އިންޑިއާގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޒާކިރު ނައިކުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އިންޑިއާ ސަރުކާރުން އުފުލައިފިއެވެ.
އަވައްޓެރި ލަންކާގައި މިދިޔަ މަހު 21 ވަނަ ދުވަހު ދިން ނިރުބަވެރި ބޮމުގެ ހަމަލާއަށްފަހު ޒާކިރު ނައިކުގެ ޕީސް ޓީވީ ދެއްކުން ލަންކާގައި މަނާކޮށްފައި ވަނިކޮށް، މުމްބާއީގެ ސްޕެޝަލް ކޯޓެއްގައި ޒާކިރު ނައިކުގެ މައްޗަށް އިންޑިއާ ސަރުކާރުން ދައުވާ ކޮށްފައިވަނީ 193 ކަރޯޑު އިންޑިއާ ރުޕީސްގެ ކަޅުފައިސާ ދޮވުމުގެ ތުުހުމަތުގައިިކަމަށް ރިޕޯޓްތަށް ބުނެއެވެ.
ރިޕޯޓްތަށް ބުނާ ގޮތުގައި ކަޅު ފައިސާ ބޭނުންކޮށްގެން ޒާކިރު ނައިކު އިންޑިއާގައި ރިއަލް އެސްޓޭޓުގެ ވިޔަފާރިކޮށްފައިވާކަމަށް ވެއެވެ.
އިންޑިއާ އިން ހޯދަން ބޭނުންވެފައިވާ ދީނީ އިލްމުވެރިޔާ ޒާކިރު ނައިކް ދިރިއުޅުވަމުން ގެންދަވަނީ މެލޭޝިއާގައެވެ. އެއީ 2016 ވަނަ އަހަރު ޑާކާގައި ބޮމުގެ ހަމަލާ ދީފައި ވަނީ ޒާކިރް ނައިކުގެ ތަގްރީރުތަކުން ހިތްވަރު ލިބުނު ބައެއް ކަމަށް ތުހުމަތު ކުރުމާ ގުޅިގެނެވެ. ޒާކިރު ވަނީ ހަމަ އެ އަހަރު އިންޑިއާ ދޫކޮށް މެލޭޝިއާ އަށް ގޮސްފައެވެ.
ބާވީސް މީހުން މަރުވި އެ ހަމަލާ އަށް ފަހު ޒާކިރް ނައިކުގެ ޕީސް ޓީވީ ވަނީ ބަންގްލަދޭޝްގައި މަނާކޮށްފަ އެވެ.
އަޅުވާނެ ތުހުމަތެއް ނެތިގެން ފަހަރަކު ދައުވާއެއް ކުރަމުން އެގެންދަނީ އެއީ ދައުވަތުގެ މައިދާން ބަލިކަށިކުރުމުގެެ ގޮތުން.އިން ޟާ ﷲ އެފަދަ ދީނީ ދާޢީން އިތުރުވަމުންދާނެ
ރާއްޖޭގައިވެސް ހިލޭ އެހީހަށް ލިބުނު 1.8 ބިލިއަން ރުފިޔާ ދިރުވާލާފައި އެހެން މީހުންނާ ދިމާލަށް މަނީ ލައުންޑްރީއޭ ކިޔާ ދަޢުވާކުރަމުން ދުވަނީ! އަޅެ ކަލޭމެންގެ މީހެއް ވިއްޔާ ރާއްޖޭގައިވެސް މި ހުންނަނީ!
މިހިރީ ތިޔަ މީހުންގެ އަސްލު ސޫރައަކީ. މޫނުމަތިން މުއްލާ. އެތެރޭގައި މިނިކާވަގު