އިންޑޮނޭޝިއާއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
މި ބިންހެލުން އައިސްފައި ވަނީ 6.3 މެގްނެޓިއުޑް ބާރުމިނުގައެވެ.
ޖަރުމަނުގެ ރިސާޗް ސެންޓަރު ފޯ ޖިއޯސައިންސް އިން ބުނީ، އިންޑޮނޭޝިއާގެ ޖާވާ ނަމަކަށް ކިޔާ ރަށަކަށް 6.3 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށެވެ.
ބިންހެލުން އައިސްފައިވަނީ 65 ކިލޯމީޓަރު (40.39 މޭލު) އަޑިން ކަމަށް ޖީއެފްޒެޑް އިން ބުނެފައި ވެއެވެ.
މި ބިންހެލުމުގެ އިހުސާސް ބޮޑު ސަރަހައްދަކަށް ކުރެވުނު ކަމަށް ރިޕޯޓްތައް ބުނާއިރު، މި ބިންހެލުމުގެ ސަބަބުން މާބޮޑު ގެއްލުމެއް ނުވަތަ އަސަރެއް ކުރާނެ ކަމަށް ނުބެލެވޭ ކަމަށް ރިޕޯޓްތައް ބުނެއެވެ. އަދި ވަކި އެލާޓެއް ވެސް ނެރެފައި ނުވާ ކަމަށް ވެއެވެ.
މި ބިންހެލުން އައިސްފައި ވަނީ މާލެއާ 3761 ކިލޯމީޓަރު ކައިރިއަށެވެ. މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރާނެ ކަމަަަށް ނުފެނޭ ކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން މައުލޫމަަތު ދެއްވައެވެ.