20:57

ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އަސްކަރީ ގޮފި ކަމަށްވާ ޤަސާމް ބްރިގޭޑުން ބުނީ ޣައްޒާ ސިޓީގައި އިސްރާއީލުގެ އަސްކަރިއްޔާއަކާ ކުރިމަތިލައި ސިފައިންގެ މީހަކު "ޒީރޯ ޑިސްޓެންސް" އިން މަރާލާފައިވާ ކަމަށް.

މީގެ ކުރިން އެ ޖަމާއަތުން ބުނެފައި ވަނީ އިސްރާއީލުގެ ޓޭންކަކަށް އަމާޒުކޮށް އެ ސަރަހައްދުގައި މޯޓާ ޝޮލަކުން ހަމަލާ ދީފައިވާ ކަމަށް.

20:56

ޣައްޒާގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ އަލްޖީރިއާއިން ގެނައި ގަރާރަށް ވޯޓަށް އެހުމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް މިހާރު ދަނީ ބާއްވަމުން.

އެމެރިކާއިން އދ.އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިންޑާ ތޯމަސް-ގްރީންފީލްޑް ވަނީ މި ގަރާރު ވީޓޯ ކުރެއްވުމުގެ ވިސްނުން މިހާރު ވެސް ޓެލެގްރާފް ކުރައްވާފައި.

ސަލާމަތީ މަޖިލީހުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އަލްޖީރިއާގެ ގަރާރު ފާސްވެއްޖެނަމަ ޣައްޒާގައި ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށް.

20:54

ޚާން ޔުނިސްގެ އެންމެ ބޮޑު ހޮސްޕިޓަލުގައި ތިބި ގާތްގަނޑަކަށް 130 ބަކިމީހުންނާއި މެދު ޑޮކްޓާސް ވިތައުޓް ބޯޑާސް (މެޑެސިންސް ސެންސް ފްރޮންޓިއާސް، ނުވަތަ އެމްއެސްއެފް) އިން އެކްސްއާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފި.

 

20:53

ރަތް ކަނޑުމަތިން ދެ ޑްރޯން ވައްޓާލާފައިވާ ކަމަށް ފަރަންސޭސި ވިލާތުގެ އަސްކަރިއްޔާއިން ބުނެފި

ފަރަންސޭސި ވިލާތުގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ގައުމުގެ ހަނގުރާމަމަތީ އުޅަނދުތަކުން "ގަލްފް އޮފް އެޑަން އާއި ދެކުނު ރަތް ކަނޑުގެ ޕެޓްރޯލް ޒޯންތަކުގައި ޔަމަނުން ފޮނުވާލި ގިނަ ޑްރޯން ހަމަލާތަކެއް ފެނިފައިވާ ކަމަށް.

18:37

ޣައްޒާގެ އުތުރުގެ ސަރަހައްދުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން މެދުކަނޑާލާފައިވަނީ ޓްރަކްތަކުގެ ގާފިލާއަކަށް ބަޑީގެ ހަމަލާތައްް އަމާޒުކުރަމުންދާތީ ކަމަށް އދ.ގެ ކާބޯތަކެތީގެ އިދާރާ ޑަބްލިއުއެފްޕީން ބުނެފި.

 

18:33

ރެޑް ކްރެސެންޓުން ބުނީ އަލް އަމާލް ހޮސްޕިޓަލަށް އިސްރާއީލް ސިފައިން ސީދާ އަމާޒުކޮށް ދިން ހަމަލާ، އެ ހޮސްޕިޓަލުގެ ތިން ވަނަ ފަންގިފިލާއަށް އަމާޒުކޮށްފައިވާއިރު، އެ ހަމަލާގައި ދެ ކޮޓަރި ވަނީ އަނދާ ހުލިވެފައި.

އެ ހޮސްޕިޓަލަށް މިހާރު ވެސް ދަނީ ގިނަ ހަމަލާތަކެއް ދެމުން.

މީގެ އިތުރުން ހޮސްޕިޓަލުގެ ފެން ލައިންތަކަށް ވެސް ވަނީ އަމާޒުކޮށްފައި.

