ސްރީލަންކާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވިއްޖެކަން އެ ގައުމުގެ ހެލްތް މިނިސްޓްރީން ބުނެފިއެވެ.
ޑެޕިޔުޓީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތް ޑރ. ޕަބާ ޕަލިހަވަނަދަނާ ވިދާޅުވީ، މިހާރު މުޖުތަމައު ތެރެއިން ބަލި ފެތުރިގެން ރިޕޯޓް ކުރަމުންނުދާ ކަމަށެވެ. އ
ކޮވިޑް-19 އެ ގައުމުން ކޮންޓްރޯލް ކުރެވިފައިވާކަން އިއުލާނު ކުރި ނަމަވެސް، އެ ބަލި އަނެއްކާ ފެތުރުން ހުއްޓުވުމަށް އޭނާ ވަނީ ސިއްހީ މާހިރުން ލަފާދެއްވާފައިވާ ކަންކަމަށް ބޮޑަށް ސަމާލުކަން ދިނުމަށް އިރުޝާދު ދީފައެވެ. އެގޮތުން ގައިދުރު ކަން އިހުތިޔާރު ކުރުމަށާއި ގިނަގިނަ އަތް ދޮވުމަށް އޭނާ ވަނީ ނަސޭހަތްތެވެފައެވެ.
އަދި މީގެ އިތުރުން، ބޭރަށް ނުކުންނައިރު، ފޭސްމާސްކް އަޅަން ސަމާލުކަން ދިނުމަށް އޭނާ ވަނީ ނަސޭހަތްތެރިވެފައެވެ.
ލަންކާގައި ކޮވިޑް-19 ބޮޑަށް ފެތެރުން ފެށީ ކަނޑުގެ ސިފައިންގެ މެދުގައި އާއި އެމީހުންގެ އާއިލާ ތެރޭގައި ކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ލަންކާގެ ފަހުގެ ރިޕޯޓްތަކަށް ބަލާއިރު، 488 ކަނޑުގެ ސިފައިންނަށް ވަނީ ބަލި ޖެހިފައެވެ. އޭގެ ތެރެއިން 117 މީހަކު ބަލިން ރަނގަޅުވެ ގެއަށް ދޫކޮށްލާފައިވާއިރު، 311 މީހަކަށް ދަނީ ހޮސްޕިޓަލްތަކުގައި ފަރުވާދެމުންނެވެ.
އަދި މީގެ ތެރެއިން ވެލިސަރާ ނޭވީ ބޭސްގައި ކޮވިޑް-19 ފެތުރެން ފެށީ، ކޮވިޑް-19 އަށް ޝައްކު ކުރެވޭ ބަޔަކު ފިލައިގެން ދިއުމުން އެ މީހުން ހޯދަން ކުރި މަސައްކަތުގެ ތެރެއިންނެވެ.
ލަންކާގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދަކީ 957 އެވެ.އެ ގައުމުން މި ވައިރަސް ޖެހިގެން ނުވަ މީހަކު މަރުވެފައިވާއިރު، ބަލި ޖެހުނު 520 މީހަކު ވަނީ ރަނގަޅުވެފައެވެ.
ތަމެން މީގެ ކުރިންވެސް ކޮންޓުރޯލް ވެއްޖެޔޭކިޔާފަ ބެރުޖަހާ ނަށަމުން ދުވި.