އަންހެން ކުރޫން ހިމެނޭ އުޅަނދެއް ޖައްވަށް ފޮނުވައި ނާސާއިން ދުނިޔޭގެ ތާރީޚުގައި އަނެއްކާގެ އައު ހަރުފަތެއް ހުރަސްކޮށްފިއެވެ.
ޚަބަރުތައް ބުނާ ގޮތުގައި ނާސާގެ މިޝަންގައި ދުނިޔެއިން ބޭރަށް ދާން މިއަދު ދަތުރު ފެށީ ކްރިސްޓީޗާ ކޮޗްއާއި ޖެއްސިކާ މެއާ ނަމަކަށް ކިޔާ ދެ އަންހެނުންނެވެ. އެ ދެމީހުން ޖައްވަށް ގޮސްފައިވަނީ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް)ގައި ހުރި ސޯލާ ޕަވާ ޕެނަލްތަކެއް މަރާމާތު ކުރުމަށެވެ.
އެ މަސައްކަތް ކުރުމަށް އެ ދެމީހުން އައިއެސްއެސް އިން ބޭރަށް ނުކުމެފައިވަނީ އެމެރިކާގެ ގަޑިން މިއަދު ހެނދުނު 7:38 ހާއިރު އެވެ. އަދިވެސް މަސައްކަތާއިގެން އެ ދެ އެސްޓްރޮނޯޓުން އަވަދިނެތި އެބަ ހަރަކާތްތެރިވެއެވެ. އެ މަންޒަރުތައް ލައިވްކޮށް އެމެރިކާގެ ނޫސްތަކުން އެބަ ދައްކައެވެ.
ހަމައެކަނި އަންހެނުން ހިމެނޭ ސްޕޭސްވޯކް އެއް މިއަހަރުގެ މާޗްމަހުގައި ބާއްވަންވެސް ނާސާއިން ތައްޔާރުވިއެވެ. ނަމަވެސް އެފަހަރު ޖައްވަށް ދާން އުޅުނު ދެ އަންހެން އެސްޓްރޮނޯޓުންގެ ތެރެއިން އެކެއްގެ ސޫޓު ގަޔަށް ހެޔޮވަރު ނުވެގެން ނުދެވުނީއެވެ. އެފަހަރު ޖައްވަށް ދިޔައީ އަންހެނަކާއި ފިރިހެނެކެވެ.
ޖައްވަށް ދާން ފެށިތާ މިހާރު 50 އަހަރު ވެފައިވާއިރު މިހާތަނަށް ހަމައެކަނި އަންހެނުން ހިމެނޭ ގޮތަށް އުޅަނދެއް ދުނިޔެއިން ބޭރަށް ފޮނުވާފައެއް ނުވެއެވެ.
އަހަރެމެން މުސްލިމުންނަށް އޮޅުވާލަންވެގެން ލާ ފޭކު ފޮޓޯތައް. ކިހިނެއް ބަދިގޭން ނުކުމެ ޖައްވަށް ގޮސް ހިނގާއުޅޭނީ؟ މީ އެޒަމާނެއް ނޫނެއްނު.
ފޭކުކަން އެނގެއެއްނު އެކަކަށް ޖައްވުގައި މާސްކެއް ނެތި ނޭވާލެވޭ. އަނެކަކަށް ނޭވާލަނީ ހެލްމެޓެއް އަޅައިގެން
ހުސް ދޮގު