18:30

ބައިނަލްއަގްވާމީ ކޯޓުގައި ހެނދުނު ފެށި އަޑުއެހުން ނިންމާލައިފި

އަދި އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އަރައިގަތުމުން ގާނޫނީ ގޮތުން ކުރާނެ ގެއްލުންތަކާ ބެހޭ ގޮތުން އައިސީޖޭގައި އަނގަބަހުން ކުރިއަށް ގެންދާ ޝަރީއަތްތައް ކުރިއަށް ދޭ.

ބެލީޒް، ބޮލީވިއާ، ބްރެޒިލް އަދި ޗިލީގެ އަޑު އެހުމަށް މިއަދު އަދި ބާއްވާނެ.

އައިސީޖޭއިން މިހާތަނަށް ވަނީ ދެކުނު އެފްރިކާ، އަލްޖީރިއާ، ސައުދީ އަރަބިއްޔާ، ނެދަލޭންޑްސް، ބަންގްލަދޭޝް އަދި ބެލްޖިއަމްގެ ގާނޫނީ ވަކީލުންގެ ވާހަކަތައް އަޑު އަހާާފައި.

18:27

ޣައްޒާގައި ބަލި ފެތުރޭ މިންވަރު އިތުރުވަމުންދާއިރު، ދީރް އަލް ބަލާހްގެ އަލްއަގްސާ ޝަހީދުސް ހޮސްޕިޓަލުގެ ޑޮކްޓަރަކު ވަނީ ބަލި ފެތުރުން ހުއްޓުވުމަކީ ނާދިރު ކަމެއް ކަމަށް ވިދާޅުވެފައި.

"ފާއިތުވި ހަފުތާގެ ތެރޭގައި އަޅުގަނޑުމެން ނަށް ހެޕަޓައިޓިސް އޭ ވައިރަހުގެ އެތައް ސަތޭކަ ވައިރަސްއަކާ ކުރިމަތިލާން ޖެހުނީ، އެއީ ތަޣައްޔަރުވެފައިވާ ކާނާ ނުވަތަ ތަޣައްޔަރުވެފައިވާ ފެނުގެ ޒަރިއްޔާއިން ފެތުރޭ ވައިރަހެއް. އޭގެ އިތުރުން ގެސްޓްރޮއެންޓަރައިޓިސް އާއި ބަލި ޖެހިފައިވާ ޒަހަމްތަކާއި ހައިޕޮގްލައިސީމިއާގެ އަދަދުތައް ޝަހީދުވަމުންދާ މީހުންގެ ތެރޭގައި ވަރަށް ބޮޑަށް ދަނީ އިތުރުވަމުން،" އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ޑރ ޚާލިދު އަބޫ ހަބެލް ވިދާޅުވި.

"އާންމުގޮތެއްގައި ހެޕަޓައިޓިސް އޭ ވައިރަހުގެ ވޭދަނަތައް ވަކި ކުރަނީ އިންފެކްޝަނުން ރައްކާތެރިވުމަށް. މި ހާލަތްތަކާއި ޣައްޒާގައި މީހުން ތޮއްޖެހިފައިވާ އަދަދުތަކުގެ ތެރޭގައި، އިންފެކްޝަނުން ރައްކާތެރިވުމަކީ ވަރަށް އުނދަގޫ ކަމެއް."

18:22

އިސްރާއީލުގެ ޖަލުތަކުގައި ޣައްޒާއިން އެތައް ބަޔަކު ޝަހީދުވެފައިވާ ކަމަށް ފަލަސްތީނުގެ ޖަމިއްޔާއިން ބުނެފި.

ކޮމިޝަން އޮފް ޑިޓެއިނިންސް އެންޑް އެކްސް-ޑިޓެއިނިންސް އެފެއާޒްގެ ވެރިޔާ ޤައްދޫރާ ފަރެސް ވިދާޅުވީ، ވަރަށް ގިނަ ގައިދީން ތަކެއް ލިބުނުއިރު، އެމީހުން ވަގުތުން ހޮސްޕިޓަލަށް ބަދަލުކުރަން ޖެހުނު ކަމަށް.

"މިއަދު އަޅުގަނޑުމެން ދައްކާ ވާހަކައަކީ ބައިނަލްއަގްވާމީ މުޖުތަމައަށް އަމާޒުކޮށްގެން ދައްކާ ވާހަކައެއް ނޫން، އެތައް ފަހަރެއްގެ މަތިން އަޅުގަނޑުމެންނަށް ފެއިލްވެފައި އޮތް ވާހަކައެއް. އެއީ ފަލަސްޠީނުގެ ރައްޔިތުންގެ ހައިސިއްޔަތުން އަޅުގަނޑުމެންނަށް އަމާޒުކުރެވިފައިވާ ކަމެއް - މިއީ މި އަނިޔާވެރިކަމާ ދެކޮޅަށް ތެދުވާންވީ ވަގުތު.".

