނުންވެސް ފެންނަނީ ހަމާސްގެ ކޮމާންޑަރުންގެ ގޮތުގަ. އެއްވެސް ކަހަލަ ގޮތެެއް ފޮތެއް ނެތް ލަދުކުޑަ ބައެއް. މިވެރިންގެ ހިމާޔަތުގަ ކޮމެންޓުކުރާ ދިވެހި ޔަހޫދީންވެސް ވ ގިނަވެއްޖެ.

  3. އަސްލު

    1.5 މިލިއަން މުސްލިމުން އެއްވެސް ކުށަކާނުލާ އެގޮތަށް ޝަހީދު ކޮއްލާއިރު ހަމަ އެންމެން ބަލަންތިބެންވީތަ ؟

  4. ދިރާގްސިމް

    ރާއްޖެއައް އިޒްރޭލް ޓޫރިސްޓުން އަންނަނީ އަދިވެސް މިހާރުވެސް މި ރިސޯޓްގަ އުޅޭ ޔަހޫދީ ގުރޫއްޕެއް

  5. ރ

    ފަލަޞްޠީނުގެ މުސްލިމުރައްޔިތުންނަށް ރައްކައުތެރިކަން ދެއްވުމަށާއި އިސްލާމީ ޖިހާދުންނަށް ނަޞްރު ދެއްވުމަށް ދުޢާތައް ކުރަމުން ދިޔަސް އެ ދުޢާތައް އިޖާބަނުވަނީ ސަބަބުތަކެއް އޮވެގެންކަން ކަށަވަރެވެ. އެއީ ސަބަބުތަކުގައި ނުހިފުމެވެ. ވަށައިގެން ތިބި މުސްލިމު ޤަވްމުތަކުން އެތިބީ ޔަހީދީންނަށް ނަޞްރު ދިނުމަށް ކަމަރު ބެދެގެންނެވެ. ވަﷲ އަޢުލަމް