އެމެރިކާގައި އަންނަ ނޮވެމްބަރ މަހުގެ 03 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކުރިން ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓް ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންގެ ފުރަތަމަ ރިޔާސީ ބަހުސް "ހުތުރު ގޮތަކަށް" ފަށައިފިއެވެ.
އިންތިޚާބުގެ ކުރިން ދެކެންޑިޑޭޓުންގެ ދެމެދުގައި ޖުމްލަ ހަތަރު ބަހުސް އޮންނާނެއެވެ. މިއަދު ކުރިއަށް ގެންދިޔައީ އޭގެ ތެރެއިން ފުރަތަމަ ބަހުސްއެވެ. ފުރަތަމަ ބަހުސް ފެށިގެން ދިޔައީ "ހުތުރު ގޮތަކަށް" ކަމަށް ބައިނަލްއަޤުވާމީ މީޑިއާތަކުން ސިފަ ކުރަނީ ބަހުސްގައި ދެކެންޑިޑޭޓުން ވެސް އަނެއް ކެންޑިޑޭޓުގެ ޒާތީ ކަންކަމަށް ވަރަށް ބޮޑަށް ފާޑުކިޔުމުންނާއި ބަހުސްގައި ބަސްމަގު ބެހެއްޓި ގޮތުންނެވެ.
ބައިޑަން ވާހަކަދައްކަން ޓްރަމްޕް ހުރަސްއެޅުމާއި، އަދި ޓްރަމްޕް ބައިޑަންއަށް ހުރަސް އަޅަން ފެށުމުން "މިހިރަ މީހާ އަނގަ މަޑުކޮށްގެން ހުރެބަލަ" ފަދަ ބަސްތައް ބައިޑަން ވިދާޅުވުން އެއީ "ވަރަށް ހުތުރު" ކަމެއްގެ ގޮތުގައި މީޑިއާތަކުން ސިފަކުރެއެވެ.
ބަހުސްގައި ބައިޑަން، ޓްރަމްޕް ސިފަކުރީ ދޮގުވެރިއެއްގެ ގޮތުގައެވެ. އަދި ނަސްލީ ތަފާތު ކުރުންތައް ގެންގުޅޭ ވެރިއެއްގެ ގޮތުގައެވެ.
ބަހުސްގައި ޓްރަމްޕް ވަނީ އެމެރިކާގެ ނައިބު ރައީސް ކަމުގައި ބައިޑަން ހުންނެވިއިރު އަމިއްލަ މަންފާތަކެއް ޗައިނާ އިން ހޯދަފައިވާ ކަމަށް ބުނެފައެވެ. އަދި ބައިޑަންގެ ދަރިފުޅު މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ވެސް ޓްރަމްޕް ތުހުމަތު ކުރިއެވެ. ބަހުސްގައި ޒާތީ ވާހަކަތައް ނުދައްކާ ސިޔާސަތުތައް ސާފުކޮށްދިނުމަށް ބަހުސްގެ މޮޑަރޭޓް ތަކުރާރުކޮށް އެދުމުން ވެސް ޓްރަމްޕް އެކަމަށް މާބޮޑު އިސްކަމެއް ނުދިނެވެ.
ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ރިޔާސީ ބަހުސް އިން ފެނުނު މަންޒަރަކީ ކުރިން ވެސް ފެނިދާނެ ކަމަށް ލަފާކުރެވުނު މަންޒަރެކެވެ. ރިޔާސީ އިންތިޚާބުގެ ކުރިން ދެން އޮންނަ ތިން ބަހުސްގައި ވެސް ބިނާކުރަނިވި ވާހަކަތަކެއް ފެނިގެން ހިނގައިދާނެ ކަމަށް އުއްމީދު ނުކުރެވޭ ކަމުގައި ތަޖުރިބާކާރުން ބުނެއެވެ.
އެމެރިކާގެ ރިޔާސީ އިންތިޚާބު އޮންނާނީ ނޮވެމްބަރ މަހުގެ 03 ވަނަ ދުވަހު އެވެ. ނަމަވެސް ޕޯސްޓް މެދުވެރިކޮށް ވޯޓް ލުން މިހާރު ވެސް ވަނީ ފަށާފައެވެ.
މުހައްމަދު ނަޝީދަށް ވެސް އަދި އިބްރާހިމް މުހައްމަދު ސޯލިހަށް ވެސް ވަންޓު ވަން ރިޔާސީ ބަހުސެއްގައި ބައިވެރި ވާކަށް ނުކުރެނު 2013 ގައި ޔާމިން އާއި އެކު ފަހުބުުރުގައި ބައިވެރި ވާން އުޒުރު ދެއްކީ އަނގަ އޮޅި ބޭޒާރު ވާނެތީ އަދި 2018 ގައި ވެސް ސޯލިހުވެސް ހުއްޖަތެއް ދައްކާފައި ބައިވެރި ނުވީ ގަޓް ނެތީމާ އިލެކްޝަން ގާނޫނުގައި މިކަން އެބަޖެހޭ ހިމަނަން އޭރުން ވަކަރަށް ޖަހާލެވޭނީ
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
ލޮލް
މީހަކު ބިރުން ފިލި ދޯ ރިޔާސީ ބަގުސަކަށް އަރަން ނުކެރުގެން އެކަމު ވެސް ގުނބޯތަކެއް އެ މީހާއަށް ވޯޓުދީ ހޮވީ
😂🤣🤣😂🇺🇸
2013 ގައި އަންނި އަށް ވެސް އަދި 2018 ގައި ސޯލިހަކަށް ވެސް ނުކެރުނު ރިޔާސީ ބަހުސްގައި ވަކިން ޔާމިން އާއި ވާދަ ކޮށްލަން އިލެކްޝަން....ގާނޫނަށް ބަދަލް ގެންނަ އިރު މިކަންއެބަޖެހޭ މަޖުބޫރު ކުރަން
ހަޤީޤީ ޑިމޮކްރެސީ
މިވަރު ބަޔަކު ދުނިޔޭގައި އަހަރުމެންނަށް ތަހުޒީބު ކިޔާދީ ޑިމޮކްރަސީ ޕްރޮމޯޓް ކުރަމުން މިދަނީ.