18:20

ގައިދީންނަށް ޖިންސީ ގޯނާކުރުމާއި ރޭޕްކުރުމުގެ ހެކި ބަސް ފަލަސްތީނުގެ ޖަމާއަތްތަކުން ހިއްސާކޮށްފި.

  • ފަލަސްތީނުގެ ފިރިހެނުންނާއި އަންހެން ގައިދީންނަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ހެކިތަކާއި އިންޑިކޭޓަރުތައް އެބަހުރި. އދއިން އިއްޔެ ނެރުނު ބަޔާނެއްގައި ފުރަތަމަ ފަހަރަށް ފާހަގަކޮށްފައި ވަނީ އަންހެން ގައިދީންނާ މެދު ބޮޑެތި ޖަރީމާތައް ހިންގަމުންދާ ކަމަށް.
    ޣައްޒާއަށް ނިސްބަތްވާ ދެ އަންހެން ގައިދީއަކު ރޭޕް ކުރި ކަމަށް ބުނެފައިވާއިރު، އަދި އެތައް ބަޔަކު ރޭޕްގެ އިންޒާރުދީ ޖިންސީ ގޯނާ އާއި ބަަރަހަނާކޮށް ބަލާ ފާސް ވެސް ކޮށްފައިވޭ.
    އެއީ ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ ފިރިހެން ގައިދީންގެ ވަށައިގެން އަޅުގަނޑުމެންނަށް ލިބުނު ހެކިބަހުގެ އިތުރުން ޖިންސީ ގުނަވަންތަކަށް ބޮޑެތި އަނިޔާތަކާއި ރޭޕްކުރަން އުޅުމުގެ އިތުރުން ބަރަހަނާ ކޮށް ބަލައި ފާސްކުރުން ފަދަ ކަންކަން،

18:17

އިސްރާއީލުން ޣައްޒާއަށް އެހީ ވަނުމަށް ހުރަސްއަޅަމުންދާ ކަަމަށް މީޑިއާ ރިޕޯޓްތައް ބުނެފި.

މީސް މީޑިއާގައި އާންމުކޮށްފައިވާ ފުޓޭޖްތަކުން ފެންނަނީ ކަރެމް އަބޫ ސަލީމް (ކެރެމް ޝަލޯމް) ކްރޮސިންގެ ކުރިމަތީގައި މުޒާހަރާކޮށް ޣައްޒާއަށް އިންސާނީ އެހީ ވަނުމަށް ހުރަސް އަޅާ މަންޒަރު

16:36

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމާއި ހަމާސް އާއި އިސްރާއީލާ ދެމެދު ގައިދީން ބަދަލުކުރުމުގެ މަޝްވަރާތައް ބޮޑެތި ގޮންޖެހުންތަކާއެކުވެސް ކުރިއަށްދާ ކަމަށް ގަތަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ވިދާޅުވެއްޖެ.

ބައިނަލްއަގްވާމީ މައިދާނުގައި ދެ ވަނަ މިންގަނޑުގެ ސަބަބުން މަޝްވަރާތަކަށް ނޭދެވޭ އަސަރުކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާއި ޔޫކްރެއިންއާ އަޅާކިޔަމުން އަންނަ ކަމަށް އޭނާ ވިދާޅުވި.

ގަތަރުން ވަނީ ހަނގުރާމަ ނިމުމަކަށް ގެނައުމުގައި ބައިނަލްއަގްވާމީ މުއައްސަސާތަކުން ފެއިލްވެފައިވާ ކަމަށް ބުނެ ފާޑުކިޔާފައި.

16:32

އިޒްރޭލުގެ އަސްކަރިއްޔާއިން ވަށާލާފައިވާ ޚާން ޔުނިސްގެ ނާސިރު ހޮސްޕިޓަލުގައި ބަލި މީހުން ހުސްކުރުމުގެ އަދާހަމަތައް ލިބެމުންދާއިރު، ޓެލެގްރާމްގައި އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ މިހާރު ހަލާކުވެފައިވާ މެޑިކަލް ކޮމްޕްލެކްސްއިން 18 މީހަކު ފީލްޑް ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށާއި އަދިވެސް 118 މީހަކު އެ ކޮމްޕްލެކްސްތެރޭގައި އެބަތިބި ކަމަށް.

