އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިނގިރޭސި ބޮޑުވަޒީރު ބޯރިސް ޖޯންސަން ވާޗުއަލް ސަމިޓެއް ބާއްވަން ނިންމައިފިއެވެ. މި ސަމިޓު ބާއްވަން ނިންމާފައިވަނީ އަންނަ އަންގާރަ ދުވަހުއެވެ.

އިންޑިއާ އާއި އިނގިރޭސި ވިލާތަކީ އެކުވެރި ދެ ގައުމަށްވާ އިރު، މިފަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ސަމިޓުގައި "ކޮމްޕްރެހެންސިވް ރޯޑްމެޕް 2030" އިފްތިތާހް ކުރަން ވަނީ ނިންމައިފައެވެ. އިންޑިއާ އާއި އިނގިރޭސި ވިލާތުން ލޯންޗް ކުރާ ކޮމްޕްރެހެންސިވް ރޯޑްމެޕް 2030 ގައި އަލިއަޅުވާލާފައި ވަނީ ދޭދޭ މީހުންގެ ދެމެދުގައި އޮންނަ ގުޅުމަށާއި، ވިޔަފާރިއަށާއި، ސަލާމަތީ ބާރުތަކަށާއި، މޫސުމާއި ބެހޭ ކަންކަމަށް އަދި ސިއްހީ ދާއިރާއަށެވެ.

މި ފަސް ކަމަކާއި ގުޅޭގޮތުން ދެމީހުންގެ މެދުގައި މަޝްވަރާ ކުރެވޭނެއެވެ.

ރިޕޯޓުތައް ބުނާ ގޮތުން ވާޗުއަލްކޮށް ބާއްވާ މި ބައްދަލުވުމުގައި ކޮވިޑުގެ މި ހާލަތުގައި މިހާރަށް ވުރެ ރަނގަޅު ހަރުދަނާ ގޮތްތަކެއް ގެންގުޅެ ސިއްހީ ސެންޓަރުތަކާއި ކޮވިޑް ފެސިލިޓީތައް ހިންގުމުގެ މުހިންމުކަމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެއެވެ.

ދުނިޔޭގެ ގައުމުތަކުގެ ތެރެއިން މިވަގުތު އެންމެ ނުރައްކާތެރި ފައްތަރެއްގައި އޮތް ގައުމަކީވެސް އިންޑިއާ އިންނެވެ. އިންޑިއާގައި ފަހަކަށް އައިސް ކޮވިޑް ބަލި ޖެހޭ މީހުންނާއި އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި އިންޑިއާގައި ވަނީ އޮކްސިޖަނާއި ސިއްހީ ސާމާނަށް ޖެހިފައެވެ.

އެހެންވެ، އިނގިރޭސި ވިލާތުން 1،000 ވެންޓިލޭޓަރު އިންޑިއާ އަށް ފޮނުވުމަށްވަނީ ޖެހިފައެވެ.

އިނގިރޭސި ބޮޑުވަޒީރު އިންޑިއާއަށް ވަޑައިގަންނަވަން ދެ ފަހަރެއްގެ މަތިން ޝެޑިއުލް ކުރެއްވިއެވެ. ނަމަވެސް، ކޮވިޑްގެ ބަލިމަޑުކަމާ ހެދި ދަތުރު ކުރަން ދަތިތަކެއް ވަނީ ކުރިމަތިވެފައެވެ. އިނގިރޭސި ވިލާތުން ދެކޭ ގޮތުގައި އިންޑިއާއަކީ ވިޔަފާރީގައި ވަރަށް ހަރުދަނާ ގޮތްތަކެއް ގެންގުޅޭ، ވަފާތެރި ގައުމެކެވެ.