މެދުއިރުމަތީގެ ހާލަތު ގޯސްވަމުން ދަނިކޮށް އީރާނާއި ކުރިމަތިލުމަށް އިނގިރޭސިވިލާތުން އެގައުމުގެ ސިފައިން މެދުއިރުމައްޗަށް ފޮނުވަައިފި ކަމަށް ރިޕޯޓްތަށް ބުނެފިއެވެ.
"ދަ ސަންޑޭ އެކްސްޕްރެސް" ނޫހުން ބުނާގޮތުގައި މެދުއިރުމަތީގައި މިހާރު ހަރަކާތްތެރިވާ އެމެރިކާގެ އަސްކަރީ ފްލީޓާއި އިނގިރޭސި ސިފައިން ވަނީ މިހާރު ގުޅިފައެވެ.
އިނގިރޭސި ސިފައިން މެދުއިރުމައްޗަށް ދިޔައީ އީރާނުގެ ހަމަލާއަކުން އެސަރަހައްދުގައިވާ އެމެރިކާ އަދި އެމެރިކާއަށް ވާގިދޭ ގައުމުތަކުގެ ތެޔޮއުފުލާ އުޅަނދުތަށް ރައްކާތެރިކުރުމަށް ކަމަށް އެނޫހުގައިވެއެވެ.
އިގިރޭސިވިލާތުން އެގައުމުގެ ސިފައިންތަކެއް އީރާނާއިއި ކުރިމަތިކުމަށް ފޮނުވާފައި މިވަނީ އެމެއެރިކާގެ އިތުރު 120000 ސިފައިން މެދުއިރުމައްޗަށް ފޮނުވަން އުޅޭކަމުގެ އަޑު ފެތުރިފައި ވަނިކޮށެވެ.
އީރާނާ އެމެރިކާގެ މައްސަލަ ހޫނުވެފައިވާ އިރު، އެ ދެގައުމުން ދަނީ ބަހުގެ ހަމަލާތައް ބަދަލުކުރަމުންނެވެ. އީރާނުން ބުނެފައި ވަނީ މެދުއިރުމަތީގައި އެމެރިކާއިން ސްޓޭޝަން ކޮށްފައިވާ މަނަވަރުތަކާއި، އެހެނިހެން މިލިޓަރީ އެއްޗެއްސަކީ އީރާނަށް ވާސިލްވެވޭ ހިސާބުގައި ހުރި އެއްޗެހި ކަމަށާއި، އެމެރިކާއިން އެންމެ ގޯހެއް ހެދިޔަސް އޭގެ ބަދަލު ދޭނެ ކަމަށެވެ.
ގަތަރުގައި ހުންނަ އެމެރިކާގެ އެއާބޭސްއަށް ހަތިޔާރު އެޅި ޖެޓުތައް އެމެރިކާއިން ފޮނުވާފައިވާ އިރު، އީރާނަށް ބިރުދެއްކުމަށް، ގަލްފް ކަނޑަށް އެމެރިކާގެ އަބްރަހަމް ލިންކަން އެއާކްރާފްޓް ކެރިއަރުވެސް ވަނީ ފޮނުވާފައެވެ.
އީރާނުން ބުނީ މީގެ ކުރިން އެމެރިކާގެ އެއާކްރާފް ކެރިއާއެއް 40 ވަރަކަށް ޖެޓްގެ އިތުރުން 3000 ވަރަކަށް ސިފައިންނާއެކު ގަލްފް ސަރަހައްދުގައި އޮތުމަކީ ބިރެއް ނަމަވެސް، މިހާރު އެއީ ފުރުސަތެއް ކަމަށެވެ. އަދި މިހާރު އެއީ އީރާނުން ޖެހިލުންވާ ކަމެއް ނޫން ކަމަށާއި، އެމެރިކާއިން ރަސްމީކޮށް ހަނގުރާމަ އިއުލާން ނުކޮށްގެން އުޅެނީ އެމެރިކާ ބަލިކަން އަމިއްލައަށް އިހުސާސް ކުރެވޭތީ ކަމަށެވެ.
މީ މެދުއިރު މަތި ބައިބައިކޮށް އިސްރާޢީލް ގެ މަޞްލަޙަތު ހިމާޔަތްކުރުމަށްޓަކއި ދުރާލާ ރޭވިގެން ހިންގަންއުޅޭ ހަނގުރާމައެއްކަމަށް ވެދާނެ ކަމަށް ހުޅަގުގެ ބައެއް މާހިރުންބުނެއެވެ، ސަ
އެމެރިކާގެ ބާރުތައް ސުންނާފަތިކޮށްގެންނޫނީ ދުނިޔެއަށް ސުލްހަ ނުގެނެވޭނެ
އެމެރިކާގެ ބާރުތައް ސުންނާފަތިކޮށްގެންނޫނީ ދުނިޔެއަށް ސުލްހައެއް ނުގެނެވޭނެ
އީރާނު ސުއްނާފަތި ކޮއްގެން ނޫނީ ޓެރަރިޒަމް ނުހުއްޓުވޭނެ.
އެމެރިކާގެ ކޮށްކޮ އިނގިރޭސި ވިލާތެވެ. އަދި ބައްޕަ އިޒްރޭލެވެ.
އެމެރިކާ އެދަނީ ސައުދީއަރަބިއާ ބާރުގެ ދަށަށް ގެނައުމަށް ފުރަތަމަ އީރާނުގެ ބާރުކަޑުވާލުމަށެވެ. ޢެއަށްފަހު މުޅިމެދު އިރުމަތި އެއްކޮށް އަތުލައިގަތުމަށެވެ.
އިރާނާއި އަދި ދެންވެސް ތިބި އިސްލާމީ ގައުމުތަކުގެ ބިންތަކައް ވަލުޖަނަވާރުތަކެއަ އަރައިގަންނަހެން އަރިއިގަންނަން އެތައްޔާރުވަނީ..
ޢީރާނަކީ އިސްލާމީ ގައުމެއްތަ¿