16:28

ޣައްޒާގެ ނާސިރު ހޮސްޕިޓަލުން ދެވަނަ ފަހަރަށް މީހުން ނެރުމުގެ މިޝަން އެއްކޮށް ނިމިފައިވާ ކަމަށާއި، އެ ތަނުން ކުޑަކުދިންނާއެކު ޖުމްލަ 32 ކްރިޓިކަލް ބަލި މީހުން އެ ތަނުން ބަދަލުކޮށްފައިވާ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެފި.

އަދި ބާކީ ތިބި ބަލި މީހުން ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވެސް އެ ޖަމިއްޔާއިން ބުނޭ.

"ހޮސްޕިޓަލުގައި ތިބި ބަލި މީހުންނާއި ސިއްހީ ހިދުމަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޑަބްލިއުއެޗްއޯ އިން ބިރުގަނޭ. ބަލި މީހުންނާއި ޒަހަމްވި މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އިތުރު ހުރަސްތަކެއް އެޅުމުގެ ސަބަބުން އިތުރު މީހުން ޝަހީދުވެދާނެ ކަމުގެ އިންޒާރު ޑަބްލިއުއެޗްއޯ އިން ދޭ،" އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވޭ.

 

16:24

ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ ލީޑަރު އިސްމާއިލް ހަނިއްޔާ މިސްރުގެ އޮފިޝަލުންނާ އެކު ޣައްޒާގެ ހާލަތާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް މިސްރަށް ވަޑައިގެންފި ކަމަށް އެ ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފި.

16:21

ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ފަލަސްތީނުގެ ޣައްޒާގައި އިތުރު 103 މީހަކު ޝަހީދުކޮށްލައިފި.

16:08

ލުބުނާނުގެ ޖަމާއަތެއް ކަމަށްވާ ހިޒްބުﷲ އިން ބުނެފައި ވަނީ އިސްރާއީލު ސިފައިންގެ އެއްވުމަކަށް އަމާޒުކޮށް ހަމަލާ ދީފައިވާ ކަަމަށް ބުނެފައި. އެ ޖަމިއްޔާއިން ބުނާގޮތުގައި އެއީ އިސްރާއީލުގެ އުތުރުގައި ހުންނަ ރާމީމް މިލިޓަރީ އައުޓްޕޯސްޓެއް. އެ މީހުންނަށް ހަމަލާދީފައި ވަނީ ރޮކެޓް ހަތިޔާރުން ކަމަށްވެސް ބުނެފައި ވޭ.

އެ ޖަމާއަތުން ބުނީ މިއަދު ހެނދުނު ދިން ހަމަލާ "ސީދާ ޓާގެޓަށް އަމާޒުވި" ކަމަށް.

16:04

ލުބުނާނުގެ ބޯޑަރު ކައިރީގައި އޮންނަ އިޒްރޭލުގެ އަވަށެއް ކަމަށްވާ އަރަބި އަލް އަރަމްޝޭއަށް ރޮކެޓް ސައިރަން އަޑު އިވެމުންދާ ކަމަށް އިޒްރޭލުގެ މީޑިއާތަކުން ބުނެފި.

އިސްރާއީލުން ޣައްޒާއަށް ހަމަލާތައް ދޭން ފެށި ފަހުން އިސްރާއީލުގެ އަސްކަރިއްޔާ އާއި ލުބުނާނުގެ ހިޒްބުالله ޖަމާއަތުން އަންނަނީ ބޯޑަރު ހުރަސްކޮށް ހަމަލާތައް ދެމުން.

16:02

ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ހިނގަމުންދާ ހަނގުރާމައިގެ އަމަލުތަކާއި، ޖަރީމާތައް ހުއްޓުވުމަށް ކުރާ ކޮންމެ މަސައްކަތަކަށް ޣައްޒާގެ ފަލަސްޠީނުންނާއި، ހާއްސަކޮށް ގެދޮރު ގެއްލިފައިވާ އާބާދީތަކުން ވަރަށް ބޮޑަށް މަރުހަބާ ކިޔާ.

