ސްރީލަންކާ ދޫކޮށް ނިރުބަވެރި ހައްދުފަހަނަ އެޅި ހަގުރާމަވެރި ޖަމާއަތް އައިއެސް އަށް ނިސްބަތްވާ ބަޔަކު އިންޑިއާގެ ދެ ޖަޒީރާއަކަށް ބޯޓެއްގައި ކަނޑު މަގުން މިސްރާބު ޖަހައިފި ކަމަށް ލިބުނު ޖާސޫސީ މައުލޫމާތަކާއި ގުޅިގެން އިންޑިއާގެ ކަނޑުގެ ސިފައިން އެލާޓަށް އަތުވެއްޖެއެވެ.
އިންޑިއާއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަށް ބުނާގޮތުގައި މި ނިރުބަވެރިން ލަންކާ ދޫކޮށް ދިޔައީ ހުދު ކުލައިގެ ބޯޓެއްގައެވެ. ލަންކާ ދޫކޮށް އިންޑިއާގެ ދެ ޖަޒީރާ އެއް ކަމަށްވާ މަލިކު އަދި ލަކްޝަދީބް އަައިލެންޑްސް އަށް މިސްރާބު ޖެހި މި ގުރޫޕުގައި 15 މީހުން ހިމެނޭ ކަމަށް ވެއެވެ.
އިންޑިއާގެ ކަނޑުގެ ސިފައިން މިހާރު ވަނީ މި ގުރޫޕަށް އިންޑިއާގެ މި ދެ ޖަޒީރާއާއި ކައިރިވެނުދިނުމަށް ހާއްސަ ސަވައިލަންސް އޮޕަރޭޝަނެއް ފަށާފައެވެ. މި އޮޕަރޭޝަންގައި ދަނީ އިންޑިއާ ކަނޑު ވަރަށް ގާތުން މޮނިޓަރ ކުރަމުންނެވެ.
ސްރީލަންކާގައި މިދިޔަ މަހު ދިން ބޮމުގެ ހަމަލާތަކަށް ފަހު ލަންކާ ދޫކޮށް އިންޑިއާގެ ދެ ޖަޒީރާއަކާއި ދިމާލަށް އައިސްގެ ނިރުބުވެރިންތަކެއް މިސްރާބު ޖަހާފައި މިވަނީ އައިއެސްގެ ނުރައްކާ ރާއްޖެ ވެސް ހިމެނޭ ގޮތަށް އޭޝިއާގެ މި ސަރަހައްދަށް ވެސް އޮތް ކަމަށް ބޭރުގެ އިންޓެލިޖެންސް އިދާރާތަކުން ބުނެފައިވަނިކޮށެވެ.
އައިއެސް ޖަމާއަތުން ލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގައި 250 މީހަކުވަނީ މަރުވެފައެވެ. އަދި 500 އަށްވުރެގިނަ މީހުން ޒަހަމްވިއެވެ.
ބޮމުގެ އެ ހަމަލާތަކަށް ފަހު ލަންކާ އަދި ވެސް އާއްމު ހާލަތަކަށް ނާދެއެވެ. މިހާރު ވެސް ބައެއް ތަންތަން ފާސްކުރުމުގެ އޮޕަރޭޝަންތައް ސަލާމަތީ ބާރުތަކުން ދަނީ ހިންގަމުންނެވެ.
މިއީ އަސްލެއްނޫން.އިސްރާއީލާއި އެމެރިކާއިން ޖައްސާ ފޭކެއް.
ތީ މީހުން ދެން އަންނާނީ ރާއްޖެއަށް. މާލެ ގޮއްވާލާން ކަންނޭގެ.
މާމިގިލި މީހާ އަށް ވަރަށް މަޖާ ކަމަކަށް ދޯ މިކަން ބަނީ
މަލިކަކީ ރާއްޖެއާ ވަރަށް ކާރި އޮންނަ ރަށެއް. މަލިކާ އެންމެ ކާރިވާނީ ހއ.ތުރާކުނު.
ލަންކާގެ އިގްތިޞާދާއި އަމާންކަން ނަގާލުމަށްފަހު، އިންޑިއާއިން ރާއްޖެއާއި ދިމާލަށް މިސްރާބުޖެހީ ތިޔަ... ރާއްޖޭގެ މައްޗަށް ވެރިވެގަންނޭނެ ބަހަނާއެއް އެހޯދަނީ... މަކަރުވެރި ހިޔަޅުންތަކެއް. ﷲ އަޅަމެންނާއި އަޅަމެންގެ ޤައުމު ކާފަރުންގެ ރޭވުންތަކުން ސަލާމަތްކުރައްވާށި!
ކޮބާ ސިފައިން އެލާޓަކައް ނާދޭތަ މިހާ ކައިރީގަ އުޅޭ އިރުވެސް
ކިހާ ބޮޑު މުސީބާތެއްތަ. ތިޔަ ބޯޓެއް ކަނޑުފެތޭނެ ނަމަ. މާތްކަލާކޯ އެބޯޓު ކަނޑު އަޑިއަށް ޣަރަޤު ކޮށްދެއްވާންދޭވެ. މުސްލިމުންގެ ނަން ހުތުރުކުރަން މިއުޅޭ ބައިގަނޑު ބަލިކުރައްވާނދޭވެ
އާމީން
ކަލޯ ޙަޤީޤީ މުސްލިމުން މި އުއްމަތުގެ ދަރިންތައް ކޮށަމުން ދާ އިރު ގޭގަ މަންމަ މެން އަދި އާއިލާ ކައިރީގައި ފިނި ކޮޓަރީގައެއް ނުތިބޭނެ.
އަދި ޙަޤީޤީ މުސްލިމުން މި އުއްމަތުގެ މައިން ، އަނބިންނާއި ކުޑަކުދިންގެ އިފްޢަތް ތެރިކަން ނަގަމުން ދާއިރު ގޭގަ އަނބިމީހާ އަދި އާއިލާ ކައިރީގައި ފިނި ކޮޓަރީގަ އެނދުމަތީ ޖިހާދުގައެއް ނުތިބޭނެ.
ރާއްޖޭގައި އެ ބައިގަޑު މީހުން އެބައުޅެ އެއްނު.. އެމީހުން ފިޔަވާ ދެން ތިބި އެންމެން މުރުތައްދުން ކަމަށް ގަބޫލު ކުރާ މީހުން.
ތިޔަހެން ނުބުނޭ ކޮއްކޯ. ތިވަރު ބޮޑު ބުހުތާނު މީހުން ބޮލުގައި އަޅުވާ ކަށް ނުވާނެ. ސުވާލު ވެވޭނެ
ބާޣޫޒްގައި އެމެރިކާ އަދި ދުނިޔޭގެ 80 ގައުމުން ހިންގި ބޮޑުވެގެންވާ ޤަތުލުޢާންމުގެ އެއްވެސް ވާހަކައެއް މި ހަބަރު ތަކުގެ ފަލަ ސުރުޚީ ތަކުގައި ނުޖަހަނީ ކީއްވެ ؟