އދ.ގެ ކައުންސިލްތަކުގެ ގަރާރުތަކާއި އައިސީޖޭގެ ހުކުމް ތަކުރާރުކޮށް ހިނގަމުން ދިޔަ ނަމަވެސް ހަނގުރާމައިގެ އަމަލު ނިމުމަކަށް ގެނައުމަށް ގޮވާލި ނަމަވެސް ހިނގަމުންދާ ކަންކަން ބަދަލުވެފައެއް ނުވޭ. ނޫސްވެރިން ބުނާގޮތުގައި ފެނުނީ، ވައިގެ ހަމަލާތައް އިތުރުވެ، އިންސާނީ ކާރިސާއެއް، ރަހްހުގައި، އަދި އުތުރުގެ ހިސާބުތަކުގައި، ބަނޑުހައިހޫނުކަން ހިނގަމުންދާ ތަން.

16:01

2023 ވަނަ އަހަރަކީ 1993 ވަނަ އަހަރު އޮސްލޯ އެއްބަސްވުމަށް ފަހު ހިފާފައިވާ ހުޅަނގު އައްސޭރީގައި ވަޒަންވެރިންގެ ބައިވެރިވުން ފުޅާކުރި އެންމެ ބޮޑު އަހަރު ކަމަށް ޕީސް ނައު އިން ބުނެފި

 

14:18

އިސްރާއީލުން ފަލަސްތީނު ހިފައިގެން އުޅޭ މައްސަލައިގެ ޝަރީއަތް ދުނިޔޭގެ ގައުމުތަކުގެ އެންމެ ބޮޑު އިއްތިހާދު ކަމަށްވާ އދ ގެ އެންމެ މަތީ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް ނުވަތަ ދުނިޔޭގެ ކޯޓުގައި އިއްޔެ ފަށާފައިވާ އިރު، އެ މައްސަލައިގައި ދިވެހި ރާއްޖޭންވެސް ކޯޓުގައި ވާހަކަ ދައްކާނެ.

13:26

އިސްރާއީލުން ފަލަސްތީނު ހިފައިގެން އުޅޭ މައްސަލައިގެ ޝަރީއަތް މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ. މި ޝަރީއަތުގައި ވަރަށް ގިނަ ގައުމުތަކުން ވާހަކަ ދައްކާނެ. އޭގެ ތެރޭގައި ރާއްޖެ ވެސް ހިމެނޭ.

13:23

ޣައްޒާގެ އިރުއުތުރުގައި އިސްރާއީލުން ވަރަށް ވަރުގަދަ އަށް ބޮން އަޅަމުންދާ ކަމަށްވޭ. އިސްރާއީލުން ބޮން އަޅަމުން ދަނީ ޒެއިތޫން އަދި ޝުޖައިޔާ އަވަށަށް.

 

10:40

އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ގެކޮޅު ކައިރީގައި މުޒާހަރާ ކުރަނީ. އިސްރާއީލް ފުލުހުން ވަނީ ބައެއް މީހުން ހައްޔަރުކޮށްފައި.

10:36

ކާބޯތަކެތި ހޯދަންވެގެން ޣައްޒާގެ ކިއޫއެއްގައި ތިބި ބަޔަކަށް ހަމަލާދީ އެކަކު މަރާލައިފި.

09:01

އިސްރާއީލުން ޣައްޒާގައި ކުރަމުންދާާ ހަނގުރާމައާއި ދެވަނަ ބޮޑުހަނގުރާމައިގައި އެޑޮލްފް ހިޓްލަރު ޔަހޫދީންނާއި ދެކޮޅަށް ހިންގި ގަތުލު އާންމު(ހޮލޮކޯސްޓް) އެއްގޮތް ކުރެއްވުމުން ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ އަށް އިސްރާއީލަށް ވަޑައިގަތުން އިސްރާއީލުން މަނާ ކޮށްފި.

08:45

"ސަލާމަތީ ސަބަބުތަކަށްޓަކައި" ކަމަށް ބުނެ، މި ފެށޭ ރަމަޟާން މަހު އިސްރާއީލުން ހިފާފައިވާ އިރުމަތީ ގުދުސްގެ މުސްކުޅި ސަހަރުގައި ހުންނަ އަލް އަޤުސާ މިސްކިތަށް ވަނުމަށް ހުރަސްތަކެއް އަޅާނެ ކަމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފި.

08:09

ޔަމަނުގެ ހޫތީން ދެމުންދާ ހަމަލާތަކުން ރަތް ކަނޑުގައި ދަތުރު ކުރާ އުޅަނދުތައް ރައްކާތެރި ކުރުމަށްޓަކައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ކަނޑުގެ އަސްކަރީ އޮޕަރޭޝަނެއް ފަށައިފި.

08:03

އިސްރާއީލާއި ހަމާސްއާ ދެމެދު ކުރިއަށްދާ ހަނގުރާމަ ވަގުތީ ގޮތުން މެދުކަނޑާލަން ހުށަހަޅައި ގަރާރެއް އެމެރިކާ އިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅުމަށް ޑްރާފްޓްކޮށްފި. މި ޑްރާފްޓުގައި އިސްރާއީލުން ރަފަހަށް އެރުން ހުއްޓާލުމަށް ވެސް ގޮވާލާފައިވޭ.

08:01

އިސްރާއީލުން ޣައްޒާގެ ނުސެއިރާތު ރެފިއުޖީ ކޭމްޕަށް ދިން ވައިގެ ހަމަލާގައި ފަސް މީހަކު ޝަހީދުކޮށްލައި، ތިން މީހަކު ޒަހަމްކޮށްލައިފި. ވަފާ ނިއުސް އެޖެންސީން ރިޕޯޓް ކުރާ ގޮތުގައި މި ހަމަލާ ދީފައި ވަނީ ގެއަކަށް. އެ ހަމަލާގެ އިތުރުން ހަމަ އެ ސަރަހައްދަށް އިސްރާއީލުން ދިން ހަމަލާއެއްގައި ވެސް ތިން މީހަކު ޝަހީދުކޮށްލާފައިވޭ.

ފަލަސްތީނުގެ ޣައްޒާއަށް އިސްރާއީލުން އަރައިގަނެ ހަމަލާތައް ދެމުން އަންނަތާ 137 ދުވަސްވެފައިވާ އިރު، އިސްރާއީލް ސިފައިން މެދުކެނޑުމެއް ނެތި ޣައްޒާގެ ދެކުނުގެ ސަރަހައްދަށް ދަނީ ހަމަލާތައް ދެމުންނެވެ. މިދިޔަ އާދިއްތަ ދުވަހާއި ހޯމަ ދުވަހު އިސްރާއީލުން ދިން ހަމަލާތަކުގައި 105 މީހުން ޝަހީދުކޮށްލި އިރު، ޣައްޒާ އިން ޝަހީދުވި ޖުމްލަ މީހުންގެ އަދަދު 29،000 އަށް ވުރެ މައްޗަށް ގޮސް، ޒަހަމްވި މީހުންގެ އަދަދު 69،000 އަށް ވުރެ މައްޗަށް ވަނީ އަރައިފައެވެ.

އިސްރާއީލުން މިހާރު ބޮޑެތި ޖަރީމާތަކެއް ހިންގަމުން އަންނަ އެއް ދިމާލަކީ ޣައްޒާގެ ދެކުނުގައި ހުންނަ ނާސިރް ހޮސްޕިޓަލްގައެވެ. އެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ 70 މެޑިކަލް ސްޓާފުން ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަދި އެ ހޮސްޕިޓަލްގައި އޮކްސިޖަން ނުލިބިގެން އަށް ބަލި މީހަކު ވަނީ ނިޔާވެފައެވެ. އިސްރާއީލުން އަންގަމުން ދަނީ ނާސިރް ހޮސްޕިޓަލްގައި ތިބި މީހުން އެ ސަރަހައްދު ދޫކޮށް ދިއުމަށެވެ. އެކަމަކު، ދާނީ ވަކި ކޮން ތަނަކަށް ހެއްޔެވެ؟

ޣައްޒާގެ ކޮންމެ ދިމާލަކުން ވެސް ފެންނަނީ ބިރުވެރިކަމާއި ނާމާންކަމެވެ.

މި ލައިވް ބްލޮގްގައި އަޅުގަނޑުމެން ގެނެސްދޭނީ ޣައްޒާއާއި އިސްރާއީލާއި ދެމެދު ކުރަމުން އަންނަ ހަނގުރާމައިގެ އެންމެ ފަހުގެ މައުލޫމާތެވެ.